Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރު

އެސްޖީ އަށް ބިރެއް ނުދައްކަން، ދިނީ ނަސޭހަތް: އުއްތަމަ ފަނޑިޔާރު

6 ނޮވެމްބަރު 2019 | ބުދަ 12:20

ޖޭއެސްސީން ދަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަ އެއް ބަަލަމުން

އަލީ ސަމާޚް
އަލީ ސަމާޚް | 6 ނޮވެމްބަރު 2019 | ބުދަ 12:20
އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދި

އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދި

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރުދައްކާފައިނުވާނެ ކަމަށާއި، އެހެން ނަމަވެސް ނަސޭހަތް ދެއްވި ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ފާއިޒް ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ ދިން އިންޒާރާއެކު, އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އަންގާރަ ދުވަހު ނިންމާފައެވެ.

Advertisement - newsAdvertisement

އެވާހަކަތައް ދޮގުކުރައްވައި އުއްތަމަ ފަނޑިޔާރު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދާދީ ފަހުން ޖޭއެސްސީގެ ޤާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ތަސްދީޤު ކުރައްވާފައިވާ ޖޭއެސްސީގެ ޤާނޫނެއް ކަމުގައި ވާތީ، އެ ޤާނޫނަށް ފުރިހަމަޔަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

އަދި ޤާނޫނު ތަންފީޒު ކުރުމަށް ދޭން ޖެހޭ ހުރިހައި އެއްބާރުލުމެއް ސުޕްރީމް ކޯޓުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލުކޮށްފައިވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުުރުމުގެ ބާރުގެ އާއްމު އިދާރީ ކަންކަމަށްވާއިރު، ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ އުސޫލުތައް ކަނޑައަޅާ އަންގާ އެންގުމަށް ރިޢާޔަތްކޮށް ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޑރ. ފާއިޒް އުއްތަމަ ފަނޑިޔާރުގެ ހުއްދަ ނުހޯދާ އެންގުމެއް ނެތި ސުޕްރީމް ކޯޓުގެ މުވައްޒަފުންނާއި ބައްދަލުކޮށް ކޯޓު ހިންގުމުގެ އިސްވެރިއަކީ އުއްތަމަ ފަނޑިޔާރެއް ނޫންކަމަށާއި، އެއީ އޭނާ ކަމަށް ވިދާޅުވެ ދުސްތޫރީ އަދި ޤާނޫނީ މާއްދާތަކުގެ ބާރު ކެނޑޭ ގޮތަަށް އަމަލުކުރައްވާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެފަދަ ގޮތަކަށް ފާއިޒު އަމަލުތައް ހުންނެވެމުން އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ޑރ. ފާއިޒު އަށް ނަސޭޙަތްދީ އެފަދަ އަމަލެއް ތަކުރާރު ނުކުރެއްވުމަށް އަންގަވާފައިވާނެ ކަމަށެވެ.

އަދި މަސްލަހަތު ނަގައިލެވޭ ގޮތަށް އެފަދަ ކަންތައް ކުރައްވަނާމަ ފިޔަވަޅު އެޅުމަށް ހުރަހެއް ނޯންނާނެ ކަމަށް ދަންނަވާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

އަދި އޭގައި އެއްވެސް ގޮތަށް އޭނާ އަށް އިންޒާރު ދިންކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެކަމާއި، އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ނޯންނާނެ ކަމަށް ޑރ. ދީދީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޝަރުއީ ދާއިރާގެ ކޮންމެ މުވައްޒަފަކު ވެސް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަމަލުކުރައްވަމުން ގެންދިޔުމަށް އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ދާއިރާގެ ބޭފުޅުންނަށް އިލްތިމާސް ކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދުން ލަސްވުމަކީ އޮތް ބޮޑު ބިރެއް:ސިޓީ ކައުންސިލް

24 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދުން ލަސްވުމަކީ އޮތް ބޮޑު ބިރެއް:ސިޓީ ކައުންސިލް
18 އެޕްރީލު 2017

މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ

18 އެޕްރީލު 2017
މުއްތޮލިބުގެ ނަސޭހަތް، ސަން ސިޔާމަށް - އެކުވެރިން ކަތިލެވޭއިރު ބަލަން ނުހުރޭ
12 އެޕްރީލު 2017

ގާސިމްގެ ނަސޭހަތް މަސީހަށް: ގާނޫނާ ހިލާފު، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ!

12 އެޕްރީލު 2017
ގާސިމްގެ ނަސޭހަތް މަސީހަށް: ގާނޫނާ ހިލާފު، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ!
07 އެޕްރީލު 2017

ރައީސް މައުމޫނު ފެކްޝަންގެ އެސްޖީ އަބްދުލް އަލީމްގެ ފޯނު ފުލުހުން އަތުލައިފި

07 އެޕްރީލު 2017
ރައީސް މައުމޫނު ފެކްޝަންގެ އެސްޖީ އަބްދުލް އަލީމްގެ ފޯނު ފުލުހުން އަތުލައިފި
05 އެޕްރީލު 2017

އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު

05 އެޕްރީލު 2017
އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު
02 އެޕްރީލު 2017

ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ

02 އެޕްރީލު 2017
ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ
30 މާރިޗު 2017

ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް

30 މާރިޗު 2017
ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް
20 މާރިޗު 2017

ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން

20 މާރިޗު 2017
ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް