Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންގެ އަދުލުގެ ގާނޫނު

ކުޑަކުދިންނާ ގުޅޭ ކަންކަމުގައި ގޮތް ނިންމާނީ އެކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާވާގޮތަށް: ކުޑަކުދިންގެ އަދުލުގެ ގާނޫނު

މި ޤާނޫނުގެ ދަށުން ކުޑަކުއްޖަކާގުޅޭ ކަމެއް ނިންމުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތަށް ފައިދާވާގޮތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2019 | ބުރާސްފަތި 06:44
ކުޑަކުދިންތަކެއް ދުވަހެއް ފާހަގަކުރަނީ: އާ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއަޅާފައިވޭ

ކުޑަކުދިންތަކެއް ދުވަހެއް ފާހަގަކުރަނީ: އާ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއަޅާފައިވޭ

ކުޑަކުދިންނާ ގުޅޭ ކަމެއް ނިންމުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަސްލަޙަތަށް އެންމެ ފައިދާވާގޮތަށް އެކަމެއް ނިންމުމަށް ކަމަށް ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބުނެފިއެވެ.

މި ގާނޫނަކީ ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް، އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރަޙްމަތްތެރި މާޙައުލެއްގައި ހިންގޭނެ އުސޫލަކުން، އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ، ކުޑަކުދިންނަށް ޚާއްޞަކުރެވިގެންވާ ނިޒާމެއް މެދުވެރިކޮށް ނިންމުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

Advertisement - newsAdvertisement

މި ޤާނޫނުގެ ހަވަނަ މާއްދާގައިވާ ގޮތުން އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކާއި އެފަދަ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ އެނޫންވެސް މުއައްސަސާތައް ހިމެނޭ ގޮތުން، އެއްވެސް ފަރާތަކުން، މި ޤާނޫނުގެ ދަށުން ކުޑަކުއްޖަކާގުޅޭ ކަމެއް ނިންމުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށް އެކަމެއް ނިންމުމަށެވެ.

މީގެ އިތުރުން ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި، އެކުއްޖާ ކުރި ކަމަށް ތުހުމަތުކުރެވޭ ޢަމަލުގެ ކުޑަބޮޑުމިނަށާއި، ވަށައިގެންވާ އެންމެހައި ޙާލަތްތަކަށާއި، އެކުއްޖާއަށް ތަޢުލީމީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ލިބިދިނުން މުހިންމު ވަސީލަތްތަކާއި ފުރުޞަތުތަކަށް ރިޢާޔަތްކޮށް، އެކުއްޖާއާމެދު އަޅަންވާނީ ކަމާ އެކަށީގެންވާ ފިޔަވަޅެއްކަމަށް މި ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައިވެއެވެ.

މި ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ދައުވާ ކުރުމުގެ ބަދަލުގައި އެހެން ފިޔަވަޅު އެޅުމަށް ވެސް ބާރު އަޅައެވެ. އެގޮތުން ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ވީވަރަކުން ބަލަންވާނީ، ކުއްޖާގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމުގެ ބަދަލުގައި، އެކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް، ކުއްޖާ ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދީ، މި ޤާނޫނުގެ އަށްވަނަ ބާބުގެ ދަށުން ޑައިވަރޝަންގެ ފިޔަވަޅު އެޅުމަށެވެ.

ޑައިވަރޝަންގެ ގޮތުގައި ބުނެފައިވަނީ ޑައިވަރޝަންގެ ކޮންމެ ފިޔަވަޅެއްވެސް ވާންވާނީ، އެކުއްޖާގެ އިންސާނީ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަދި އެކުއްޖާއަށް ލިބިދޭންޖެހޭ އެންމެހައި ޤާނޫނީ ރައްކާތެރިކަމެއް ލިބިދެވޭ ގޮތެއްގެމަތިން އެޅޭ ފިޔަވަޅުތަކެއް ކަމުގައެވެ.

މީގެ އިތުރުން ކުށްކުރާ ކުއްޖާއާ ގުޅޭ ކަންކަމުގައި ބައިވެރިވުމުގެ ހައްގު ލިބިދީފައިވެއެވެ. އެގޮތުން ޤާނޫނާ ޚިލާފުވާ ކުޑަކުއްޖަކާމެދު މި ޤާނޫނުގެ ދަށުން އެއްވެސް މަރުޙަލާއެއްގައި ގޮތެއް ނިންމާއިރު، އެ ނިންމުމުގައި ބައިވެރިވެ، އެ ނިންމުމާމެދު އެކުއްޖާ ދެކޭގޮތް ހާމަކުރުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށް ލިބިގެންވެއެވެ.

އަދި ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއް އުފުލޭ ޙާލަތުގައި، ޤާނޫނީ ވަކީލެއް މެދުވެރިކޮށް، ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް މެދުވެރިކޮށް، ނުވަތަ އެކުއްޖާ އަމިއްލައަށް އެ މައްސަލައާމެދު އެކުއްޖާ ދެކޭގޮތް ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ޙައްޤު ލިބިގެންވެއެވެ. މިއާއެކު މި ޤާނޫނުގެ ދަށުން ކުއްޖާގެ މައްޗަށް ހިންގޭ އެއްވެސް ޖިނާއީ މަރުޙަލާއެއްގައި ނުވަތަ އެޅޭ އިދާރީ ފިޔަވަޅަކާމެދު އެކުއްޖާގެ ފަރާތުން ބުނެފައިވާ އެއްޗަކަށް ބުރަދަން ދިނުމުގައި، ކުއްޖާގެ ޢުމުރާއި ވިސްނުން ތަރައްޤީވެފައިވާ މިންވަރަށް ރިޢާޔަތްކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

މި ގާނޫނުގައިވާ ގޮތުން ލަސްކުރުމަކާ ނުލައި ޤާނޫނު ތަންފީޛުކުރަން ޖެހެއެވެ. އެގޮތުން ގާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް މި ޤާނޫނު ތަންފީޛުކުރުމުގައި ކަންކަން ނިންމަންވާނީ، ލަސްކުރުމަކާ ނުލައި އަދި ލަސްވުމަށްހުރި ފުރުޞަތުތައް ނައްތާލައި ވީ އެންމެ އަވަސް މިނެއްގައިކަމަށް ބުނެފައިވެއެވެ.

އަދި ކުޑަކުޑިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ހައްޔަރުކުރުމާއި ބަންދުކުރުމަކީ އެންމެ ފަހުގެ ފިޔަވަޅު ކަމުގައި ހެދުމަށް ގާނޫނުގައި ލާޒިމް ކުރުއެވެ. އެގޮތުން ޤާނޫނާ ޚިލާފުވާ ކުޑަކުއްޖަކާމެދު މި ޤާނޫނުގެ ދަށުން އެޅޭ ފިޔަވަޅެއްގެ ގޮތުން އޭނާ ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެފައިވާއިރު، އެކުއްޖަކު ހައްޔަރު ނުވަތަ ބަންދުކުރަންވާނީ، އެ ޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ކަމަށް ބުނެފައިވެއެވެ. އަދި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމާ ޙާލަތުގައި، އެ ނިންމުމަކީ ކުއްޖާގެ ޙާލަތަށް ރިޢާޔަތްކޮށް، ގަވާއިދުން މުރާޖަޢާކުރެވޭ ނިންމުމަކަށް ވާންވާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު