Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރުއީ ދާއިރާ

މުޅި ފަނޑިޔާރުގެއަށް ހިޔަނި އެޅިގެންދަނީ މަދު މީހެއްގެ އަމަލުތަކުން: މެމްބަރު ހިސާން

ޝަރުއީ ދާއިރާ އިސްލާހުކުރަން އެންމެ އެދޭ ފަރާތްތަކަކީ ފަނޑިޔާރުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 ނޮވެމްބަރު 2019 | ބުރާސްފަތި 19:28
ޖޭއެސްސީގެ މެމްބަރު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން

ޖޭއެސްސީގެ މެމްބަރު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން

މުޅި ފަނޑިޔާރުގެއަށް ހިޔަނި އެޅިގެންދަނީ މަދު މީހެއްގެ އަމަލުތަކުންކަމަށާއި، ނަމަވެސް ރައްޔިތުން އިތުބާރު ކުރާ ނަޒާހަތްތެރި ޝަރުއީ ނިޒާމެއް އޮތް ގައުމަކަށް މިގައުމު ހަދާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޖޭއެސްސީގައި ހައި ކޯޓުގެ ފަނޑިޔާރުކަމަށް އަލަށް އައްޔަންކުރި ހާތިފް ހިލްމީ އާއި ހުސައިން މަޒީދު ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއިން ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުވަތަ ޝަރުއީ ނިޒާމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައި ނަމަވެސް 11 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ގާނޫނު އަސާސީ އެތަސައްވުރު ހުރި މިސްރާބަށް ޝަރުއީ ދާއިރާ ނުގެންދެވޭ ކަމަށެވެ. ހިސާން ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރަން އެންމެ އެދޭ ފަރާތްތަކަކީ ފަނޑިޔާރުން ކަމަށާއި، ޝަރުއީ ދާއިރާގެ ނަޒާހަތްތެރިކަން ނެގެހެއްޓުމާއި މިދާއިރާއަށް ލިބެންޖެހޭ އިތުބާރު ލިބިގަތުމަކީ ފަނޑިޔާރުން އެންމެ އެދޭ އެދުން ކަމަށެވެ. ނަމަވެސް މުޅި ފަނޑިޔާރުގެއަށް ހިޔަނި އެޅިގެންދަނީ މަދު މީހެއްގެ އަމަލުތަކުން ކަމަށް ހިސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ ވަކި މަގާމެއްގައި ހުރުން ނުވަތަ ވަކި ވަގުތެއްގައި މައްސަލައެއް ފެންމަތިވުން އެއީ މީހާކާ މެދު އަޅަންޖެހޭ ފިޔަވަޅެއް ނޭޅޭނެ ނުވަތަ ޖަވާބުދާރީ ނުކުރެވޭނެ ސަބަބެއް ނޫން ކަމަށާއި، އެގޮތަށް ދެކިގެން ނުވާނެ ކަމަށެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުން އަދާކުރަންޖެހޭ ދުސްތޫރީ ޒިންމާތައް އަދާކުރުން މަތީގަ ކޮމިޝަން ދެމިހުންނާނެ ކަމަށާއި، މަސްއޫލިއްޔަތު އަދާކުރާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ގާނޫނުތަކުގަ ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށް ހިސާން ވިދާޅުވިއެވެ.

އަލަށް ފަނޑިޔާރުން އައްޔަންކުރެވިގެންދާއިރު ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކޮމިޝަންގެ މަސައްކަތްތައް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށް ހިސާން ވިދާޅުވީ އޭގެ ތެރޭގައި އިދާރީ ގޮތުން ކުރާ މަސައްކަތްތައް ބަދަލުކުރުމުގެ އިތުރުން ފަނޑިޔާރުންނާ މެދު ހުށަހެޅޭ މައްސަލަތައް އަވަހަށް ބަލައި އެމައްސަލަތައް ނިންމުމަށް ގެންނަންޖެހޭ ބަދަލުތައް ކޮމިޝަނުން ގެނެސްފައިވާ ކަމަށެވެ. ހިސާން ވިދާޅުވީ ފަނޑިޔާރުން އައްޔަންކުރުމުގައި ގެންގުޅޭ އުސޫލުތައް ކްރައިޓޭރިއާތައް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ މަސައްކަތުގައި އުސޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފަނޑިޔާރުކަމަށް ކުރިމަތިލާ ބޭފުޅުންނަކީ އެއްވެސް ވަރަކަށް އެބޭފުޅުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިއްޖެނަމަ ކޮމިޝަންގެ މެމްބަރުން މަޝްވަރާކޮށް އެކަންތައްތަކަށް ރިޔާއަތްކޮށް މެނުވީ ފަނޑިޔާރުކަމަށް އައްޔަންކުރުމުގެ މަސައްކަތް ނުކުރާނެ ކަމަށެވެ.

ހިސާން ވިދާޅުވީ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ފެށި މަސައްކަތުގެ ދަށުން ގާނޫނު އަސާސީ ތަސައްވުރުކޮށްފައިވާ ރައްޔިތުން އިތުބާރު ކުރާ ނަޒާހަތްތެރި ޝަރުއީ ނިޒާމެއް އޮތް ގައުމަކަށް މިގައުމު ހަދާ ފަނޑިޔާރުން ފަހުރުވެރިވާ ފަދަ ފަނޑިޔާރުގެއެއް ބިނާކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު