Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކޯޓުތަކުގައި ހުރި މައްސަލަތައް ލަސްވާތީ ޓާސްކް ފޯހެއް ހަދަން މާދަމާ ވޯޓަށް އަހަނީ!

3 ނޮވެމްބަރު 2019 | އާދީއްތަ 10:25

1900 އަށްވުރެ ގިނަ މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ނޮވެމްބަރު 2019 | އާދީއްތަ 10:25
ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން--

ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން--

ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ނުނިމި ލަސްވާ ސަބަބު ދެނެގަތުމަށް ޓާސްކް ފޯހެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ޖޭއެސްސީ) އަށް ލަފާދިނުމަށް ނިންމާފައިވާ ނިންމުމަށް ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުން މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓު" އާގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު އިއްވުން ހިމެނެއެވެ.

Advertisement - newsAdvertisement

އެރިޕޯޓް އިއްވުމާއެކު، އެރިޕޯޓަށް ބަހުޘް ކުރަން ބޭނުންވާ އަދި އިސްލާޙެއް ހުށަހެޅަން ބޭނުންވާނަމަ އެފުރުޞަތު މެމްބަރުންނަށް ލިބޭނެ އެވެ. އަދި އެރިޕޯޓަށް ބަހުޘްކުރުމަށް ހަމަ އެޖަލްސާގައި އެރިޕޯޓަށް ވޯޓަށް އެހޭނެއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ޓާސްކު ފޯހެއް ހެދުމަށް ޖޭއެސްސީއަށް ލަފާދިނުމަށް ނިންމާފައިވަނީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ހިންގާ ޕްރޮގުރާމުގެ ތެރެއިންނެވެ. އެގޮތުން ޖޭއެސްސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޖޭއެސްސީ މެދުވެރިކޮށް، ވަނީ ކޯޓުތަކުގައި ހުރި މައްސަލަތަކާއި، ކޯޓުތަކުގައި ހުރި މައްސަލަތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ދެނެގަތުމަށް ނިންމާފަ އެވެ.

އެގޮތުން ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތައް ލަސްވާ ސަބަބު ދެނަގަނެ، ރައްޔިތުންގެ މަޖިލީހަށް ރިޕޯޓެއް ހުށަހަޅާފަ އެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އެރިޕޯޓް ދިރާސާ ކުރުމަށްފަހު ނިންމާފައި ވަނީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ތަމްސީލުކުރާނޭ މީހުން ހިމަނައިގެން އިންޓަރ އެޖެންސީ ޓާސްކް ފޯހެއް އެކުލަވާލައި އެމައްސަލައަށް ހައްލެއް ގެނެވިދާނެ ކަމަށެވެ. އެހެންކަމުން އެފަދަ ޓާސްކް ފޯހެއް އެކުލަވާލުމަށް ޖޭއެސްސީއަށް ލަފާއެރުވުމަށް ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.

މައްސަލަ ދިރާސާކޮށް ނިންމި ރިޕޯޓުގައި ބުނެފައިވަނީ، އެ ޓާސްކް ފޯސްގެ މެންޑޭޓްތަކުގެ ތެރޭގައި، ކޯޓުތަކުގައި މައްސަލަތައް ނުބެލި ލަސްވަމުންދާ ސަބަބުތައް ހޯދައި، އެކަން ހައްލު ކުރުމަށް އެޅެންހުރި ފިޔަވަޅުތައް ފާހަގަކުރުން ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރަންވީ ކަންކަން ހިމަނައި ރިޕޯޓެއް އެކުލާވަލުން ވެސް ހިމެނެ އެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓުގައިވާގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި 1900 އަށްވުރެ ގިނަ މައްސަލަ އެބައޮތެވެ. އޭގެ ތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، ފަސް އަހަރަށްވުރެ ގިނަ ދުވަސްވެ 10 އަހަރު ހަމަނުވާ 12 މައްސަލައެއް ހިމެނެ އެވެ. މީގެއިތުރުން ވެސް ޖޭއެސްސީ ރިޕޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް