Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ1.5 މިލިއަން ވަނަ ފަތުރުވެރިޔާ

ޓުއަރިޒަމް ސިނާއަތަށް ރައްޔިތުންގެ އިތުބާރު އަލުން ލިބިއްޖެ: ޓޫރިޒަމް މިނިސްޓަރ

24 ނޮވެމްބަރު 2019 | އާދީއްތަ 08:36

ރާއްޖެ ކުރިއެރުވުމަށް ރާއްޖެ ސުލްހަމަސްލަސްކަން މަތީ ބާއްވަން ކޮންމެ ރައްޔިތަކުވެސް މަސައްކަތްކުރަން ޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 24 ނޮވެމްބަރު 2019 | އާދީއްތަ 08:36
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ފަތުރުވެރިކަމުގެ ސިނާއަތަށް ރައްޔިތުންގެ އިތުބާރު އަނބުރާ ލިބިއްޖެކަމަށް ޓޫރިޒަމް މިިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި، ޓޫރިޒަމް މިނިސްޓްރީން 2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓާގެޓް 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއައުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ބޭއްވި ހަފުލާއަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މީގެކުރިން ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އަކީ ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓިފައިވާ މުއައްސަސާތައްކަމަށާއި، މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު ކުރެވުނު މަސައްކަތުން ދެތަނަކީވެސް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނެއްގެ ގޮތުގައި ހެދިފައިވާކަމަށެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މެނިފެސްޓޯގައި ރިސޯޓު މުއައްޒަފުންނަށް ވަޒީފާ އަދާކުރުމަށްފަހު ދިރިއުޅޭ އަމިއްލަ ރަށަށް ދެވޭ ގޮތް ހެދުމަށް ވައުދުވެފައިވާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އިންވެސްޓަރުންގެ އިތުބާރު ސަރުކާރަށް ލިބިގެންދާނެކަމަށް ގަބޫލުކުރާކަމަށެވެ. އެގޮތުން، ކުރަންޖެހޭ ހުރިހާ ތަހުލީލުުތަކެއް ނިމިފައިވާކަމަށާއި އަންނަ އަހަރަކީ ރާއްޖެއަކި އެންމެ ރީތި، ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އަދި އެންމެ ރައްކައުތެރި މާހައުލަށް ހެދޭނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަކީ ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި ފާހަގަކޮށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެކަން ހާސިލު ކުރެވޭނެކަމާމެދު އެއްވެސް ޝައްކެއް ނުކުރާކަމަށެވެ. އެގޮތުން މިންސްޓަރ ވިދާޅުވީ މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރެއްވީ 1.4 މިލިއަން ފަތުރުވެރިންކަމަށާއި ސަރުކާރާއި ހަވާލުވި ފުރަތަމަ ފަހަރު ކަނޑައެޅި 1.5 މިލިއަން ހަމަވެއްޖެކަމަށެވެ. މިހާރު އަހަރު ނިމުމުގެ ކުރިން 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާކެމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މިއަހރުގެ ރިޔާސީ ބަޔާނުގައި، މިއަހަރު ނިމޭއިރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތް ކުރުމަކީ ސަރުކާރުގެ ޓާގެޓެއް ކަމަށް ވިދާޅުވެފައިވާއިރު، އެކަން މިހާރު މިވަނީ ހާސިލުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއަކީ ވަރަށް ބޮޑަށް އިންތިޒާމުވެގެންވާ ސިޔާސީ ހަރަކާތެއްކަމަށާއި ދައުރު ނިމޭއިރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ އައުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަަމަށެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ އާމްދަނީއާއި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް ސިނާއަތަކީ ފަތުރުވެރިކަންކަން ފާހަގަކޮށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖެ ކުރިއެރުވުމަށް ރާއްޖެ ސުލްހަމަސްލަސްކަން މަތީ ބާއްވަން ކޮންމެ ރައްޔިތަކުވެސް މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް