Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ބާސާ އަދި ރެއާލްއަށްވެސް މޮޅެއް

ބާސާ މޮޅުވީ ލެގަނޭސްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 24 ނޮވެމްބަރު 2019 | އާދީއްތަ 13:59
ބާސާ އަދި ލެގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އަދި ލެގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އަދި ރެއާލް މެޑްރިޑްވެސް ކުޅުނު މެޗު ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ ލެގަނޭސްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ލެގަނޭސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ކްލަބުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރޯކް މެސާގެ އެހީތެރިކަމާއެކު އެންނަސީރީއެވެ.

މި ލަނޑާއެކު ބާސާއިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ލަނޑު ޖެހުމަށް އެޓީމުން ވަނީ ގިނަ ފުރުސަތުތައް ހޯދާފައެވެ. ނަމަވެސް ލެގަނޭސްއިން ވަނީ މޮޅު ޑިފެންސެއްކޮށް ބާސާގެ ހަމަލާތައް ފުރަތަމަ ހާފްގައި ދިފާއުކޮށްފައެވެ.

ދެވަނަ ހާފް ފެށިގެން ބާސާއިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ލިއޮނެލް މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލުއިސް ސުއަރޭޒްއެވެ.

މި ލަނޑަށްފަހުވެސް ބާސާއިން ދިޔައީ މޮޅަށް ކުޅެމުންނެވެ. އެގޮތުން 79 ވަނަ މިނެޓުގައި ބާސާއިން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އާޓޫރޯ ވިޑާލްއެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 13 މެޗުން ލިބުނު 28 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ލެގަނޭސް އޮތީ ކުޅުނު 13 މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ރެއާލް ސޮސައިޑާޑްއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ސޮސައިޑާޑްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިލިއަން ޖޮސޭއެވެ.

މި ލަނޑާއެކު ސޮސައިޑާޑް ކުރީގައި އޮތް ނަމަވެސް، ރެއާލުން ވަނީ ބޯޅަ ކޮންޓްރޯލްކޮށް ސޮސައިޑާޑްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން 37 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ ލަނޑުން ރެއާލުން ވަނީ ނަތީޖާ ހަހަމަކޮށްފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލޫކަ މޮޑްރިޗްގެ އެހީތެރިކަމާއެކުގައެވެ.

ދެވަނަ ހާފް ފެށިގެން ރެއާލުން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 47 ވަނަ މިނެޓުގައި މޮޑްރިޗްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ވަލްވާޑޭއެވެ.

މި ލަނޑަށްފަހުވެސް ރެއާލްއަށް ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ. ރެއާލްގެ ތިންވަނަ ލަނޑު 74 ވަނަ މިނެޓުގައި ބެންޒެމާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މޮޑްރިޗްއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 13 މެޗުން ލިބުނު 28 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ސޮސައިޑާޑް އޮތީ ކުޅުނު 14 މެޗުން ލިބުނު 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު