Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް 2019

ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ނުކޮށްދޭން ރައީސްކަން ކޮށްފައި ތިބި ބޭފުޅުން އެދުނު: ރައީސް ނަޝީދު

ސަބްކޮމެޓީގެ ރިޕޯޓުގައި ސަލަފު ޖަމިއްޔާއަކީ ޓެރަރިޒްމް އަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 20 ނޮވެމްބަރު 2019 | ބުދަ 07:57
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ސަލަފް ޖަމިއްޔާ ރަސްޖިސްޓްރީ ކޮށްނުދިނުމަށް ކުރީގައި ރައީސްކަން ކޮށްފައި ތިބި ބޭފުޅުން އެދުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅޭ ގޮތުން މަަރު ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ސަބް ކޮމެޓީއެއް އެކުލަވާލާލުމަށް ފަހު ވަނީ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. ސަބްކޮމެޓީގެ ރިޕޯޓުގައި ސަލަފު ޖަމިއްޔާއަކީ ޓެރަރިޒަމްއަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހެން ވިދާޅުވުމާއި އެކު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކޮންމެ މަޖިލީހުގެ ޖަލްސާއެއް ފަށާއިރު ރިޔާސަތުން ބޭނުންފުޅުވާގޮތަކަށް ބޮޑެތި މައްސަލަތަކުގައި ކަންތައްތައް ނިންމައި ރައްޔިތުންނަށް ފަހުމުވާގޮތް ރިޔާސަތުން ބޭނުންވާ ގޮތް ހައްދަވާތަން ފެންނަމުންދާ ކަމަށެވެ. ރައީސް ނަޝީދު ދެއްކެވީ ވަރަށް ބޮޑެތި މައްސަލަތަކުގެ ވާހަކަ ކަމަށާއި އެ މައްސަލަތަކުގެ ޒިންމާ ވަކި ބައެއްގެ ބޮލުގައި އެޅުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މެމްބަރު ޝިޔާމް ދެއްކެވި ވާހަކައަކީ ތެދު ވާހަކަފުޅެއް ކަމަށާއި އެއީ މި ގައުމަށް މިވަގުތު ދިމާވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އަދި މަރު ކޮމިޝަން ހާޒިރުކޮށް، ސުވާލު ކުރައްވަން ބޭނުންފުޅުވާނަމަ އެ ފުރުސަތުވެސް މެމްބަރަށް އޮތްކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދިވެހި ރާއްޖޭގައި ޓެރަރިސްޓު ޖަމާއަތްތަކާއި ނެޓްވޯކްތައް ހިނގާކަން ކަމަށެވެ. އަދި ދުނިޔޭގެ ހަމަނުޖެހުމެއް ހިނގާހާ ތަނެއްގައި ހަނގުރާމަވެރިންގެ ގޮތުގައި ތިބި ދިވެހިން ހައްޔަރު ކުރަމުން ދާ ކަމަށެވެ.

މިހެން ރައީސް ނަޝީދު ވިދާޅުވުމާއި އެކު މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދު އިޝާރަތް ކުރެއްވީ ކޮން އިހުސާސެއްގެ ވާހަކައެއްކަމެއް އެނގިނުލައްވާކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ސީރިއާ ފަދަ ގައުމުތަކަށް ޖިހާދަށް ދިއުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އިސްލާމިކް އެކްސްޓްރީމިޒަމް މި ގައުމުގައި އޮތްކަމަށް ގަބޫލުކުރައްވާ ކަމަށާއި ލާދީނިއްޔަތު އޮތްކަމަށްވެސް ގަބޫލުކުރައްވާކަމަށެވެ. އަދި ލާދީނިއްޔަތު ގައުމުގައި ފަތުރަން މަސައްކަތް ކުރާ ޖަމާއަތްތައްވެސް މި ގައުމުގައި ވާކަމަށާއި އޭނާއަށް ފެނިވަޑައިގަންނަވަނީ މި ގައުމުން އިސްލާމްދީން ފޮހެލަން މަސައްކަތް ކުރާ ބަޔަކަށް ޖާގަދީގެން ރައީސް ނަޝީދު ހުންނަވާ މަންޒަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކްސްޓްރީމިޒަމްގެ ދެފަޅީގައިވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ދީނީ އިލްމުވެރިން އެ ކުރައްވާ މަސައްކަތްތަކަށް ހުރަސްއެޅުމަށް މަޖިލީހުން މިސްރާބު ޖަހާފައިވާކަމަށެވެ.

މެމްބަރަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެގައި ފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީއެއް އުފެއްދީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ކޮށްނުދިނުމަށް އަޅުގަނޑު ގާތުގައި ސީޓީއިން ދިވެހިރާއްޖޭގެ ދޮށީ އުމުރުގެ މީހުން އެމަނިކުފާނަށް ސިޓީ ފޮނުވަމުން ގެންދެވި ކަމަށެވެ.

ކުޑަކުދިންގެ މަރުކަޒަށް ހަނގުރާމަވެރި ޖަމާއަތަކުން ބަޔަކު ގޮސް އެތަނުން ކުދިން ހޯދާ އެ ކުދިން ހަނގުރާމައަށް ފޮނުވުމުގެ މަސައްކަތް ކުރިކަން މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ސަމާލުކަމަށް އައި ކަމަށެވެ. މި ފަދަ ކަންކަމަށް ލޯ މަރައިގެން ނުތިބުމަށް މެމްބަރަށް އާދޭހާއެކު ދަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ މި ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަދޭކަށް މަޖިލީހުން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އޭސީސީގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ

22 މެއި 2017
އޭސީސީގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ
11 އެޕްރީލު 2017

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

11 އެޕްރީލު 2017
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
26 މާރިޗު 2017

މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި

26 މާރިޗު 2017
މަސީޙުގެ ވޯޓު އޮބްޒަރވް ކުރުމަށް ނޫސްވެރިންނާއި ޖަމިއްޔާތައް ދިއުމަށް އިބޫ ގޮވާލައްވައިފި
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު