Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

ބޭރު ގައުމަކަށް ދަތުރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ސައިޓްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

20 ނޮވެމްބަރު 2019 | ބުދަ 23:42

ރައްކާތެރިކަމުގެ ފިޔަވަޅު އަބަދު ވެސް އަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2019 | ބުދަ 23:42
ފޮރިންގ މިނިސްޓްރީގެ ޖޮއެންޓް ސެކެޓްރީ ބަދޫރާ ސައީދު

ފޮރިންގ މިނިސްޓްރީގެ ޖޮއެންޓް ސެކެޓްރީ ބަދޫރާ ސައީދު

ސްކޫލް ބަންދާއި ދިމާކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ދާ ދިވެހިން، ދަތުރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ރަޖިސްޓްރީވުމަށްފަހު ދަތުރުކުރުމަށް އެމިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ފޮރިންގ މިނިސްޓްރީގެ ޖޮއެންޓް ސެކެޓްރީ ބަދޫރާ ސައީދު ވިދާޅުވީ ފޮރިން ކޮންމެ ދިވެއްސަކުވެސް ދަތުރުފެށުމުގެ ކުރިން އެ މިނިސްޓްރީގެ ވެބްސައިޓުގައި ރަޖިސްޓަރީ ވުމަކީ މުހިންމުކަމެއްކަމަށާއި، މިނިސްޓްރީގައި ވެބް ސައިޓުގައި ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށެވެ. ބަދޫރާ ވިދާޅުވީ ރާއްޖޭން ބޭރަށް ދިއުމަށްފަހު ކަންތައްތައްވާނެ ގޮތެއް ނޭނގޭ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅު އަބަދު ވެސް އަޅަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ބަދޫރާ ވިދާޅުވީ ބޭރުގެ ގައުމަށް ދިއުމަށްފަހު، އެގައުމަކީ ރާއްޖޭގެ އެމްބަސީއެއް ހުންނަ ގައުމެއް ނަމަ އެއެމްބަސީގައި ރަޖިސްޓްރީ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ގިނަ މީހުން އެކަން ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަދޫރާ ވިދާޅުވީ ދަތުރުކުރާއިރު، އަތުގައި ޕާސްޕޯޓާއި އައިޑީކާޑުގެ ކޮޕީ އޮތުން ވަރަށް މުހިންމު ކަމަށާއި، ފުރުމުގެ ކުރިން ދަތުރުކުރާ ޤައުމުގައި މަޑުކުރަން ހަމަޖެހިފައިވާ އެޑްރެސް އާއިލީ ހިއްސާކުރުމަކީ އެދެވިގެންވާކަމެއް ކަމަށެވެ. އަދި މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނީ އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ މީހުން ފުރަނީ ބޭސްފަރުވާއަށްކަން ފާހަގަކުރައްވާ ބަދޫރާ ވިދާޅުވީ އެގައުމަކަށް ދަތުރުކުރާއިރު، އެގެންދާ ބޭހަކީ އެގައުމަކަށް އެތެރެކުރުން ހުއްދަ ބޭހެއްތޯ ޔަގީން ކުރަންޖެހޭ ކަމަށެވެ. އަދި ބައެއް ގައުމުތަކުގެ އިމިގްރޭޝަނުން މިފަދަ ބޭސްތައް ހިފަހައްޓާކަމަށާއި، އެއީ ބަލި މީހާއަށް ލިބޭ ދެރައެއް ކަމަށް ބަދޫރާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު ވިދާޅުވީ ބޭރުގެ ގައުމަކަށް ދަތުރެއްކުރާއިރު، ވަރަށް ގިނަ ކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖެއާ އެގައުމަކާ ވެފައި އޮންނަ ވިސާގެ އެގްރީމެންޓްގެ އެންމެ ގިނަ މުއްދަތަކަށް 90 ދުވަސް ނުވަތަ 180 ދުވަސް އޮތްނަމަވެސް، ދިވެއްސަކު އެޤައުމަކަށް އެތެރެވާއިރު އެޤައުމެއްގެ އިމްގްރޭޝަނުން ވިސާދޭ މުއްދަތު ރަނގަޅަށް ބެލުމަށް ބަލަންޖެހޭ ހުމައިދު އިލްތިމާސްކުރެއްވިއެވެ. ބަލާނުލާ ހުއްޓާ ވިސާގެ މުއްދަތު ހަމަވެ، އެގައުމެއްގައި މަޑުކުރަންޖެހުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި، ވިސާ ދީފައި އޮންނަ މުއްދަތު ހަމަވުމުން މަޑުނުކޮށް އެބުރި ރާއްޖެއަށް އަންނަން ވާނެކަމަށެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ވަނީ ޕާސްޕޯޓް ފަދަ ރަސްމީ ލިޔެކިޔުންތަކަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރުގައި އުޅެނިކޮށް ޕާސްޕޯޓު ގެއްލިއްޖެނަމަ، އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ގޮސް ޕޮލިސް ރިޕޯޓަކާއެކު ވަގުތީ ޓްރެވަލް ޑޮކިއުޕްމެންޓެއް ހޯދުމަށް މިނިސޓްރީން ވަނީ އެދިފައެވެ.

ޒަރޫރީ ބޭނުންތަކަށާއި، އަހަރީ ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު، ދަތުރުގެ މުއްދަތުގައި އެ ދަތުރުކުރާ ޤައުމުތަކުގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް