Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ

މާދަމާ ބާއްވަން ހަމަޖެއްސި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބުދުﷲގެ ތަހުޤީޤް އަޑުއެހުން ފަސްކޮށްފި

3 ނޮވެމްބަރު 2019 | އާދީއްތަ 14:37

ތަހުގީގު ފަސްކޮށްފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ފަނޑިޔާރު ފުރާވަޑައިގަންނަވާތީ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 ނޮވެމްބަރު 2019 | އާދީއްތަ 14:37
ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ

ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ

މާދަމާ ބާއްވަން ކުރިން ނިންމާފައި އޮތް ފަނޑިޔާރު އާދަމް މުޙައްމަދު ޢަބުދުﷲގެ ތަހުޤީޤް އަޑުއެހުން ފަސްކޮށްފިއެވެ.

ފަނޑިޔާރު އާދަމް މުޙައްމަދުގެ ސުލޫކީ މައްސަލައިގެ ތަހުޤީޤުގެ ދެ ވަނަ އަޑުއެހުން ފެށުމާއެކު ފަނޑިޔާރު ވަކީލަކު އައްޔަން ނުކުރެވޭކަމަށް ވިދާޅުވެ ޝަކުވާތައް ފައްޓެވުމާއި ގުޅިގެން، ވަކީލަކު އައްޔަނުކުރުމަށް ފަނޑިޔާރަށް ފަހު ފުރުސަތު އަރުވައި 4 ވަނަ ދުވަހުގެ 10:30 މުއްދަތެއް ދީފައެވެ. ޖޭއެސްސީން ބުނެފައިވަނީ ތަޙުޤީޤު އަޑުއެހުން ފަސްކުރެވިފައިވަނީ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބުދުﷲ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީކަމަށާއި އެނބުރި ވަޑައިގެންނެވުމުން ކުރިއަށް ގެންދެވޭނެކަމަށެވެ.

Advertisement - newsAdvertisement

ފަނޑިޔާރު އާދަމް މުޙައްމަދުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ހަމަޖައްސާފައިވާ، ޑރ. މުޙައްމަދު ޖަމީލު އަޙްމަދާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިނގަމުންދިޔަ ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރ އަޙްމަދު މާޖިދެވެ.

ޖޭއެސްސީގެ ތަހުޤީޤު ކޮމެޓީގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި، ފަނޑިޔާރު އާދަމް މުޙައްމަދުގެ ޤާނޫނީ ވަކީލަކަށް ޖަމީލު ބަލައި ނުގަންނަން ވަނީ ނިންމާފަ އެވެ. ސަބަބެއް ކަމަށް ވަނީ، ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ ދުސްތޫރީ މައްސަލައެއްގެ އެއް ޙަސްމަށް ޖަމީލު ވެވަޑައިގަންނަވާތީ އެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު އާދަމް މުޙައްމަދު ހިމެނިވަޑައިގަންނަވާތީ، އެއީ ފަނޑިޔާރުގެ ސުލޫކީ މިންގަޑާ ޚިލާފުކަމެއް ކަމަށެވެ. އަދި ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ތަހުޤީޤު ކޮމެޓީން ނިންމާފައި ވެއެވެ.

ދެވަނަ ޤާނޫނީ ވަކީލެއްގެ ގޮތުގައި ބުދަ ދުވަހުގެ އަޑުއެހުމަށް ވަޑައިގެންނެވި މާޖިދު ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް ވަޑައިގަންނަވާފައެއް ނުވެއެވެ. އަދި އޭނާ ވަޑައިނުގެންނެވި ސަބަބެއް ފަނޑިޔާރު އާދަމް މުޙައްމަދަށާއި، ޖޭއެސްސީއަށްވެސް އަންގަވާފައެއް ނުވެއެވެ.

ފަނޑިޔާރު ވިދާޅުވީ ވަކީލަކު ހޯދުމަށް ވަރަށް މަސައްކަތްކުރެއްވިކަމަށެވެ. ނަމަވެސް ވަކީލަކު ލިބިވަޑައިނުގެންނެވިކަމަށާއި، ވަކީލުން އެކަމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށެވެ. ސަބަބެއްކަމަށް ފަނޑިޔާރު އާދަމް މުޙައްމަދު ވިދާޅުވީ ދެން ވަޑައިގަންނަވާ ވަކީލަކުވެސް ބަލައި ނުގަތުމަށް ޖޭއެސްސީން ނިންމަފާނެތީ އާއި، އެ ވަކީލުގެ މައްސަލަ ބަރ ކައުންސިލަށް ފޮނުވާކަމުގެ ބިރު ވަކީލުންނަށް އޮތުމުންނެވެ.

ބުދަ ދުވަހު ޢާންމުކޮށް ހުޅުވާލައިގެން ބޭއްވި ތަހުޤީޤް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖޭއެސްސިގެ ނައިބް ރައީސް މަސްތޫރު ހުސްނީ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް