Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރުޑީސީ

އެމްއާރުޑީސީ އުވާލުމުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް ބަދަލުކުރި މުވައްޒަފުންގެ މުސާރަ ކުޑަވި މައްސަލަ ކޮމެޓީއަށް!

18 ނޮވެމްބަރު 2019 | ހޯމަ 12:46

ހުރިހާ މުވައްޒިފުންނަށްވެސް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ނޮވެމްބަރު 2019 | ހޯމަ 12:46
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

މޯލްޑިވްސް ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމަށްފަހު ސިވިލް ސަރވިސް ކޮމިޝަނުގެ ދަށުން ޕަބްލިކް ވަރކްސް އަށް ބަދަލުކުރި މުވައްޒަފުންގެ މުސާރަ ކުޑަވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ބަލަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް އެމައްސަލައާ ގުޅިގެން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ (ޕްލޭނިންގ މިނިސްޓްރީ)ގެ އިސްވެރިންނާއި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) މެމްބަރުން ހާޒިރުކޮށް އެކަމުގެ މައުލޫމާތު އޮޅުން ފިލުވާފައިވެއެވެ.

Advertisement - newsAdvertisement

މިނިވަން މުއައްސާސާތަކާބެހޭ ކޮމެޓީގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ރޯޑް ކޯޕަރޭޝަން އުވާލުމާ ގުޅިގެން އެ ކުންފުނީގައި މަސައްކަތް ކުރި ފަރާތްތައް، ޕަބްލިކް ވާރކްސްއަށް ބަދަލުކޮށް، ކުރީގެ ސަރުކާރުން ހަ މަސްދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު، އެނޯޓިހުގެ މުއްދަތު ހަމަވާން އޮތީ ދެތިން މަސްދުވަސް ކަމަށެވެ.

އަކްރަމް ވިދާޅުވީ، އެމްއާރުޑީސީގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސަރވިސްއަށް ނެގެނީ ވަރަށް މަދު މުވައްޒަފުން ކަމަށްވާތީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުފެއްދުމުގެ ވިސްނުން ސަރުކާރުގެ ތެރޭގައި އޮތުމުން، އެމީހުންގެ ނޯޓިހުގެ މުއްދަތު މި ސަރުކާރުން އިތުރުކުރި ކަމަށެވެ. އަދި އާރުޑީސީ އުފެދުމުން، އެ ކުންފުންޏަށް ވެސް މުވައްޒަފުން ނެގި ކަމަށާއި، ނަމަވެސް އަދި ޞަރަޙަދީ އޮފީސްތައް ޤާއިމުވެފައި ނުވާތީ ހުރިހާ އެންމެންނަށް އެކުންފުނިން ވަޒީފާ ހަމަޖައްސާދެވިފައި ނުވާ ކަމަށެވެ.

އެމްއާރުޑީސީ އުވާލުމުން 326 މީހެއްގެ ވަޒީފާއަށް ބަދަލުއައިސް، މުސާރައަށް ވެސް ބަދަކުތަކެއް އައުމުން، މިމައްސަލަ މަޖިލީހުގެ ސްޓޭޓް އޯވންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީންވެސް ބަލާފައިވެއެވެ.

ސަރުކާރުގެ ކުންފުނިތަކުގައި އޮންނަ ޓެކްނިކަލް ނުވަތަ ހެވީ ވެހިކަލް ދުއްވާ ފަރަތާތްކަށް ބޮޑެތި މުސާރަ ލިބުނުނަމަވެސް، އެފަދަ ފަރާތްތައް ސިވިލް ސަރވިސްއަށް ބަދަލު ކުރުމުގައި މަޤާމާއި މުސާރައިގެ އޮނިގަނޑެއް ސިވިލް ސަރވިސްގައި އަދި ޤާއިމު ކުރެވިފައެއް ނުވެއެވެ. އަދި ސިވިލް ސަރވިސްއިން ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ސަރުކާރުން ކުންފުނިތަކުން ދެމުންދެ އެވެ.

އެމްއާރުޑީސީ އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. މިކުންފުނި ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައިވެސް ސަރުކާރުން ހިންގި އެވެ. ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓުބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުންދިޔަ އެމްއާރުޑީސީ، ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ކުރީކޮޅު ވަނީ އުވާލާފަ އެވެ. އެމްއާރުޑީސީ އުވާލިއިރު، އެއީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އޮތް ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިންގ ޑިރެކްޓަރުން ޢައްޔަންކުރި ކުންފުނިވެސް މެއެވެ.

އެމްއާރުޑީސީ އުވާލުމަށްފަހު އެތަނުގެ މުވައްޒަފުން އޭރު ބަދަލުކުރީ ހައުސިންގް މިނިސްޓްރީގެ ދަށަށެވެ. ހައުސިން މިނިސްޓްރީގެ ޕަބްލިކް ވާރކްސް ސެކްޝަނުގެ ދަށަށް އެމްއާރްޑީސީގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންތަކެއް ބަދަލުކުރިއެވެ.

މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ވަނީ މަގުތައް ހަދައި، ބެލެހެއްޓުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފައްދަވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް