Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ކޮމެޓީ

ޝިފާއާއި ޝަމާއު ކައުންސިލުގެ މާރުކޭޓު ކޮމެޓީގެ ވައިބަރ ގްރޫޕަކުން ބޭރުކުރި ވާހަކައިން މުޅި ކޮމެޓީ ހޫނުވެއްޖެ

19 ނޮވެމްބަރު 2019 | އަންގާރަ 10:25

ގްރޫޕްއިން ބޭރުކޮށްލަން ޖެހުނު އެއް ސަބަބަކީ މަސްވެރިންގެ ޕާކުގައި ހުރި ގާޑިއާތައް ނެގުމުގައި ދިމާވި މައްސަލައެއްގައި ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 19 ނޮވެމްބަރު 2019 | އަންގާރަ 10:25
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދާއި، ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް މާރުކޭޓު ކޮމެޓީގެ ވައިބަރ ގްރޫޕަކުން ބޭރުކުރި ވާހަކައިން ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުން ހޫނުވެއްޖެއެވެ.

ޝިފާ ވިދާޅުވީ މުޅި ކައުންސިލުގައި ހިނގާ ހުރިހާ ކަމަކަށް ހަދާފައި އޮންނަ ވައިބަރ ގްރޫޕުތަކުގައި ޝިފާއާއި ޝަމާއު އާއި ދެބޭފުޅުން އަބަދުވެސް ތިބޭ ކަމަށެވެ. ނަމަވެސް މާރުކޭޓު ކޮމެޓީ ހިންގުމަށްޓަކައި ހެދި ވައިބަރ ގްރޫޕުން އެ ދެބޭފުޅުންވެސް ބޭރުކޮށްލީ ކަމަށެވެ. އަދި ބޭރުކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ޤާބޫލުފުޅު ނުކުރައްވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ވައިބަރ ގްރޫޕުން ބޭރުކޮށްލި ވާހަކައަށް ރައްދުދެއްވަމުން މާލެ ސިޓީ ކައުންސިލަރ މުޙައްމަދު ފަޒީން ވިދާޅުވީ މޭޔަރ ޝިފާ ވައިބަރ ގްރޫޕުން ބޭރުކޮށްލަން ޖެހުނު އެއް ސަބަބަކީ މަސްވެރިންގެ ޕާކުގައި ހުރި ގާޑިއާތައް ނެގުމުގައި ދިމާވި މައްސަލައެއްގައި ކަމަށެވެ.

ފަޒީން ވިދާޅުވީ އެގޮތަށް ކަންތައްތައް ވެގެން ނުވާނެ ކަމަށް ވިދާޅުވި ކަމަށާއި އެގޮތަށް ކަންތައްތައް ކުރައްވާނަމަ ގާޑިއާ ނެގުމުގެ މައްސަލައާއި ދުރަށް ޖެހިލައްވާނެ ކަމަށެވެ. ގާޑިއާތައް ނުނެގި ވަރަށް ގިނަ ދުވަސްވެއްޖެކަން ފާހަގަކޮށް ފަޒީން ވިދާޅުވީ މޭޔަރ ޝިފާ ވައިބަރ ގްރޫޕުން ބޭރުކޮށްލަން ދިމާވި ދެވަނަ މައްސަލައަކީ މާރުކޭޓު ބަންދުކުރަން އެންގުމުން ދިމާވި މައްސަލައެއްގައި ކަމަށެވެ.

މުދާ ނެގުމަށް ބާކީ 7 ދުވަސް އޮތް އިރު، އެ 7 ދުވަހުވެސް އެތަން ހުޅުވާފައި ބޭއްވުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އެކަންތައްތައް ކުރިއަށް ނުގޮސް ފެނުނީ ތަޅު އެޅުވިތަން ކަމަށެވެ. އެގޮތުން އިދާރީ ގޮތުން ޝީފާ އަންގަން ޖެހޭ ކަންކަން އެންގުމަށް ފަހު ތަޅު އެޅުވުމުން އެތާގައި ތިބި މީހުން އިހުތިޖާޖަށް ނުކުތުމުން ކުރިމަތިލުމަކަށް ނުދިއުމަށް ޝިފާގެ މެސެޖެއް އައި ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓު މާލެ ސިޓީ ކައުންސިލުން އޮގަސްޓް 31 ވަނަ ދުވަހު ބަންދުކޮށްފައިވަނީ މަރާމާތަށް ކަމަށް ބުނެއެވެ. އަދި މަރާމަތަށްފަހު ގިނަވެގެން އެއް މަސްދުވަހުގެ ތެރޭގައި މާރުކޭޓު ހުޅުވާނެ ކަމަށް އޭރު ކައުންސިލުން ވަނީ ބުނެފައެވެ. އަލުން މާރުކޭޓު ހުޅުވާއިރު 176 ގޮޅީގެ ބަދަލުގައި ހުންނާނީ 63 ގޮޅި ކަމަށާއި އެ ގޮޅިތަކުގައި 8 ފޫޓް 10 ފޫޓް ހުންނާނެ ކަމަށް އޭރު ސިޓީ ކައުންސިލުން ބުންޏެވެ. އެހެންނަމަވެސް މިހާރު މި ވަނީ މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ މެދުގައި ޚިޔާލު ތަފާތުވެ މާރުކޭޓު ގޮޅިތައް ކަނޑަނޭޅި ކައުންސިލަރުންގެ މެދުގައި ބޮޑު ކޯޅުންގަނޑެއް އުފެދިފައެވެ. ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް ކައުންސިލަރުންނަށް ގޮޅިތަކުގެ ޢަދަދެއް ކަނޑައެއް ނޭޅެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވީ އެކި ފަހަރު މަތިން ކައުންސިލް ބައްދަލުވުންތައް ބާއްވައިގެން ވެސް މާރުކޭޓުގެ ޢަދަދު ކަނޑައެޅޭ ގޮތް ނުވި ކަމަށެވެ. އެކަމުގައި ކައުންސިލަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ ކަމަށެވެ. އަދި ކައުންސިލުގެ ފަރާތުން އުޞޫލު އަވަހަށް ކަނޑައަޅަން ބޭނުންވާ ކަމަށާއި، އެކި ފަހަރު ބައްދަލުވުން ތަވާލު ކުރެއްވި ކަމަށް ޝިފާ ވިދާޅުވިއެވެ. ބައެއް ބައްދަލުވުންތަކުގައި 117 ގޮޅި ކަނޑައެޅުމަށް ވާހަކަ ދައްކާފައިވާ ކަމަށާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވެސް ގޮޅިތައް ހުރި ވަރަށް ބަހައްޓައިދިނުމަށް އެދިފައިވާ ކަން ޝިފާ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2017

ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު

04 ޖޫން 2017
ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު
03 ޖޫން 2017

މާލޭގެ މޭޔަރަކަށް ސިފާ، ޑެޕިއުޓީ މޭޔަރަކަށް ޝަމާއު

03 ޖޫން 2017
މާލޭގެ މޭޔަރަކަށް ސިފާ، ޑެޕިއުޓީ މޭޔަރަކަށް ޝަމާއު
27 މެއި 2017

ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު

27 މެއި 2017
ރަމަޟާން މަހާ ގުޅިގެން އުފެދޭ ކުނި އުކާލުމަކީ ވިޔަފާރިއަކަށް ހަދައިގެން ނުވާނެ: ޝަމާއު
14 މެއި 2017

ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި

14 މެއި 2017
ފިޔޯރީ ކައުންސިލުގެ ތިޖޫރި ފަޅާލައި ފައިސާ ވަގަށް ނަގައިފި
03 މެއި 2017

ރިޔާސީ އިންތިހާބުގެ ކުރިން ޔާމިންނަށް ނޫނެކޭ ބުނެ ގެއަށް ފޮނުވާލާނަން: ޝަމާއު

03 މެއި 2017
ރިޔާސީ އިންތިހާބުގެ ކުރިން ޔާމިންނަށް ނޫނެކޭ ބުނެ ގެއަށް ފޮނުވާލާނަން: ޝަމާއު
06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
28 މާރިޗު 2017

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް