Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2020

މިފްކޯ ހަރުދަނާ ކުރުމަށް 20 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއް ޤާއިމުކުރަނީ

12 ނޮވެމްބަރު 2019 | އަންގާރަ 04:39

ފެސިލިޓީ ހުޅުވާލަނީ ޑިސެމްބަރ 1 ހިސާބުގައި ކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ނޮވެމްބަރު 2019 | އަންގާރަ 04:39
މިފްކޯ

މިފްކޯ

އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސަރުކާރުގެ ބަޖެޓުން މިފްކޯއަށް ލާރި ނުދޭން ނިންމާފައިވާކަމަށާއި އެގޮތުގެ މަތިން ސިޔާސަތުތައް ބައްޓަން ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯއަށް އެސްޓީއޯއިންވެސް ލާރި ޕަމްޕުކުރަމުން ދެން ނުދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފްކޯ ހަރުދަނާ ކުރުމަށްޓަކައި އިންޓަރނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން ( އައި.ޑީ.އެފް.ސީ) އާއެކު ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ސަރުކާރާއި މިފްކޯ އާއި އެސްޓީއޯ އިން އައިޑީއެފްސީ އާއެކު މަސައްކަތްކުރަމުންދަނީ 20 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ޤާއިމުކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އޭރުން ކޭޝް ފްލޯއަށް ދިމާވެގެން އުޅޭ މައްސަލަ ޙައްލުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ދަޅު މަސް ބަންދުކުރުމަށް ބޭނުންކުރާނީ ރާއްޖޭގައި ހުރި ވަޞީލަތްތައްކަމަށާއި ރާއްޖޭގައި ހުރި ފެކްޓްރީތަކުގެ ފެންވަރު ރަނގަޅުކޮށް ކެޕޭސިޓީ ބޮޑު ކުރަމުންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރުސީން ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ފަތުރުވެރިކަން އިޝްތިހާރުކުރުން އެކަނި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެމްއެމްޕީއާރުސީން މަސްވެރިކަން އިޝްތިހާރުކުރުމަށްވެސް މަސައްކަތް ކުރަންޖެހޭކަމުގަ އެވެ.

މިނިސްޓަރ ވިދާޅުވީ މިސިޔާސަތުގެ ދަށުން މިފްކޯ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގަ އެވެ. މިއަހަރު މިފްކޯއަށް 90 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓް ކޮށްފައިވާކަމަށާއި ނަމަވެސް 2020 އަހަރު މިފްކޯއަށް ބަޖެޓުން އެއްވެސް ވަރެއް ދިނުމަށް ބަޖެޓްކޮށްފައި ނުވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މިފްކޯ އަށް، މިދިޔަ ފަސް އަހަރު 839 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ވިދާޅުވެފައެެވެ. މިދިޔަ އަހަރު އެކަނި ވެސް 199 މިލިއަން ރުފިޔާގެ ގެއްލުންވިކަމަށް އަމްރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް