Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިމަމް ވޭޖް

މިނިމަން ވޭޖް ކަނޑައެޅުން: މަޓީންނާއި މަސީންވެސް ތާއީދު!

6 ނޮވެމްބަރު 2019 | ބުދަ 14:47

ބޮޑަށް ބަހުސް ކުރެވުނީ ބިދޭސީންނާއި ދިވެހިންނާ ހަމަހަމަކޮށް، މިނިމަމް ވޭޖް ކަނޑައެޅުމާމެދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ނޮވެމްބަރު 2019 | ބުދަ 14:47
މިނިމަމް ވޭޖް ކަނޑައެޅެމުގެ ބިލް ޑްރާފްޓްކުރާ މަޖިލީހުގެ ކުޑަ ކޮމެޓީގައި މަޓީ އާއި މަސީގެ އިސްބޭފުޅުން

މިނިމަމް ވޭޖް ކަނޑައެޅެމުގެ ބިލް ޑްރާފްޓްކުރާ މަޖިލީހުގެ ކުޑަ ކޮމެޓީގައި މަޓީ އާއި މަސީގެ އިސްބޭފުޅުން

މިނިމަމް ވޭޖް ކަނޑައެޅުމަކީ ކުރަންޖެހިފައިވާ ކަމެއްކަމަށާއި އެކަންކުރުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ބުނެފި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލް ޑްރާފް ކުރާ ރައްޔިތުންގެ މަޖިލީހުގެ ސަބް ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުމަށް، މަޓީ އާއި މަސީގެ އިސް ބޭފުޅުން ވަނީ ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި މައުލޫމާތު ހިއްސާ ކޮށްދެއްވާފަ އެވެ. އެގޮތުން، ރާއްޖޭގައި ޓޫރިޒަމް ދާއިރާ މަސައްކަތްކުރައްވާ ފަރާތްތަކުންނާއި ކޮންސްޓަރަކްޝަން ދާއިރާ މަސައްކަތް ކުރައްވާ ފަރާތްތަކުން ވެސް ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައެޅިފައި އޮތުން މުހިއްމު ކަމަށާއި، ނަމަވެސް އެކަން ކުރުމުގައި އެ ސިނާއަތްތަކަށާއި ރާއްޖޭގެ އިގްތިސާދަށް ގެއްލުން ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ވެގެންދިއުން މުހިއްމު ކަމަށް އެ ދެ އެ ސޯސިއޭޝަނުން ބުނެއެވެ.

Advertisement - newsAdvertisement

މަޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު އިބްރާހީމް ނޫރައްދީން ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައަޅާއިރު، އެއީ ހަމަ އަދަދެއްގެ ގޮތުގައި ޖަހާލާއެއްޗަކަށް ވެގެން ނުވާނެ ކަމަށާއި، މިނިމަމް ވޭޖު ވާންޖެހޭނީ، މުވައްޒަފުންނަށް އެމީހުންގެ އަސާސީ ކަންކަން ހަމަޖައްސާ ލެވޭވަރުގެ މުސާރައަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ޓޫރިޒަމްގެ ދާއިރާގައިވެސް ވަރަށް ދަށް މުސާރަ ލިބޭ ފަރާތްތައް އުޅޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، މޫސަރައާއި ސަރވިސް ޗާޖު މަހުންމަހަށް ދިނުމުގައި ވެސް ބައެއް ރިސޯޓްތަކުން މުއައްޒަފުންނާމެދު އިހުމާލު ވަމުންދާކަން ގަބޫލު ކުރައްވާ ކަމަށް ވެސް ނޫރައްދީން ވިދާޅުވި އެވެ.

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޮންސްޓަރަކްޝަން ދާއިރާގައިވެސް ވަރަށް ކުޑަ މުސާރަ ލިބޭ މުވައްޒަފުން އުޅޭކަން ގަބޫލު ކުރައްވާ ކަަމަށާއި، މިނިމަމް ވޭޖް ކަނޑައަޅަން އެންމެބޮޑަށް ބާރު އަޅަނީވެސް ބައެއް ކުންފުނިތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާތީ ކަމަށެވެ.

ޖަނާހު ވިދާޅުވީ ކޮންސްޓަރަކްޝަން ދާއިރާގައި އުޅޭ ބިދޭސީންނަށް އެވްރެޖްކޮށް، މުސާރައާއެކު ހަރަދު ވަނީ 6،000ރ ރުފިޔާ ކަމަށާއި، ދިވެހިންނަށް އެވްރެޖްކޮށް، 8،000ރ މުސާރައިގެ ގޮތުގައި ދެމުންދާތީ، މިނިމަމް ވޭޖް އެވަރުގައި ހިފެހެއްޓިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮމެޓީގައި އެންމެ ބޮޑަށް ބަހުސް ކުރެވިފައިވަނީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ބިދޭސީންނާއި ދިވެހިންނާ ދެމެދު ތަފާތު ކުރެވިދާނެ ކަމާމެދުގަ އެވެ. އަދި ދިވެހި މަސައްކަތްތެރިން ޝައުގުވެރިވާނެ މިނިމަމް ވޭޖެއް ކަނޑައެޅި، ތައުލީމާއި ތަމްރީން ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް، ހިންގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް މަޓީންނާއި މަސީން އަދި ކޮމެޓީގެ މެމްބަރުން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 އޯގަސްޓު 2019

މިނިމަމް ވޭޖްގެ ބިލް އަވަސް ކުރުމަށް ގޮވާލާ ދިއްދޫގައި އެއްވުމެއް ބާއްވައިފި

18 އޯގަސްޓު 2019
މިނިމަމް ވޭޖްގެ ބިލް އަވަސް ކުރުމަށް ގޮވާލާ ދިއްދޫގައި އެއްވުމެއް ބާއްވައިފި
27 މެއި 2019

އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ ހުކުމާ މެދު ގޮތެއް ކަނޑައެޅުން ރީޝެޑިއުލް ކޮށްފި

27 މެއި 2019
އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ ހުކުމާ މެދު  ގޮތެއް ކަނޑައެޅުން ރީޝެޑިއުލް ކޮށްފި
23 މެއި 2019

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ނެރޭ މެމްބަރަކު ކަނޑައެޅުން 27 ގައި!

23 މެއި 2019
މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ނެރޭ މެމްބަރަކު ކަނޑައެޅުން 27 ގައި!
30 އެޕްރީލު 2019

މިވަގުތަށް އެންމެ މުހިއްމީ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން: ރައީސް

30 އެޕްރީލު 2019
މިވަގުތަށް އެންމެ މުހިއްމީ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން: ރައީސް
23 މާރިޗު 2019

މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު

23 މާރިޗު 2019
މިލިއަނަރުން މަޖިލީހަށް އައްޔަންކޮށްފިނަމަ މިނިމަމްވޭޖް ކަނޑައެޅިގެން ނުދާނެ: ނަޝީދު
07 ފެބުރުއަރީ 2019

ކުރިއަށް އޮތް ހަފްތާގައި މިނިމަމްވޭޖް ބޯޑު ރަސްމީކޮށް އިފްތިތާހު ކުރެވިގެންދާނެ: ފައްޔާޒު

07 ފެބުރުއަރީ 2019
ކުރިއަށް އޮތް ހަފްތާގައި މިނިމަމްވޭޖް ބޯޑު ރަސްމީކޮށް އިފްތިތާހު ކުރެވިގެންދާނެ: ފައްޔާޒު
07 ޑިސެމްބަރު 2018

މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާނީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު: އިކޮނޮމިކް މިނިސްޓަރ

07 ޑިސެމްބަރު 2018
މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާނީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު: އިކޮނޮމިކް މިނިސްޓަރ
07 ނޮވެމްބަރު 2017

ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅުން ގޮސްފައިވާ ހިސާބެއް ނޭނގޭ: މިނިސްޓަރު ޒަމީރު

07 ނޮވެމްބަރު 2017
ކުޅުދުއްފުށީ އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅުން ގޮސްފައިވާ ހިސާބެއް ނޭނގޭ: މިނިސްޓަރު ޒަމީރު
17 ޖުލައި 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރުމަށް ވަގުތު ކަނޑައެޅުން ބުރާސްފަތު ދުވަހު!

17 ޖުލައި 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރުމަށް ވަގުތު ކަނޑައެޅުން ބުރާސްފަތު ދުވަހު!
01 ޖޫން 2017

އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައެޅުން މިރޭ

01 ޖޫން 2017
އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައެޅުން މިރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް