މަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ 83 އަހަރުގެ މީހާ ފެނިއްޖެ
20 ނޮވެމްބަރު 2019 | ބުދަ 23:42އެމީހާ ފެނުނީ ވަލުތެރެއިން

އަމްނާ އިމާދު | 20 ނޮވެމްބަރު 2019 | ބުދަ 23:42

އދ މަންދޫ
އދ މަންދޫގައި ގެއްލިގެން ހޯދަމުން ދިޔަ 83 އަހަރުގެ ފިރިހެން މީހާ ފެނިއްޖެއެވެ.
ފުލުހުންގެ ބުނީ މަންދޫއިން ގެއްލުނު މީހާ ފެނުނީ ވަލުތެރެއިން ކަމަށާއި، އެމީހާ ފެނުނުއިރު ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން އެމީހާ ގެއްލިގެން ހޯދަން ފެށީ ބުދަ ދުވަހުގެ އިޝާ ނަމާދަށް ފަހު ވީނުވީއެއް ނޭގިގެން، އެކަމުގެ މައުލޫމާތު ބުދަ ދުވަހުގެރޭ 21:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ. ފުލުހުންގެ ޓީމަކުން ވަނީ އެރަށަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ވެސް ކޮށްފައެވެ.
މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.










