Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް

ފިސްކަލް ޕޮލިސީ ތަންފީޒުކުރުން ހަރުދަނާކުރުމަށް ޤާނޫނުތަކަށް ބަދަލުގެންނަނީ

ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައި ފިސްކަލް ޕޮލިސީ ތަންފީޒުކޮށް ހަރުދަނާކުރުމަށް 3 ކަމެއް ހުށަހަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2019 | ބުރާސްފަތި 08:15
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު ފިސްކަލް ޕޮލިސީ ތަންފީޒުކުރުން މިހާރަށް ވުރެ ހަރުދަނާކުރުމަށް ކަންތައްތަކެއް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ 2020 ން 2022 ށް ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައި ވާ ގޮތުން ފިސްކަލް ޕޮލިސީ ތަންފީޒުކުރުން ހަރުދަނާކުރުމަށް 3 ކަމެއް ހުށަހަޅަ އެވެ. އޭގެތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ބަޖެޓް އެކި އިދާރާތަކަށް ބައިކުރެވޭ ގޮތް އަދި ބަޖެޓުގެ އެކޮލޭޝަން ބަދަލުކުރުމުގެ އުސޫލުތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ހިމެނުމެވެ.

2019 ވަނަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގައި އެއްބައި އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލު ފާސްކޮށްފަ އެވެ. މިއުސޫލު ގެޒެޓުގައި ޝާއިޢު ކޮށްފައިވާއިރު މި އުސޫލުތައް ތަޢާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ ދައުލަތުން ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަކީ އެންމެ ފުރިހަމަ ގޮތުގައި އެއަށް އަމަލުކުރެވޭ، ފުއްދުންތެރި، ދެމެހެއްޓެނިވި އަދި އެފިޝަންސީއަށް ބާރުއަޅާ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ބަޖެޓެއްކަމަށް ހެދުމެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ 2020 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ވަޔަމަންޓް އަދި އެޕްރޮޕްރިއޭޝަން އުސޫލުތައް ހިމެނިގެން ދިއުމަކީ އުސޫލުތައް ފުރިހަމައަށް ތަންފީޒު ކުރެވޭނެކަން ޔަގީންކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

މި އުސޫލުގައި ވާގޮތުން މަސްއޫލު އޮފީހަކުން އާންމު ބަޖެޓަށްވުރެ އިތުރަށް ކޮންޓިންޖެންސީގެ ގޮތުގައި ޚަރަދުކުރެވޭނީ، މިނިސްޓަރުގެ ހުއްދަޔާއެކު އާންމު ބަޖެޓުގައި އެ މަސްއޫލު އޮފީހަކަށް ކަނޑައަޅާފައިވާ ފައިސާގެ ފަހެއް އިންސައްތަ އަށް ވުތެ އިތުރުނުވާނެ ގޮތެއްގެ މަތިންނެވެ.

ފިސްކަލް ޕޮލިސީ ތަންފީޒުކުރުން ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީން ދެން ހުށަހަޅާފައިވަނީ ދައުލަތުގެ އޮފީސްތަކުން ޑްރާފްޓުކުރާ ބިލުތައް ފާސްކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އަދި ގަވައިދެއް ނުވަތަ އުސޫލެއް ހަދައި އެއަށް އަމަލު ކުރުމުގެ ކުރިން އަދި ބިލެއް، ގަވައިދެއް ނުވަތަ އުސޫލެއް އިސްލާހު ކުރުމުގެ ކުރިން ދައުލަތަށް މާލީގޮތުން ކުރާނެ އަސަރު ދެނެގަތުމަށް ފިސްކަލް އިމްޕެކްޓް އެސެސްމެންޓެއް ހަދައި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަންޖެހޭގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމެވެ.

ރިޕޯޓްގައި ބުނެފައިވަނީ ޤާނޫނީ އޮނިގަނޑަށް ބަދަލެއް ގެނައުމުގެ ކުރިން އެ ގެނެވޭ ބަދަލުތަކާ ގުޅިގެން ދައުލަތުގެ އާމްދަނީ އާއި ޚަރަދަށް ކުރާނެ އަސަރު ދެނެގަނެވެފައި އޮތުމަކީ މުހިންމު ކަމެއްކަމުގަ އެވެ. އަދި އެ އަހަރަކަށް ކަނޑައަޅާ ބަޖެޓު ފާސްކުރުމުގެ ކުރިން މިފަދަ ބަދަލުތައް އެ އަހަރެއްގެ ބަޖެޓުގައި ހިމެނިފައި އޮތުމުން އަހަރުގެ ތެރޭގައި ބަޖެޓަށް ގެނެވޭ އުނިއިތުރުކުރުންތައް މަދުކުރެވިގެންދާނެ ކަމުގައެވެ. އެހެންކަމުން ޤާނޫނީ އޮނިގަނޑަށް ބަދަލެއް ގެނައުމުގެ ކުރިން ފިސްކަލް އިމްޕެކްޓް އެސެސްމަންޓް ހަދާ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ބަދަލު ގެނެވިދާނެކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ފިސްކަލް ޕޮލިސީ ތަންފީޒުކުރުން ހަރުދަނާކުރުމަށް ދެން ހުށަހަޅާފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ހިމެނިފައި ހުރި ފިސްކަލް އަމާޒުތައް މުރާޖާކުރުމެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޑެފިސިޓް އަދި ދަރަނީގެ އަމާޒުތަކަކީ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ގައުމުތަކަށް އެންމެ އެކަށީގެންވާ އަމާޒެއް ނޫންކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ޤާނޫނުގައި ހުރި އަމާޒުތައް ހާސިލުކުރަން ބާރުއަޅާފައިވަނީ 2017 ވަނަ އަހަރުގެ ނިޔަލަށް ކަމުގައި ވީނަމަވެސް އެކަންކަން ހާސިލުވެފައިނުވާތީ އެއީ ޤާނޫނަށް ބަދަލު ގެންނަންޖެހިފައިވާ ދާއިރާއެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ 2020 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީއަކީ ދައުލަތުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަލަށް ފަށާ މަޝްރޫޢުތަކަށް އެކަށޭނެ ފިސްކަލް ސްޕޭސްއެއް އެކުލަވާލައި، ދެމެހެއްޓެނެވި މިންގަނޑެއްގައި ބަޖެޓް ޑެފިސިޓް ބެހެއްޓުމަށް އެންމެ އެކަށޭނެ ބަޖެޓެއް އެކުލަވާލުމެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2018

ޕޮލިސީތަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ޖަޕާނާއި ދިވެހިރާއްޖެ މަޝްވަރާ ކޮށްފި

14 ޖޫން 2018
ޕޮލިސީތަކާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ޖަޕާނާއި ދިވެހިރާއްޖެ މަޝްވަރާ ކޮށްފި
13 މެއި 2018

އެމްއާރޑީސީގެ އެމްޑީއެއްގެ ގޮތުގައި ހުންނެވި ހަމްދީ ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް

13 މެއި 2018
އެމްއާރޑީސީގެ އެމްޑީއެއްގެ ގޮތުގައި ހުންނެވި ހަމްދީ ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް
18 ޑިސެމްބަރު 2017

އެމްޕީއެލްގެ ޕޮލިސީއާ ހިލާފަށް ރިޓަޔާކުރި މީހަކަށް ވަޒީފާ ދޭން އަންގައިފި

18 ޑިސެމްބަރު 2017
އެމްޕީއެލްގެ ޕޮލިސީއާ ހިލާފަށް ރިޓަޔާކުރި މީހަކަށް ވަޒީފާ ދޭން އަންގައިފި
29 ނޮވެމްބަރު 2017

ހެލްތު މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވް މަގާމުގައި ހުންނެވި، ހަމީދު، ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުފާ ދެއްވައިފި!

29 ނޮވެމްބަރު 2017
ހެލްތު މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވް މަގާމުގައި ހުންނެވި، ހަމީދު، ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުފާ ދެއްވައިފި!
11 އޯގަސްޓު 2017

މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި

11 އޯގަސްޓު 2017
މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް އެދި އެމްނެސްޓީން ރައީސަށް ސިޓީއެއް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު