Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ގާނޫނު

80 އިސްލާހާއެކު ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކޮމެޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް

ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު ޖުމްލަ 80 އިސްލާހު އެބިލްގައި ހިމެނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2019 | އާދީއްތަ 15:51
ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

ރަށްރަށުގެ ކައުންސިލްތައް ހިންގުމަށްޓަކައި، މާލީ ބާރުވެރިކަންދީ، ރަށްރަށުގެ މުނިސިޕަލް ހުރިހާކަމެއް ކައުންސިލްތަކުން ކުރަންޖެހޭ ގޮތަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކަކާއެކު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ލާމަރުކަޒީ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް އާދިއްތަ ދުވަހު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

ނިޔާޒު ވިދާޅުވީ، އެބިލް ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު ޖުމްލަ 80 އިސްލާހާއެކުގަ ކަމަށާއި، އެންމެ ގިނަ އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ކަމަށެވެ. އަދި މީގެއިތުރުން، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)، އޮޑިޓަރ ޖެނެރަލް، ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް)، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި ހޯޕް ފޮރ ވުމަން، އިންވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

ކައުންސިލްތަކުގެ އުމުރު ތިން އަހަރުކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރާ މާއްދާ، ފަސް އަހަރަށް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެނައުމުގެ ބިލް ވެސް ވަނީ އެބިލް ދިރާސާ ކުރަން ހޮވި 11 މެމްބަރުންގެ ވަގުތީ ކޮމެޓީން ފާސްކޮށްފަ އެވެ.

ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ދަނީ ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ފާސްކުރުމުގެ މަސައްކަތް ކުުރަމުންނެވެ. އެގޮތުން މިހާރު އެބިލް އެވަނީ ކޮމެޓީ މަރުހަލާ ނިމި، މަޖިލީހުގެ ތަޅުމަށް ހުށަހަޅާ، ފާސްކުރުމުގެ މަރުހަލާގަ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ މިއަހަރުގެ ފަހު ދައުރު ނިމުމުގެ ކުރިން އެބިލް ފާސްކުރާނެ ކަމަށް މިވަނީ ބެލެވިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައިވާގޮތުން، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބި، މިނިސްޓްރީތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަޝްރޫޢުތަކާ ގުޅުންހުރި 90 އަށްވުރެ ގިނަ މަސައްކަތްތައް ކައުންސިލްތަކުން ކުރާގޮތަށް ބަދަލުވެގެންދާނެ އެވެ. އެގޮތުން، ޕީއެސްއެސްއައިޕީގެ ދަށުން ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ކައުންސިލްތަކުން ހިންގުމަށް ހަމަޖެހި، މިހާރު މިނިސްޓްރީތަކުން ހިންގާ މުނިސިޕަލް ހުރިހާކަމެއް ކައުންސިލްތަކުން ކުރާގޮތަށް ބަދަލުވާނެ އެވެ.

އެބިލުގައިވާ ގޮތުން، ކައުންސިލްތަކަށްދޭ ހިލޭއެހީގެ ޖުމްލަ މިންވަރު ޑޮމެސްޓިކް ރެވެނިއުގެ 5 ޕަސެންޓް އަށް އިތުރުކުރުމާއި ރަށްރަށުގެ ބިމާއި ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ޢާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަކަށް ލިބޭގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީގެގޮތުގައި ލިބޭ މުޅި ޢާމްދަނީ އެއީ ކައުންސިލްތަކަށް ލިބޭ ޢާމްދަނީގެ ގޮތުގައި ކަނޑައެޅުމަށްވެސް އެބިލުގައި ވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ފައިސާ ވަނީ ކަނޑާއަޅާފަ އެވެ.

އަންނަ 2020 ވަނަ އަހަރު ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 1.6 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓް ކުރެވިފައި ވެއެވެ. މިގޮތަށް ހިލޭއެހީ ކަނޑައެޅުމުން، މިހާރު މިހިނގާ 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް، 148.6 ޕަސަންޓް އިތުރުވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް، 155.1 ޕަސަންޓް އިތުރުވާއިރު، ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް، 433.4 ޕަސެންޓް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު