Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެޓީތައް ވެސް ބަންދު ކުރަނީ

ރަސްގެފާނު ވަޑައިގަންނަވާތީ ޖެޓީތައް ވެސް ބަންދު

ޖެޓީ ނަމްބަރު 1 އިން 6 އަށް ހުރިހާ ޖެޓީތައް ބަންދު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 18:42
މާލޭގެ ގިނަ ޖެޓީތައް ވެސް ބަންދުކުރުމަށް ވަނީ ނިންމާފައި

މާލޭގެ ގިނަ ޖެޓީތައް ވެސް ބަންދުކުރުމަށް ވަނީ ނިންމާފައި

ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލެ ވަޑައިގަންނަވާ ދުވަހު މާލޭގެ ގިނަ ޖެޓީތައް ވެސް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޖެޓީތައް ބަންދުކުރުމާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މާޗް 18 ވާ ހޮނިހިރު ދުވަހު މެނދުރު 12.00 އިން ފެށިގެން ޖެޓީ އެއް ނަމްބަރު ޖެޓީން ފެށިގެން ހަ ނަންބަރު ޖެޓީއާ ހަމައަށް ބަންދުވާނޭ ކަމަށެވެ.

Advertisement - newsAdvertisement

މާލޭ ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގައި ހުރި ގިނަ ޖެޓީއެއް ބަންދުކުރާ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، ބުދަ ދުވަހު ފުލުހުން ވަނީ ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް އަންނަ ހޮނިހިރު ދުވަހުގެ ބައެއް ވަގުތުތަކުގައި މާލޭގެ ގިނަ މަގުތަކާއި ގޯޅިތައް ބަންދުކުރާނެކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްހޫރީ މައިދާނު ހިމެނޭ ސަރަހައްދާއި ރައީސް އޮފީސް ހިމެނޭ ސަރަހައްދުގެ ވަށައިގެންވާ މަގުތަކާއި ސަރަހައްދުތަކެވެ.

ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން މަގުތަކާއި ޖެޓީތައް ބަންދުކުރުމަށް ނިންމާފައިވާއިރު، އެމަނިކުފާނު ވަޑައިގަންނަވާ ިރަސްމިއްޔާތުގެ ރިހާސަލް ބުދަ ދުވަހާއި، ބުރާސްފަތި ބާއްވަމުންދާތީ، ރަސްމިއްޔާތުގެ ރިހާސަލް ފެށިގެން ނިމެންދެން ބޮޑުތަކުރުފާނު މަގު އެމްއެމްއޭ އިން ފެށިގެން ބެންތެޔޮ ގޯޅި އާއި ހިސާބަށް އަދި ބޮޑުތަކުރާފާނު މަގާއި ގުޅިފައިވާ ހިސާބުތަކުގެ ގޯޅިތައް މިދެދުވަހު ބަންދުކުރެވޭނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން މަގުތައް ބަންދުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ފުލުހުން ބުނީ، މި ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާއިރު ފުލުހުންގެ އިރުޝާދާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު