Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުހީ

މުސްތަގުބަލުގައި ތިލަފުށި ވެގެންދާނީ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާދާރަށް: އެމްޑީ އިބްރާހިމް ރަޝީދު

19 ނޮވެމްބަރު 2019 | އަންގާރަ 21:55

ގިނަ މަސައްކަތްތައް ތިލަފުށީގައި ކުރިއަށް ގެންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ނޮވެމްބަރު 2019 | އަންގާރަ 21:55
މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު

މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު

މުސްތަގުބަލުގައި ކ. ތިލަފުށި ވެގެންދާނީ އިގްތިސާދުގެ އެންމެ ބޮޑު ހިއްސާދާރަށް ކަމަށް މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވީ ސިނާއީ ގިނަ މަސައްކަތްތައް ތިލަފުށީގައި މިހާރު ވެސް ކުރަމުން ގެންދާ ކަމަށާއި، މުސްތަގުބަލުގައި އިގްތިސާދު ބޮޑު ހިއްސާދާރަކަށް ވެގެންދާނެ ކަމަށެވެ. އަދި މަސައްކަތްތެރިން ނިދަން ދާ ރަށަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ 4000 އެއްހާ މީހުން ތިލަފުށީގައި ދިރިއުޅެމުންދާއިރު، ކޮންމެ ދުވަހަކު 1900 އަށްވުރެ ގިނަ މީހުން ގޮސްއައިސްވާ ކަމަށާއި، އެމްޓީސީސީގެ ފެރީގެ ޚިދުމަތް ވެސް ލިބޭ ކަމަށެވެ.

އެހެންކަމުން ތިލަފުށިން ކޮންމެހެން ލިބެންޖެހޭ ޚިދުމަތްތައް ދެވޭނެ މަގުތަނަވަސްކޮށް އެޚިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ތިލަފުށީގައި މަސައްކަތް ކުރާ މީހުންނާއި ދިރިއުޅޭ މީހުންނަށް ދިމާވާ އަނެއް ދައްޗަކީ ފައިސާ ނެގުމަށް ދިމާވާ ދަތިކަން ކަމަށާއި، މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހަފްތާ ތެރޭގައި އޭޓީއެމްއެއް ގާއިމް ކުރުމުގެ މަސައްކަތް އަންގާރަ ދުވަހު ފަށާފައިވާ ކަމަށާއި، 10 ދުވަހުގެ ތެރޭގައި އިމާރާތް ނިންމޭނެ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭގެ މައްޗަށް 10 ދުވަސްވާއިރު އެތަނުގައި އޭޓީއެމް ހަރުކުރެވި ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ 10 ނިމުމުގެ ކުރިން ތިލަފުށީގަ އޭޓީއެމްއެއް ގާއިމް ކުރެވި ފައިސާގެ މުއާމަލާތް ކުރެވޭނެ ކަމަށެވެ.

ގުޅީފަޅަށް އަލިއަޅުއްވާލައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ މަސައްކަތު މީހުން ނުވަތަ ކުންފުނިތަކުގައި ގެންގުޅޭ މަސައްކަތްތެރިން ނުވަތަ ވަޒީފާގަ އުޅޭ މީހުން އެޕާޓްމެންޓް މިހާރު ވެސް ގުޅީފަޅުން ދޫކުރާ ކަމަށާއި، އެޕާޓްމެންޓްތައް ދޫކުރަނީ ވަރަށް ކުޑަކުޑަ އަގެއްގައި ކަމަށެވެ. އެއީ މަސައްކަތްތެރިންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދީ، މާލެ ތޮއްޖެއްސުން ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ގުޅީފަޅާއި، ތިލަފުށި ތަރައްގީ ކުރުމަށް ޕްލޭން އެކުލަވާލެވިފައިވާ ކަމަށާއި، ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރަށް މާސްޓަރ ޕްލޭން ހަދާފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް