Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ1.5 މިލިއަން ވަނަ ފަތުރުވެރިޔާ

ރާއްޖެ އަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު 1.5 މިލިއަނަށް އަރައިފި

1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތްތައް ހިންގާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ނޮވެމްބަރު 2019 | އާދީއްތަ 09:07
1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ރަޝިއާ ރައްޔިތެއް

1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ރަޝިއާ ރައްޔިތެއް

މިސަރުކާރުން މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެންނަން ކަނޑައެޅި އަމާޒު ހާސިލުކޮށްފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އަމާޒު ހިފީ މި އަހަރު ނިމޭއިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މިއަަހަރު ނިމުމުގެ ކުރިން އެ އަމާޒު ސަރުކާރުން ހާސިލުކޮށްފައިވާއިރު އާދިއްތަ ދުވަހުގެ ހެނދުނު 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ވަނީ ރާއްޖެ އައިސްފައެވެ.

Advertisement - newsAdvertisement

ރާއްޖެއަށް އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިއާގެ، މަރިޔާނާ ކަސަޚޯވާއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަރިޔާނާ އަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ވަނީ މަރިޔާނާ މަރުހަބާ ކިޔުމަށް ޚާއްސަ ހަރަކާތެއް ވެސް ބާއްވާފައެވެ.

މަރިޔާނާ އަށް މަރުހާބާ ކިޔުމުން އޭނާ ވަނީ ސަރުކާރަށް ޝުކުރު އަދާކޮށް، މިއަދަކީ ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގައި ސިފަކޮށްފައެވެ. މަރިޔާނާ ބުނީ ރާއްޖެއަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ގަޔާވާ މަޤުބޫލް މަންޒިލްކަމުގައެވެ.

ރާއްޖެއަށް އައި 1.5 މިލިއަން ފަތުރުވެރިއާގެ ޝަރަފު ލިބުނު މަރިޔާނާ އަށް ޚާއްސަ ހަދިޔާތަކުގެ ގޮތުގައި، މިރިހި އައިލެންޑް ރިސޯޓުން ޗުއްޓީ ދަތުރެއް ދީފައިވާއިރު، މި ދަތުރުގެ ސްޕޮންސަރ ކޮށްފައިވަނީ އެމްއެމްޕީއާރުސީންނެވެ. އަދި ޚާއްސަ ސެޓްފިކެޓެއް ވެސް އޭނާއަށް ސަރުކާރުގެ ފަރާތުން ދީފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތް ދައްކުވައިދޭ ލިޔެލާ ޖެހި އުފެއްދުންތައް ވެސް މަރިއާނާ އަށް ހަދިޔާކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު