Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީ

ބްރޯޑްކޮމްގެ މެމްބަރުންނާ އިންޓަވިއު ކުރުން: އިންޓަވިއުކޮށް ނިމޭނީ މިމަހުގެ 12 އާ ހަމައަށް!

6 ނޮވެމްބަރު 2019 | ބުދަ 10:18

ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކެއް ދިމާވާތީ، ދެން އިންޓަވިއުތައް ކުރިއަށް ދާނީ މިމަހުގެ 12 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ނޮވެމްބަރު 2019 | ބުދަ 10:18
ބްރޯޑްކޮމްގެ ބައެއް މެމްބަރުން ކޮމެޓީގައި--

ބްރޯޑްކޮމްގެ ބައެއް މެމްބަރުން ކޮމެޓީގައި--

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާއި އިންޓަވިއުކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކުރިއަށްދާއިރު، އިންޓަވިއުކޮށް ނިންމާލެވޭނި މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވިދާޅުވީ، އިންޓަވިއުތައް ކުރިން ހަމަޖައްސާފައިވާގޮތަށް ތިން ދުވަހަށް ކުރިއަށް ގެންދަން ނިންމި ނަމަވެސް، އެއް ދުވަސް އިތުރު ކުރަން ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ކުރިން ހަމަ ޖެއްސި ދުވަހުގެ ތެރޭގައި އިންޓަވިއުތައް ކޮށް ނުނިމޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ބްރޯޑްކޮމްއަށް ކުރިމަތިލާފައިވާ 36 ފަރާތަކާ އިންޓަވިއު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިދިއަ މަހުގެ 14 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 4، 5 އަދި 6 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ ތިން ދުވަހަށް ނުނިމޭތީ ކޮމެޓީން ވަނީ މިމަހުގެ 12 ވަނަ ދުވަހު އިތުރު ކޮމެޓީއެއް ބާއްވާ އިންޓަވިއުގެ ކަންކަން ނިންމުމަށެވެ.

ކޮމެޓީން އެގޮތަށް ނިންމީ، ބުރާސްފަތި ދުވަހަކީ މަޖިލީގެ ރަސްމީ ޖަލްސާތައް ނުބާއްވާ ދުވަހަކަށްވެފައި، ކުރިއަށް އޮތް ހަފްތާ ބަންދާއި، އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ނިންމާފައިވާތީއާއި އަންނަ ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަސް ކަމަށްވާތީ އަންހަ ހަފްތާގެ އަންގާރަ ދުވަހު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކޮމެޓީން ދަނީ ބްރޯޑްކޮމްއަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ތަރުތީބުން އެފަރާތްތަކާއި އިންޓަވިއު ކުރަމުން ނެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނީ އެކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަބްދުﷲ ސޮފްވާން އާއި އެކޮމިޝަނުގެ މެމްބަރު ހަސަން ނަބާހު އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވެފައިވާތީ އެވެ.

މީގެއިތުރުން، ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ އެމަގާމުން ވަކިކުރަން ކޮމެޓީން ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި އެކަމަށް ވޯޓަށް އެހުމުގެ ކުރިން ނެވެ.

މަޖިލީހުގައި ވޯޓަށް އަހައިގެން ކޮމިޝަންގެ މެމްބަރު ކަމުން ވަކިކޮށްފައިވެސް ވެއެވެ. އެއީ ސޮފްވާން އިސްތިއުފާ ދެއްވުމުން، އެކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ފާތިމަތު ޒައިނާ އެވެ.

އެކޮމިޝަނުގައި ހަތް މެމްބަރުން ތިއްބަވާއިރު، މިވަގުތު ތިއްބެވީ، ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރު އާއި އާމިނަތު ސަހާރަތު އިއްޒަތުގެ އިތުރުން އަމްޖަދު ވަހީދު އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރަމުންދާއިރު، އެކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލައި، އެ ދެ މުއައްސަސާގެ ކަންކަން ހިންގުމަށް އެއް ކޮމިޝަން އެކުލަވާލުމަށްޓަކައި، މީޑިއާ ކޮމިޝަނުގެ ނަމުގައި ބިލެއްގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ގެންދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް