Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބިޝާމަށްވެސް ޖަވާބުދާރީވާން ފުރުސަތު ދޭންޖެހޭ!

މަޖިލީހުން މީގެ ކުރިންވެސް ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2019 | ހުކުރު 12:53
ޕީޖީ ބިޝާމް

ޕީޖީ ބިޝާމް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރީޓީ އެމްޑީޕީ އަށް ލިބުން ހިސާބުން ފެށިގެން އެންމެ ގަދަޔަށް މެމްބަރުން ދައްކަމުން އައި ވަހާކަ އަކީ ޕްރޮސެކިއުޓާ ޖެނެރަލްކަމުގެ މަގާމުން އައިޝަތު ބިޝާމް ވަކިކުރަން ޖެހޭކަމުގެ ވާހަކައެެވެ. މެމްބަރުން ވިދާޅުވަމުން ގެންދެވީ, އެކަމަނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔާމީން ބޭނުންވި ގޮތަކަށް ސިޔާސީ އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ދައުވާތައް އުފުލަމުން ގެންދެވި ބޭފުޅެއްކަމަށެވެ. އެއްކޮޅަކަށް ބުރަވެ ސަރުކާރުން ބޭނުންވިހާ ގޮތަކަށް ކަންތައް ކުރުމުގައި އަރާ ހުންނެވި ކަމަނާއެއް ކަމަށެވެ. އިންސާފުގެ ހަމަތަކުން އެއްކިބާވެ ހުންނެވި ކަނބަލެއްކަމަށެވެ.

އެކަމަނާގެ ނަޒާހަތްތެރިކަމާއި މެދު ގިނަ ރައްޔިތުންތަކެއް ވެސް ދިޔައީ ސުވާލު އުފައްދަވަމުންނެވެ. ގާނޫނީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުންވެސް އެއްބަސްވާ ގޮތުގައި ބިޝާމް އަކީ ޕީޖީގެ މަގާމަށް ކުފޫހަމަވާ ބޭފުޅެއް ނޫނެވެ. އެ ހުރިހާ ކަމެއް އެހެން އޮވެ އެކަމަނާ މަގާމުގެ ވަކިކުުރުމުގެ މަސައްކަތް މަޖިލީހުގައި ތަފާތު އެކި ފަހަރުމަތިން ކުރިއަށްގެންގޮސްފައިވެއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ބިޝާމް ހާޒިރުކުރި ކުރެވި ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަޅުމަށް ފޮނުވުމަށް ސަރުކާރު ކޯލިޝަން ގައި ހިމެނިވަޑައިގަންނަވާ މެމްބަރުން އަމަލީ ގޮތުންވެސް މަސައްކަތްކުރެއްވި އެވެ. ނަމަވެސް ދެތިން ފަހަރަށްވެސް ކުރި މަސައްކަތްތައް ކާމިޔާބުނުވެ، ވަކި ހިސާބަކުން އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުމަކަށް އާދެ އެވެ.

އެއީ ކޮން ސަބަބަކާއި ހުރެގެން ކަމަށް ޙުދު މަޖިލީހުންގެ މެމްބަރުންނަށް ވެސް އެނގިވަޑައިނުގަންނަވަައެވެ. އެކިފަހަރު ދައްކަމުންގެންދިޔައީ އެކި ބަހަނާތަކެވެ. އެމްޑީޕީ ޕާލިމެންޓްރީ ގްްރޫޕުގައި އެކަމާއިމެދު ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއްވެސް އުފެދުނުކަމަށްވެއެވެ. އޭރު އަޑު ފެތުރިފައިވާގޮތުން ޕީޖީ ވަކިނުކޮށްގެން އުޅެނީ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަށް ވަކި ގޮތެއް ނިމެންދެނެވެ.

ކުރިން އެބަޔަކަށް ބިޝާމް ރަނގަޅުވި އިދިކޮޅަށްވެސް މިހާރު ބިޝާމް އެއްވެސް ގޮތަކަށް ކަމުދާ ކަމަކަށް ނުވެއެވެ. ބިޝާމް އަކީ ކުރިން އެބޭފުޅުންގެ ސަރުކާރުގައި ސިޔާސީ ދައުވާތައް އުފުއްލެވި ބޭފުޅުއްްކަމަށް މިހާރު އެ ފަރާތްތަކުން އެއްބަސްވެއެވެ.

ބިޝާމްގެ މައްސަލަ ''އޮޔާދާ'' އޮޑިއެއްހެން ދަނިކޮށް އަނެއްކާވެސް މިވަނީ އެކަމަނާ ވަކި ކުރުމުގެ މަސައްކަތް ފަށާފައެވެ. ނިމުނު ބުދަ ދުވަހު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ބިޝާމް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ނޯޓިސް ވެސް ވަނީ ފޮނުވާފައެވެ. ކޮމީޓިގެ ނައިބް މުގައްރިިރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވި ގޮތުގައިި މީގެކުރިން ބިޝާމް އެ ކޮމިޓީއަށް ވަޑައިގެން ދެއްވާފައިވާ މައުލޫމާތުތަކަކީ ދޮގު މައުލޫމާތުތަކެކެވެ. އެއީ ކޮމީޓިން އެއްކޮށްފައިވާ މައުލޫމާތުތަކުގެ އަލީގައި އެކަމަށް އެކަށީގެންވާވަރު ހެކި ލިބެން އެބަހުރި ކަމަށްވެސް ސިރާޖު ވިދާޅުވެފައިވެއެވެ.

ބިޝާމް ހާޒިރުކުރަން ފެންނަ ކަމަށް ވޯޓު ނުދެއްވާ ހަމައެކަނީ މެމްބަރަކީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއެވެ. ރިޒާގެ ނަޒަރުގައި ބިޝާމްގެ އިތުބާރު ނެތްކަމަށް މެމްބަރުން އެއްބަސްވާއިރު އިތުރަށް އޭނާ ހާޒިރުކޮށް ޖަވާބުދާރީވާން ފުރުސަތު ދެއްވާކަަށް ނުޖެހޭއެވެ. އެހެން ނަމަވެސް ކޮމީޓިގެ މެމްބަރުންގެ ނަޒަރުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ ގާނޫނު އަސާސީން ކޮންމެހެންވެސް ލާޒިމު ކަމެއް ކަމަށެވެ.

ކުރީ ސަރުކާރުގައި ''ފަޓާސް ބަރިއެއްހެން'' ކަންތައްތައް ނިންމިހެން މިހާރު އަމަލުކުރަން ޖެހިއްޖެނަމަ އެއީ ހަމަ ކުރިން ކުރަމުން އައި ކަންތައް ކުރުން ފަދައެވެ. އޭގެ ސަބަބުން ނިކުންނާނެ ނަތިއްޖާ ހިިތިވާނެއެވެ. އެމީހަކީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި މީހަކަށްވިޔަސް އެމީހާކާއި މެދު ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުުރުސަތުދޭން ޖެހޭއެވެ. އެމްޑީޕީއަކީ އިންސާފާއި ހަަމަހަމަ ކަމަށް ލޯބިކުރާ ޕާޓީއަކަށްވާއިރު މީހަކު މަގާމުން ވަކިކުރުމުގެ ކުރިން އެމީހާއަށް އެކަށީގެންވާ ވަގުތުދީ ޖަވާބުދާރީވާން ފުރުސަތު ދޭން ޖެހެއެވެ.

ފަހަރުގައި ޕީޕީއެމްގެ މެމްބަރުންނަށް އަދިވެސް ފަރިތަފުޅީ އެބޭފުޅުންގެ ވެރިކަމުގައި މަޖިލީހުގެ ތެރެއިން ކަންކުރެއްވި ގޮތަކަމަށްވެދާނެ އެވެ. އެއީ އެބޭފުޅުންނަކީ އެއް ދުވަސްމަތިން ކޮމެޓީ ބާއްވާ، ޖަލްސާ ބާއްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުހުތާޖް މުހުސިން ވަކިކުރުމުގެ ރިކޯޑް އޮތް ޕާޓީއަކަށްވާތީ އެވެ. އެބޭފުޅުން މަޖިލީހުގައި ވަކިކުރެއްވި އެއްވެސް ބޭފުޅަކަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ނުދެ އެވެ. އެބޭފުޅުން ގެންގުޅުއްވީ ވަކިކޮށްލަންވީމަ، ވަކިކޮށް އެއްލާލުމުގެ ސަގާފަތެކެވެ. ނަމަވެސް އެދުވަަސް މާޒީކޮށް، މިއަދުގެ ހަޤީޤަތަކީ ބޭފުޅަކު މަޤާމުން ވަކިކުރެވެނީ ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ފުރިހަމަކޮށްގެންކަމެވެ. ޖަވާބުދާރީވުމުގެ ފުރުސަތާއި، ދެންވެސް ދޭންޖެހޭ ހުރިހާ ފުރިސަތެއްދީ، އެ މީހަކު ކުރިކުށާއި، އެ ކުށުގެ މައުލޫމާތު އެންމެ ރައްޔިތުންނަށް އެނގޭނެ ފަދަ ސާފުކޮށްކަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ފެށިގެން، މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރުންކަމުގައިވިޔަސް މިހާރުގެ މަޖިލިސްތެރެއިން އެ ފުރިސަތުތައްދެމުން އަންނަކަން އެއީ މިއަދު ފެންނަން އޮތް ހަޤީޤަތކެވެ. އެހެންކަމުން އިދިކޮޅުން ރުހުނެއްކަމަކު، އަދި ނުރުހުނެއްކަމަކު ބިޝާމަށްވެސް ޖަވާބުދާރީވުމުގެ ފުރިހަމަ ފުރިސަތުދޭންޖެހެ އެވެ،

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބް ފިލަން އިންޑިޔާ އިން ފުރުސަތު ދީފާނެބާ؟

އަދީބް ފިލަން އިންޑިޔާ އިން ފުރުސަތު ދީފާނެބާ؟

13 ޖޫން 2019
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

05 ޖުލައި 2018
އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

އިދިކޮޅު އެއްވުން ހުއްޓުވާނެކަމުގެ އިންޒާރު! ފުރުސަތު ލިބޭނެތަ؟

04 މާރިޗު 2018
ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

ކާނަލް ނާޒިމްގެ އާއިލާ އޮހޮރި ކަރުނައިގެ ބަދަލު ދޭންޖެހޭ!

30 ޖޫން 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު