Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިޔަންކާ

ފިރިމީހާޔާ އެއްކޮށް ލަވަ ކިޔާކަަށް "ލާހިކެއްނޫން": ޕްރިޔަންކާ

25 ނޮވެމްބަރު 2019 | ހޯމަ 06:49

މިއުޒިކަށް ލޯބިކުރާ ކަަމަށް ޕްރިޔަންކާ ބުނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ނޮވެމްބަރު 2019 | ހޯމަ 06:49
ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާ

ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާ

ފިރިމީހާ، ނިކް ޖޯނަސްއާ އެއްކޮށް ލަވަކިޔަން ނުކުރޭނެ ކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ދާދި ފަހުން މިއުޒިކް ޝޯވ އަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ އޭނާ މިއުޒިކަށް ލޯބިކުރާ ކަމަށާއި އެހެންނަމަވެސް އެ ދާއިރާ އިން އެއްވެސް ކަހަލަ ތައުލީމެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ފިރިމީހާއާ އެއްކޮށް ލަވަކިޔަން ނުކުރޭނެ ކަމަށް ޕްރިޔަންކާ ބުންޏެވެ.

އެ އިންޓަވިއުގައި ޕްރިޔަންކާ ބުނެފައިވަނީ ހެނދުނު ހޭލުމަށްފަހު ރޭޑިއޯ އޮން ކުރަން މިހާރު ނުޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ޕްރިޔަންކާ ބުނީ ނިކް ކޮންމެ ދުވަހަކު ހެނދުނު އޭނާ އަށް ޕިޔާނޯ ކުޅެމުން ލަވަކިޔައިދޭ ކަމަށެވެ.

ފިރިމީހާ، ނިކް ޖޯނަސްއާ އެއްކޮށް ލަވަކިޔަން ނުކުރޭނެ ކަމަށް ޕްރިޔަންކާ ބުނެފައިވާއިރު ޕްރިޔަންކާ ވަނީ ނިކްގެ މިއުޒިކް ވީޑިއޯ ލަވައަކުން މީގެ ކުރިން ފެނިގެން ގޮސްފައެވެ.

ޕްރިޔަންކާ އަކީ 2002 އިން ފަށައިގެން ލަވަކިޔަމުންދާ ފަންނާނެކެވެ. އޭނާ އެންމެ ފުރަތަމަ ލަވައެއް ކިޔާފައިވަނީ ތަމަޅަ ފިލްމަކަށެވެ. ބޮލީވުޑްގައި އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި 'މެރީ ކޮމް' ފިލްމްގައި ކިޔާފައިވާ ލަވައާއި 2015 ވަނަ އަހަރު ރިލީޒްކޮށްފައިވާ 'ދިލްދަޅަކް ނެ ދޯ'ގައި ފަރްހާން އަޚްތަރާއެކު ކިޔާފައިވާ ފިލްމުގެ ޓައިޓަލް ލަވަ ހިމެނެއެވެ.

މީގެ އިތުރުން، 2011 ވަނަ އަހަރު ޕްރިޔަންކާ ޔުނިވަރސަލް މިއުޒިކް ގްރޫޕާއެކު ސޮއި ކުރިއެވެ. އޭނާގެ ފުރަތަމަ ލަވަ 'އިން މައި ސިޓީ' ރިލީޒްކޮށްފައިވަނީ 2012ވަނަ އަހަރެވެ. އަދި ޕިޓްބުލްއާއެކު ކިޔާފައިވާ 'އެގްޒޮޓިކް'ވަނީ ބިލްބޯޑްގެ ޑާންސް/އިލެކްޓްރިކް ކެޓަގަރީގެ 16 ވަނަ އަށް އަރާފައެވެ.

ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
19 ފެބުރުއަރީ 2017

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

19 ފެބުރުއަރީ 2017
"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި
15 ފެބުރުއަރީ 2017

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
09 ފެބުރުއަރީ 2017

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

09 ފެބުރުއަރީ 2017
ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!
07 ފެބުރުއަރީ 2017

ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

07 ފެބުރުއަރީ 2017
ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ
02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
16 ޖެނުއަރީ 2017

ޒަޚަމްތަކުން ލަވަ އުފައްދާ އިންޑޮނޭޝިޔާގެ އަންހެނެއް

16 ޖެނުއަރީ 2017
ޒަޚަމްތަކުން ލަވަ އުފައްދާ އިންޑޮނޭޝިޔާގެ އަންހެނެއް
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް