Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޑަވެލި ހޯނޑެއްދޫ ކޯޒްވޭ

މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ: ޒިންމާވާނެ ބަޔަކު ނެތި ބޮޑު އަރަތަކަށް!

ކޯޒްވޭ ކަނޑާލިއިރު ކައުންސިލް އޮތީ ސަސްޕެންޝަންގައި ކަމަށް ކައުންސިލުން ބުނޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 19 ނޮވެމްބަރު 2019 | އަންގާރަ 14:33
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ ބައްދަލުވުން

ގދ. ހޯނޑެއްދުއާއި ގދ. މަޑަވެލި ގުޅާލުމަށް ހަދާފައިވާ ކޯޒްވޭގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، މައްސަލައިގައި ޝާމިލުވާ މުއައްސަސާތަކުގެ ވެރިން އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރު ކޮށްފިއެވެ.

ކޮމިޓީގެ ބައްދަލުވުމަށް އޭރުގެ ހައުސިން މިނިސްޓްރީގެ ބޭފުޅުންނާއި، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، އެމްޓީސީސީގެ ވެރިންނާއި، ޕްރޮޖެކްޓް މެނޭޖަރު އަދި ޕްރޮޖެކްޓްގެ އީއައިއޭ ކޮންސަލްޓެންޓް ގެ އިތުރުން ހޯނޑެއްދޫ ކައުސިލްގެ މެންބަރުން ވަނީ ހާޒިރުކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގައި މި މަޝްރޫޢުގެ އީއައިއޭ ޑޮކިއުމެންޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވި ފާތިމަތު ޝާނާ ވިދާޅުވީ، އީއައިއޭ ހެދިއިރު ދިމާވެދާނެ މައްސަލައަކަށް ބަލައި، އިތުރު ފަންޑު ބޭނުންވާތީ ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އަދި އީއައިއޭ އާއި އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވަނީ ފައިސާ ލިބިފައިނުވާތީ ކަމަށް ޝާނާ ވިދާޅުވިއެވެ.

އީއައިއޭގެ ކޮންސަލްޓެންޓް ވިދާޅުވީ މިމަޝްރޫޢު ފެށުމުގެ ކުރިން ދެރަށުގެ ކައުންސިލް މެދުވެރިކޮށް ރައްޔިތުންނާއި ބައްދަލު ކުރި ކަމަށެވެ. އަދި ކޯޒްވޭ އެޅުމުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަން ފާހަގަކުރި ނަމަވެސް، ރައްޔިތުން ބޭނުންވީ ކޯޒްވޭ އަޅަން ކަމަށާއި، ގެއްލުމަށް ސަރުކާރުން ޒިންމާ ވާން ޖެހޭ ފަދަ މޭރުމަކުން ރައްޔިތުން ވާހަކަ ދެއްކި ކަމަށް ކޮންސަލްޓެންޓް ވިދާޅުވިއެވެ.

ކޯޒްވޭގެ ސަބަބުން ދިޔަވަރު ބޮޑުވާ ކޮންމެ ފަހަރު ރަށަށް ރާޅު އަރާ ފެންބޮޑުވެ، ދަނޑު ބިންތައް ހަލާކުވެ، އެ ރަށްރަށުގެ ރައްޔިތުންނަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އެކަމާއި ގުޅިގެން ރައްޔިތުން ނިކުމެ ހައިމާކެއް ބޭނުންކޮށްގެން ކޯޒްވޭ ވަނީ ކަނޑާލަފައެވެ. ހޯނޑެއްދޫ ކައުންސިލުން ބުނެފައިވަނީ ކޯޒްވޭ ކަނަޑާލިކަމެއް ވެސް ކޯޒްވޭ ގުޅާލިކަމެއް ވެސް ހޯޑެއްދޫ ކައުންސިލަށް އެނގިފައި ނުވާކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު ކައުންސިލާއި މަޝްވަރާކޮށްފައި ނުވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. ކޯޒްވޭ ކަނޑާލި އިރު ކައުންސިލް އޮތީ ސަސްޕެންޝަންގައި ކަމަށާއި ކޯޒްވޭ ގުޅާލުމުގެ މަސައްކަތް ކުރީ އެމްޓީސީސީން ކަމަށް ކައުންސިލް މެންބަރުން ވިދާޅުވިއެވެ. އެމްޓީސސީން ބުނެފައިވަނީ ކޯޒްވޭ ކަނޑާނުލާ ކަމަށާއި ކޯޒްވޭ ކަނޑާލިތަނަށް ފަސްވެސް އެކުންފުނިން ނާޅާ ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކަނޑައެޅިގެން އީއައިއޭ އާއި ޚިލާފަށް އެ މަސައްކަތް ކޮށްފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މައްސަލަތަކެއް ދިމާވިކަން އެގުނީ ރާޅު އަރަން ފެށުމުން ކަމަށެވެ. އެހިސާބުން ދެން އިތުރަށް ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަންނަން މަސައްކަތްކުރި ކަމަށެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ މިނިސްޓްރީން އީއައިއޭ އާއި ޚިލާފު ވެފައި ނުވާނެ ކަމަށެވެ. އަދި މަސައްކަތް ފެށީ ރިކޮމެންޑޭޝަން ތަކުގެ ތެރޭގައި ހުރި މަސައްކަތްތަކަށް ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ކަމަށެވެ.

މަޑަވެލި ހޯޑެއްދޫ ކޯޒްވޭގެ މައްސަލަ އެންވަޔަރަންމަންޓް އެންޑް ކްލައިމްޓް ޗޭންޖް ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވަނީ ކޯޒްވޭގެ ސަބަބުން ތިމާވެށީގެ ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން ދާތީއެވެ.

އިތުރަށް ކިޔާލަން

30 މެއި 2018

ހަހަ ހާ....! ބަޔަކު މޮޔަވާނީ މިހާވަރަށް

30 މެއި 2018
ހަހަ ހާ....! ބަޔަކު މޮޔަވާނީ މިހާވަރަށް
22 މެއި 2018

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

22 މެއި 2018
500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20 މާރިޗު 2018

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018
ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
09 ޑިސެމްބަރު 2017

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017
ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް
02 ޑިސެމްބަރު 2017

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި
30 އޯގަސްޓު 2017

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
23 ޖުލައި 2017

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
21 ޖުލައި 2017

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު