Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ކޮމިޝަންގެ ރިޕޯޓް

އަފްރާޝީމްގެ މަރުގެ ތުހުމަތާއެކު ސަޓޯ ސަސްޕެންޑް ކޮށްފި

17 ނޮވެމްބަރު 2019 | އާދީއްތަ 17:02

ޝާން އާއި ހުމާމަކީ އަފްރާޝީމް އަވަހާރަ ކޮށްލުމަށް ދިން ހަމަލާ ރޭވުމުގެ މޭސްތިރިޔާ ކަމަށްބުނާ އަޒްލިފް ރައޫފްގެ ގާތް ދެ އެކުވެރިން

| 17 ނޮވެމްބަރު 2019 | އާދީއްތަ 17:02
ހ. ހިކޯސްޓް އަލީ ޝާން

ހ. ހިކޯސްޓް އަލީ ޝާން

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ ބައިވެރިވުން އޮތް ކަމަށް، ގޮތްނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަމުންދާ ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހާމަކުރުމާއި ގުޅިގެން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) ގައި ޝާން އަދާކުރަމުން ގެންދިޔަ ވަޒީފާ އިން ސަސްްޕެންޑްކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ ޝާން ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ޖީއެމްއައިޒެޑްގައި ޝާން އަދާ ކުރަމުން ދިޔައީ ތިލަފުށީ ސައިޓް ސުޕަވައިޒަރެއްގެ މަގާމެވެ.

ޝާން އަކީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރުން ސިޔާސީ އިސް ބޭފުޅުންނާ ގާތްގުޅުމެއް އޮންނަ މީހެކެވެ. އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ކުރިން ޝާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ކޯލިޝަން އެމްޑީއޭގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

ގޮތްނޭނގޭގޮތަށް މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އާންމުކޮށްފައި، އަފްރާޝީމްގެ މަރާ ގުޅޭ ރިޕޯޓުގައި ވަނީ، އަފްރާޝީމާ ދީނީ ގޮތުން ހިޔާލު ތަފާތުވާ ބަޔަކު، އޭނާ އަވަހާރަކޮށްލުމަށް ހަވާލުކޮށްފައިވަނީ އަޒްލިފް ރައޫފާ ކަމަށެވެ. އޭރު އަޒްލިފް ރައޫފަކީ ސިފައިންގެ ވަޒީފާގައި މަސައްކަތް ކުރި މީހެކެވެ. އަދި އޭނާއަކީ އަފްރާޝީމް އަވަހާރަކޮށްލުމަށް ދިން ހަމަލާގެ މޭސްތިރިޔާ ކަމަށްވެސް އެރިޕޯޓްގައި ވެއެވެ.

ރިޕޯޓުގައިވާ ގޮތުން އަޒްލިފަކީ ކުރީގެ ރައީސް ޔާމީނާ ގާތް ގުޅުމެއް އޮތް މީހެކެވެ. އަދި ޝާން އާއި އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލާގައި މަރަށް ހުކުމް ކޮށްގައި ހ. ލޮބީ ހުސައިން ހުމާމަކީ އަޒްލިފް ރައޫފްގެ ގާތް ރަހުމަތްތެރިން ނެވެ.

އަޒްލިފް ރައޫފް ވަނީ އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް، ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އޭގެފަހުން އޭނާ މަރުވެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީ ނަމަވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ޝާންގެ މައްޗަށް ވެސް ދައުވާ ކުރިއެވެ. ނަމަވެސް ޝަރީއަތުން ނިންމާފައިވަނީ އެދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށެވެ. އެމައްސަލައާ ގުޅިގެން ދެ އަހަަރެއްހާ ދުވަހު ޝާން ޖަލުގައި ބަންދުކޮށްފައި ވެސް ބަހައްޓާފައި ވެއެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫންއަށް ޖަވާބުދާރީވުމަށް 10 ދުވަސް!

10 އެޕްރީލު 2017
ޒިޔަދަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޝަނޫންއަށް ޖަވާބުދާރީވުމަށް 10 ދުވަސް!
10 އެޕްރީލު 2017

ރައުދާގެ މަރުގެ މައްސަލައިގައި ސީރަތު ޕަރްވީންއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އާއިލާއިން އެދެފި

10 އެޕްރީލު 2017
ރައުދާގެ މަރުގެ މައްސަލައިގައި ސީރަތު ޕަރްވީންއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އާއިލާއިން އެދެފި
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
04 އެޕްރީލު 2017

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

04 އެޕްރީލު 2017
ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި
03 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް
03 އެޕްރީލު 2017

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް
12 މާރިޗު 2017

މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!

12 މާރިޗު 2017
މެމްބަރު އިންތިއަށް މަރުގެ އިންޒާރުދިންތާ 15 ދުވަސް، އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް