Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމު ބޮސް

މިއަދު "ބޮސް" ބައިސްކޯފަށް އަންނަނީ!

އެ ފިލްމަކީ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމެއް

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 22 ނޮވެމްބަރު 2019 | ހުކުރު 03:40
ބޮސްގެ ޕޯސްޓަރެއް

ބޮސްގެ ޕޯސްޓަރެއް

ކުޅަދާނަ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އަސަރުގަދަ ލޯބީގެ ފިލްމު "ބޮސް" ބައިސްކޯފުގައި ހުކުރު ދުވަހުން ފެށިގެން ސްޓްރީމްކުރަން ނިންމައިފިއެވެ.

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވި ބައިސްކޯފަށް މި މަހުގެ 12 ވަނަ ދުވަހު އަހަރެއް ފުރިގެން ދިޔައިރު އެ އެޕުން އަންނަނީ ބެލުންތެރިންނަށް ހިތްގައިމު ދިވެހި ފިލްމު ތަކާއި ލަވަތައް ވެސް ގެނެސްދެމުންނެވެ.

ބައިސްކޯފުގެ ފޭސްބުކް ޕޭޖްގައި ބޮސްގެ ކުރު ޓީޒާ އަކާއެކު ޝެއާރ ކޮށްފައިވާ ވީޑިއޯއެއް ގައި ބުނެފައިވަނީ 22 ނޮވެމްބަރުން ފެށިގެން ބައިސްކޯފުން "ބޮސް" ބެލޭނެ ކަމަށެވެ.

އެ އެޕުން އާ ޑްރާމާ ސިލްސިލާ "ހާސާ" ވެސް ދައްކަން ފަށަން ތައްޔާރުވަމުން އަންނަ އިރު ގިނަ އަހަރުތަކެއް ވަންދެން ރިލީޒްނުވެ އޮތް ފިލްމު "މާޔޫސް" ވެސް ވަނީ އެޕިސޯޑްތަކަށް ބަހާލައިގެން ގެނެސްދޭން ފަށާފައެވެ.

"ބޮސް" އަކީ 2017 ވަނަ އަހަރުގެ ފަހުކޮޅު އޮލިމްޕަހުގައި ވެސް ގިނަ ޝޯތަކެއް ދެއްކި ރީތި ފިލްމެކެވެ. ރާއްޖޭގެ 100 އަށް ވުރެއް ގިނަ ފިލްމު ދެއްކި އިރު ފިލްމު ބަލަން ޒުވާން ބޮޑު އޯޑިއަންއެއް އޮތް ކަން ފާހަގަކޮށްލެވެއެވެ. އެ ފިލްމު އޭގެ ފަހުން 2018 ވަނަ އަހަރު އަދި މިއަހަރުގައި ވެސް އޮލިމްޕަހުގައި ވަނީ ދައްކާފައެވެ. އެ ދެއްކި ޝޯތައް ވެސް ދިޔައި ހަމަ ހައުސްފުލް ވެގެންނެވެ.

އެ ފިލްމުން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ ފިލްމުން ފެނެއެވެ.

އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ "ބޮސް" ގައި އައްޒަ އާއެކު ފިރިހެން ތަރިޔަކަށް ލިޑުން ފެނިގެންދަނީ މުހައްމަދު ޔުނާން އެވެ. އެ ފިލްމުން އަޒޫ، ޝަމީލް، ޖިމީ އަދި ދޮން އައްޔަ ފަދަ ތަރިންގެ މޮޅު އެކްޓިން ފެނިގެންދާކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

26 ސެޕްޓެމްބަރު 2017
"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު
25 ސެޕްޓެމްބަރު 2017

"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

25 ސެޕްޓެމްބަރު 2017
"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!
22 ސެޕްޓެމްބަރު 2017

އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން

22 ސެޕްޓެމްބަރު 2017
އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން
12 ސެޕްޓެމްބަރު 2017

"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި

12 ސެޕްޓެމްބަރު 2017
"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި
09 ސެޕްޓެމްބަރު 2017

"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

09 ސެޕްޓެމްބަރު 2017
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު