Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ1.5 މިލިއަން ވަނަ ފަތުރުވެރިޔާ

މި ނޮވެމްބަރު މަހުގެ ފަހު ހަފުތާގައި 1.5 މިލިއަން ވަނަ ޓޫރިސްޓް ރާއްޖެއަންނާނެ: އެމްއެމްޕީއާރުސީ

12 ނޮވެމްބަރު 2019 | އަންގާރަ 08:01

1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަންނަ ދުވަހު ކުލަ ގަދަ ރަސްމިއްޔާތެއް އޮންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ނޮވެމްބަރު 2019 | އަންގާރަ 08:01
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު

މި ނޮވެމްބަރު މަހުގެ ފަހު ހަފުތާގައި މިއަހަރު ރާއްޖެއަށް އަންނަ 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަންނާނެ ކަމަށް މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، 1.5 މިލިއަން ވަނަ ފަތުރުވެރިޔާ މި ނޮވެމްބަރު މަހުގެ ފަހު ހަފުތާގައި ރާއްޖެއަންނާނެ ކަމަށާއި އެކަން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކަށް އެކުންފުނިންނާއި ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށްދާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަހަރު ނިމޭއިރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރާތް ކުރުމަކީ ސަރުކާރުގެ ޓާގެޓެއް ކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން ރައީސް ޞާލިޙްގެ ވިދާޅުވި ޓާގެޓަށް މި ނޮވެމްބަރު މަހުގެ ފަހު ހަފުތާގައި ވާޞިލު ވެވޭނެ ކަމަށް ޠައްޔިބު ވިދާޅުވި އެވެ. މިއީ މިހާތަނަށް އަހަރެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އަހަރުކަމަށް ވެއެވެ.

ޠައްޔިބު ވިދާޅުވީ، އެކުންފުނިން މިހާރު ކުރާ ހަމައެކަނި ކަމަކީ، ޓޫރިޒަމް ޕްރޮމޯޓް ކުރުމާއި އިޝްތިހާރު ކުރުމުގެ ޙަރަކާތް ހިންގުން ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން އެމްއެމްޕީއާރުސީގެ މެންޑޭޓްތަކަށް ބަދަލުގެނެސް، ވިޔަފާރި ކުރިކަމަށްވިޔަސް، އެމްއެމްޕީއާރުސީ އަޞްލު އުފެއްދި ބޭނުން ނުވަތަ އެ ކުންފުނީގެ އަޞްލު މެންޑޭޓްގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރުގެ އެކިއެކި ޤައުމުތަކާއި ސިޓީތަކުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މިއަހަރު 27 ފެއާރގައި ބައިވެރިވެ، 13 ރޯޑް ޝޯވްގެ އިތުރުން އެކިއެކި ޙަރަތާތްތައް ހިންގާފައިވާއިރު، ޖުމްލަކޮށް، ކޮންމެ ހަތަރު ދުވަހަކަށް ޕްރޮމޯޝަނަލް ޙަރަކާތް ހިންގާފައިވާ ކަމަށެވެ.

ފަޅުރަށްތަކަކާއި ފަޅުތަކެއް ހިމެނޭ ގޮތަށް 57 ތަނެއް ވިއްކައިގެން، މިހާތަނަށް ދިވެހި ދައުލަތުން ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބޮޑު ގޮންޖެހުމަށްވި ނަމަވެސް، މިހާރު އެކަން މަޑުމަޑުން ބަދަލުވަމުން އަންނަ ކަމަށެވެ.

ޠައްޔިބު ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއަރޕޯޓް ތަރައްޤީ ކުރެވިފައިނުވާ މައްސަލަ ކަމަށެވެ. އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ދުނިޔޭގެ އެތަން މިތަނުން ޑައިރެކްޓް ފްލައިޓްތައް ޖައްސާ، އަދި ރާއްޖޭ އެކިއެކި ހިސާބުތަކުގައި ވެސް ފެންވަރު ރަނގަޅު އެއަރޕޯޓްތަކެއް ހެދުމަކިީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމުވާން ޖެހޭކަމަށާއި، ފެންވަރު ރަނގަޅު ޚިދްމަތް ލިބޭނެ، އެއަރޕޯޓްތަކެއް މިވީހާދުވަހު، ތަރައްޤީކުރެވިފައިނެތުމަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު ގެންޖެހުން ކަމަށް ޠައްޔިބު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް