Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނޮވެމްބަރު

"ނޮވެންބަރު" ގެ ޓީމުން ދެން ފުރާނީ ސިންގަޕޫރަށް!

ނޮވެމްބަރުގެ މަންޒަރުތައް ވަނީ ލ އަތޮޅު އަދި ކ.ތުލުސްދޫގައި ވެސް ނަގަފައި

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 17 ނޮވެމްބަރު 2019 | އާދީއްތަ 19:03
ނޮވެމްބަރުގެ ޝޫޓިންގެ ތެރެއިން

ނޮވެމްބަރުގެ ޝޫޓިންގެ ތެރެއިން

ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުންދާ ލޯބީގެ ފިލްމު "ނޮވެންބަރު" ގެ މަންޒަރުތައް ނަގަން ސިންގަޕޫރަށް ދިޔުމަށް ތައްޔާރުވެއްޖެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ރާއްޖެ އެމްވީއަށް ދިން އިންޓަވިއުއްގައި ބުނީ ސިންގަޕޫރުގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ މަންޒަރުތައް ނެގުމަށް މި މަހުގެ 20 ވަނަ ދުވަހު ފުރާނެ ކަމަށެވެ. ޖުމްލަ 11 ވަރަކަށް އެކްޓަރުންނާއެކު ސިންގަޕޫރު ޝޫޓިން ތާވަލު ކޮށްފައިވަނީ ފަނަރަ ދުވަހުގެ މުއްދަތަކަށެވެ.

"ނޮވެންބަރު" ގެ މަންޒަރުތަކެއް މިހާރު ވަނީ ލ. އަތޮޅުގެ ދެ ރަށެއްގެ އިތުރުން ކ. ތުލުސްދޫގައި ވެސް ނަގާފައެވެ. އޭގެ އިތުރުން މާލޭގައި ވެސް ފިލްމުގެ މަންޒަރުތައް ދަނީ ނަގަމުންނެވެ. މޮގާ ބުނީ ޖުމްލަ 40 ޕަސެންޓް ވަރު މިހާރު ޝޫޓްކޮށް ނިމިފައިވާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މޮގާ ބުނީ، ފިލްމުގެ ލީޑު ރޯލުން މަރިޔަމް މަޖުދާގެ އިތުރުން ޖުމައްޔިލް ނިމާލް ފެނިގެންދިޔަ ނަމަވެސް ދެން ފެންނާނީ ގިނައިން އާ ތަރިން ކަމަށެވެ. އޭނާ ބުނީ އާ ތަރިންގެ އެކްޓިން ވެސް ވަރަށް ކަމުދާ ކަމަށާއި ހުރިހާ ތަރިންގެ އެކްޓިންނާމެދު ހިތްހަމަޖެހޭ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ފްރެންޗައިޒް ޝޯވ މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އިތުރުން މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް އަދި މޭނާ ހައްސާން ފަދަ ބެލުންތެރިންގެ މެދުގައި މަގުބޫލު ފަންނާނުން "ނޮވެންބަރު" އިން ފެންނާނެއެވެ.

އަހްމަދު ތޮލާލް އާއި އައިޝަތު ފުއާދުގެ ސްކްރީން ޕްލޭއަކަށް އައިޝަތު ފުއާދު އަދި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެ ފިލްމުގެ ލަވަ ތަކުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މޮގާ ބުންޏެވެ. މޮގާ ބުނީ ކުރީ ފިލްމު ތަކުގެ ލަވަތައް ނެރުނު ގޮތާ ޚިލާފަށް މިފަހަރުގެ ފިލްމުގެ ލަވަތައް ނެރޭނީ ހުރިހާ ލަވައެއް ނިންމުމަށް ފަހުގައި ކަމަށެވެ.

ކުޅަދާނަ ކެމެރާމަން އަދި ޑައިރެކްޓަރު އަހްމަދު ޝިނާން ޑައިރެކްޓްކުރާ "ނޮވެންބަރު" އަކީ ޑާކްރެއިން އިން މިހާތަނަށް އުފައްދާ އެންމެ ބަޖެޓު ބޮޑު ފިލްމުކަން ފާހަގަކުރެއެވެ.

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2022

ވޯލްޑްކަޕްގައި ޤައުމީ ޓީމުން ދެއްކި ގަދަ ކުޅުމާއެކު މޮރޮކޯގެ ޒަމާންވީ އޮޑިވެރިންނަށް އުފާ ފާގަތިކަން

27 ޑިސެމްބަރު 2022
ވޯލްޑްކަޕްގައި ޤައުމީ ޓީމުން ދެއްކި ގަދަ ކުޅުމާއެކު މޮރޮކޯގެ ޒަމާންވީ އޮޑިވެރިންނަށް އުފާ ފާގަތިކަން
24 ނޮވެމްބަރު 2019

"ނޮވެންބަރު"ގެ ޝޫޓިން ސިންގަޕޫރުގައި ވެސް ބާރަށް ކުރިޔަށް!

24 ނޮވެމްބަރު 2019
"ނޮވެންބަރު"ގެ ޝޫޓިން ސިންގަޕޫރުގައި ވެސް ބާރަށް ކުރިޔަށް!
08 ޖޫން 2018

ކިމް މާ ކުރިން ސިންގަޕޫރަށް ވަޑައިގަތީ!!

08 ޖޫން 2018
ކިމް މާ ކުރިން ސިންގަޕޫރަށް ވަޑައިގަތީ!!
14 މާރިޗު 2018

ސިންގަޕޫރަށް ބަދަލުވުން އެއީ އުނދަގޫކަމެއް: ކާޖޮލް

14 މާރިޗު 2018
ސިންގަޕޫރަށް ބަދަލުވުން އެއީ އުނދަގޫކަމެއް: ކާޖޮލް
05 އޮކްޓޯބަރު 2017

އާމިރްހާން ފުރަތަމަ ފަހަރަށް ސިންގަޕޫރަށް ގޮސްފި

05 އޮކްޓޯބަރު 2017
އާމިރްހާން ފުރަތަމަ ފަހަރަށް ސިންގަޕޫރަށް ގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު