Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުހީ

މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ތައުލީމީ ނިޒާމު ފައްކާކުރެވޭނެ: އެޑިޔުކޭޝަން

އައު ކަރިކިއުލަމް ތަންފީޒު ކުރިއިރު އެކަމަށް ސްކޫލުތަކުން ތައްޔާރުނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ނޮވެމްބަރު 2019 | އަންގާރަ 03:43
އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން

އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އައު ކަރިކިއުލަމްގެ ތެރެއިން ތަޢުލީމް ނިޒާމު އެކީ ފައްކާކުރެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސަރުޚީ ޕްރޮގްރާމުގައި އިހުސާން ވިދާޅުވީ 2015 ވަނަ އަހަރު އައު ކަރިކިއުލަމް ތަންފީޒުކުރަން ފެށިއިރު އެކަމަށް އެކަށީގެންވާ މިންވަރަށް ޓީޗަރުންނާއި، ބެލެނިވެރިން ދޭންޖެހޭ ތަމްރީންތައް ދީފައިނުވާ ކަމަށެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ވަޞީލަތްތައް ވެސް ފުރިހަމަޔަށް ޤާއިމުކޮށްފައި ނެތްކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މިސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އައު ކަރިކިއުލަމްގައިވާ ކަންތައްތަކަށް ޓީޗަރުންނާއި، ބެލެނިވެރިންނާއި، ދަރިވަރުން ހޭލުންތެރިކުރުމަށް ކަމަށާއި، ޓީޗަރުންނަށް ދޭންޖެހޭ ފުރިހަމަ ތަމްރީނުތައް ދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ ވަޞީލަތްތައް ނެތް ސްކޫލްތައް ދެނެގަތުމަށްފަހު އެސްކޫލުތަކުގައި އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ދަރިވަރުން ހުނަރުވެރި ކުދި ބަޔަކަށް ހެދުމަށް ކަރިކިއުލަމްގެ ތެރެއިން އަދި ސްކޫލު މާޙައުލުގެ ތެރެއިން ސްކޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

ވަށާޖެހިފައިވާ ތަޢުލީމީ ނިޒާމަށް އަލިއަޅުއްވާލައްވާ އިހުސާން ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން 22 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މިއުޞޫލުގެ ތެރެއިން ކިޔަވައިދިނުމުގެ އިތުރުން ކުދިންނަށް ބައެއް ކަހަލަ މުހިންމު ހުނަރުތައް ދަސްކޮށްދެވޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އަސާސީ ތަޢުލީމު ދެކެމުން އައި މިންގަނޑު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، އަސާސީ ތަޢުލީމެއްގެ ގޮތުގައި މާނަ ކުރަނީ އަމިއްލައަށް ޢިލްމު ހޯދައިގަތުމަށް އެޢިލްމުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރުމުގެ ކުޅަދާނަކަން ކޮންމެ ކުއްޖަކަށް ކިބައިގައި އަށަގެންނެވުމަށް ކަމަށެވެ.

އިހުސާން ވިދާޅުވީ މިއުޞޫލުގެ ދަށުން ތަޢުލީމުގެ ތެރެއިން ހުނަރު ދަސްވެގެންދާނެ ކަމަށެވެ. އަދި ކަންކަމުގައި ގޮތްނިންމުމުގައި މިހާރަށް ވުރެ ދަރިވަރުންގެ ޤާބިލުކަން އިތުރުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު