Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ފޭސްމާސްކުގެ ބޭނުން

މާސްކް އަޅައިގެން އެޗްވަންއެންވަން އިން ރައްކާތެރި ވެވިދާނެތަ؟

މާސްކަށް ވައިރަސް ހުއްޓުވޭ ކަމުގެ ސައިންޓިފިކް ހެތްކެއް ނެތް

ރާއްޖެ އެމްވީ | 15 މާރިޗު 2017 | ބުދަ 14:52
ފޭސްމާސްކް އަޅައިގެން ތިބި ބަޔަކު ފްލޫ ކްލިނިކްގައި

ފޭސްމާސްކް އަޅައިގެން ތިބި ބަޔަކު ފްލޫ ކްލިނިކްގައި

އާއްމު ވިސްނުން މިހެން ހުރި ނަމަވެސް އެމެރިކާގެ ސެންޓަރ ފޯ ޑިސީޒް ކޮންޓްރޯލް (ސީޑީސީ) އިން މިކަމާބެހޭ ގޮތުން ބުނެފައިވަނީ މާސްކް އެޅުމުން އިންފްލުއެންޒާ ރޯގާއިން ނޫނީ އެޗްވަންއެންވަން ވައިރަސް އިން ވިޔަސް ރައްކާތެރިކަން ލިބޭކަމުގެ އެކަށީގެންވާ ސައިންޓިފިކް ހެއްކެއް ލިބެން ނެތް ކަމަށެވެ.

ސީޑީސީން މިކަމާބެހޭ ގޮތުން ދީފައިވާ ލަފާގައި ބުނެފައިވަނީ އެޗްވަންއެންވަން ބަލިން މުޅިން ރައްކާތެރި ކޮށްދޭނެ ވަކި އެއް ކަމެއް ފާހަގަވެފައި ނެތް ކަމަށެވެ.

އޭގެ ބަދަލުގައި ބަލިން ރައްކާތެރިވުމަށް ފުރުސަތު ބޮޑީ ތަފާތު އެތައް ކަމެއް ހިމެނިގެން ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ:

ސައިބޯނިލައިގެން ގިނަގިނައިން އަތް ދޮވުން. ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫފަދަ އެއްޗަކުން ނިވާ ކުރުން. އަނގަޔާއި ނޭފަތާއި ލޮލުގައި އަތް ނުކޭއްތުން. ރޯގާޖެހިފައިވާ މީހުންނާއި މާބޮޑަށް ގާތް ނުވުން. ބަލިޖެހިފައިވާ މީހުންގެ ތެރެއަށް ނުކުތުމުން ދުރުހެލިވުމާއި، ދަތުރުފަތުރުކޮށް ނުހެދުން.

ޑީއެސް އިން ބުނެފައިވަނީ، އާއްމު ތަންތަނުގައި އަދި ގޭގޭގައި މާސްކް އަޅައިގެން އުޅުމަކީ ލަފާދޭ ކަމެއް ނޫން ކަމަށެވެ.

ސިއްހީ ދާއިރާގައި ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ފޭސްމާސްކަކީ އޭގެ ބޭނުން ކުރާ މީހާއަށް ވަކި ހާލަތްތަކެއްގައި ވަކި މިންވަރެއްގެ ހިމާޔަތް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް އޭގެ އެއް ބޭނުމަކީ ލެޔާއި ހަށިގަނޑުގައި އުފެދޭ އެހެނިގެން ދިޔަ މާސްކް އަޅައިގެން ހުންނަ މީހާގެ ހަށިގަނޑަށް ވާސިލްވުމަށް ހުރަސް އެޅުމެވެ. އޭގެ ސަބަބުން ތިކިތަކުގެ ގޮތުން ބުރައިގެން އަންނަ ހަށިގަނޑުގެ ދިޔައިން މާސްކް އަޅައިގެން ހުންނަ މީހާގެ އަނގައިގެ ޒަރީއާއިންނާއި ނޭފަތުގެ ޒަރީއާއިން ހަށިގަނޑަށް އެތެރެވުން ހުއްޓުވައެވެ. ނަމަވެސް ފޭސްމާސްކަކީ ވައި އެތެރެވެ ބޭރުވާ ގޮތައް ފަރުމާކުރެވިފައިވާ އެއްޗަކަށްވުމާއެކު ވައިގައި އެކުލެވިގެން މާސްކް އަޅައިގެން ހުންނަ މީހާގެ ހަށިގަނޑަށް ވާސިލްވެދާނެ ވައިރަސް ހުއްޓުވުމަކީ ފޭސްމާސްކަށް ކުރެވޭ ކަމަކަށް ނުވެއެވެ.

ފޭސްމާސްކްގެ އެންމެ މުހިންމު އަނެއް މަގްސަދަކީ މާސްކް އަޅައިގެން ހުންނަ މީހާގެ ޒަރީއާއިން ބަލިތައް އެހެން މީހުންނަށް ފެތުރުނަ ނުދިނުމެވެ. އޭގެ ސަބަބުން މާސްކް އަޅައިގެން ހުންނަ މީހާއަށް ވައިގެ ޒަރީއާއިން ހަށިގަނޑަށް އެތެރެވާ ވައިރަހުން ފުރިހަމަ ރައްކާތެރި ކަމެއް ނުދެއެވެ.

ސީޑީއެސް އިން މާސްކް އެޅުމާބެހޭ ގޮތުން ބުނެފައިވަނީ، ބަލިމީހުންނާ ވަރަށް ގާތުގައި މަސައްކަތް ކުރަންޖެހޭ ސިއްހީ ޚިދުމަތްތެރިންނާ ބަލި މީހުން ރައްކާތެރިކަމުގެ ގޮތުން މާސްކް އެޅިޔަސް އެނޫން މީހުން މާސްކް އެޚުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެޗްވަންއެންވަން ވައިރަސް އިން ރައްކާތެރި ވުމަށް އޮތް ހަމަ އެންމެ ރަނގަޅު ފިޔަވަޅަކީ އަމިއްލަ ސާފުތާހިރު ކަމަށާއި އުޅޭ ތަނުގެ ސާފުތާހިރު ކަމަށް ބަލައިގެން އުޅުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޫސީ ވިލާތުގެ ޒުވާނުން ބަރުދަން ލުއިކުރަން ނުރައްކާތެރި "މޮލިކިއުލް" ކިޔާ ގުޅަ ބޭހަކަށް ޝައުގުވެރި ވަނީ

ރޫސީ ވިލާތުގެ ޒުވާނުން ބަރުދަން ލުއިކުރަން ނުރައްކާތެރި "މޮލިކިއުލް" ކިޔާ ގުޅަ ބޭހަކަށް ޝައުގުވެރި ވަނީ

02 ނޮވެމްބަރު 2025
ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

09 ޖޫން 2022
ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!

ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!

20 އެޕްރީލު 2017
އިންޑިއާއިން އެޗްވަންއެންވަން ރޯގާގެ އާ ބާވަތެއް ފެނިއްޖެ، ސަރުކާރުން ދަނީ އައު ވެކްސިނަކަށް މަސައްކަތް ކުރަމުން

އިންޑިއާއިން އެޗްވަންއެންވަން ރޯގާގެ އާ ބާވަތެއް ފެނިއްޖެ، ސަރުކާރުން ދަނީ އައު ވެކްސިނަކަށް މަސައްކަތް ކުރަމުން

06 އެޕްރީލު 2017
ސްވައިން ފްލޫ އާއި އެޗްވަންއެންވަން ގައި ތަފާތުތަކެއް ވޭތަ؟

ސްވައިން ފްލޫ އާއި އެޗްވަންއެންވަން ގައި ތަފާތުތަކެއް ވޭތަ؟

15 މާރިޗު 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު