Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބެޑްމިންޓަން މުބާރާތް

ތިން ފައިނަލްކުޅެ ނަބާހާ ތިން ތަށި ކާމިޔާބުކޮށްފި

ބާރާތުގެ ފިރިހެން ސިންގަލްސްގެ ތަށި ނުވަ ވަނަ ފަހަރަށް މުހައްމަދު އަޖްފާން ވަނީ ކާމިޔާބުކޮށްފަ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2019 | ބުދަ 13:26
ރައީސް ސޯލިހް (ވ) ނަބާހާ (ކ)

ރައީސް ސޯލިހް (ވ) ނަބާހާ (ކ)

ލިޓަސް 46 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި ފާތުމަތް ނަބާހާ ވާދަކުރި ތިން ކެޓަގަރީގެ ތިން ފައިނަލް ކުޅެ ތިން ތަށި ނަބާހާ ކާމިޔާބުކޮށްފިއެވެ.

ނަބާހާ ތިން ތަށި ކާމިޔާބުކުރީ އަންގާރަ ދުވަހު ކުޅުނު އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެނެވެ.

ކުޅިވަރު އެކުވެނު ބެޑްމިންޓަން ހޯލުގައި ކުޅުނު ފައިނަލް މެޗު ތަކުގައި ނަބާހާ ފުރަތަމަ ކުޅެފައިވަނީ އަންހެން ސިންގަލްސް ފައިނަލް މެޗެވެ. އައިމިނަތު ނަބާހާ އާއި ވާދަކޮށް ނަބީހާ ފައިނަލް މެޗު ކާމިޔާބުކުރީ 1-2 ސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ނަބާހާ ގެންދިޔައީ 18-21، 18-21 އަދި 21-19 އިންނެވެ.

އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ނަބާހާ އަދި ނަބީހާގެ ޕެއާއިން ދިފާއުކުރީ ފައިނަލުގައި އައިމިނަތު ޝަހުރުނާޒް އާއި ނީލާ ނަޖީބުގެ ޕެއާ ބަލިކުރުމަށް ފަހުގައެވެ. މި މެޗު ނަބާހާ އަދި ނަބީހާގެ ޕެއާއިން ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-18، 19-21 އަދި 21-19 އިންނެވެ.

މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ނަބާހާ އަދި ޒަޔާން ޒަކީގެ ޕެއާއިން ހޯދި އިރު ފައިނަލުގައި މި ޕެއާ ކުޅެފައިވަނީ ހަސަން އަފްޝީން އާއި ނީލާގެ ޕެއާ އާއި ދެކޮޅަށެވެ. މިކްސް ޑަބަލްސްގެ ފައިނަލް ނަބާހާ އަދި ޒަޔާންގެ ޕެއާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-15 އަދި 21-10 އިންނެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސްގެ ތަށި ނުވަ ވަނަ ފަހަރަށް މުހައްމަދު އަޖްފާން ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-16، 19-21 އަދި 21-17 އިންނެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ އަހުމަދު ތޯއިފް މުހައްމަދާއި ޒަޔާންގެ ޕެއާއިންނެވެ. ފައިނަލްގައި އިބްރާހިމް ރާޝިހު އާއި ރިސްވާން ޝިޔާމްގެގެ ޕެއާ ގެ މައްޗަށް ޒަޔާން އަދި ތޯއިފްގެ ޕެއާއިން ކުރި ހޯދީ ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު