Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގާސިމް އެވެ. އެއީ ހަމަ "ބަޣާވާތެއް"!

ގާސިމަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އޭރު އެންމެ އިސްކޮށް އުޅުއްވި އެއްފަރާތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2019 | ބުރާސްފަތި 08:57
ފެބްރުއަރީ 07، 2012 ވަނަ ދުވަހު، ސިފައިންނާއި ފުލުހުންގެ ބަޔަކު ޓީވީއެމްގައި ހަރަކާތްތެރި ވަނީ

ފެބްރުއަރީ 07، 2012 ވަނަ ދުވަހު، ސިފައިންނާއި ފުލުހުންގެ ބަޔަކު ޓީވީއެމްގައި ހަރަކާތްތެރި ވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުންކަން ނޭނގޭ ދިވެހި ރައްޔިތަކު މަދުވާނެއެވެ. އެހަރަކާތްތައް ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކުން ދިޔައީ ވަގުތުން ދުރަށް ދައްކަމުންނެވެ. އަދި ބަޣާވާތްކުރީވެސް ގިނަ ބައެއްގެ ލޯ ކުރިމަތީގަ އެވެ. އެކަން ނިންމާލީވެސް މަޝްހޫރު "ގްރީން ޒޯނުގެ ތެރެއިން" ނެވެ. އެ ބަޣާވާތުގައި ބައިވެރިވެފައިވާ މީހުންނަށް އެއީ ބަޣާވާތަކަށް ނުވެދާނެއެވެ. އެއީ ހައިރާންވާންޖެހޭވަރު ކަމެއްވެސް ނޫނެވެ.

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުން އެކަމާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ އެމްޑީޕީގެ މެމްބަރުންނާއި އިސްލާހަށް މަސައްކަތްކުރާ މީހުންނެވެ. އާއްމު ރައްޔިތުންގެ ތެރެއިންވެސް ގިނަ ބަޔަކު އެކަމާ ނުރުހެ އެވެ. އެއީ ބަޣާވާތެއްކަމާ، އެކަން ބެލެންޖެހޭނެ ކަމަށް އަބަދުވެސް އެމްޑީޕީގެ މެމްބަރުން އައި ވަކާލާތުކުރަމުންނެވެ. އަދި އަމުދުން އެވާހަކަ ދައްކާލެއް މިހާރު މާބޮޑަށް އިތުރުވެފައިވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިހާރު މި އޮތް ސަރުކާރަކީ އެމްޑީޕީ އިސްކޮށް އޮވެ، ކޯލިޝަނެއްގެ ތެރެއިން ގެނައި ސަރުކާރަކަށްވުމެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅެއް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވުމުން، އެވާހަކަ ދައްކާލެއް އިތުރުވާނެތާއެވެ. އަދި އެއީ ސަރުކާރު ކޯލިޝަނުގައި ބަޣާވާތުގައި ބައިވެރިވެފައިވާ ބޭފުޅުން ތިއްބެވި ނަމަވެސް އެވާހަކަ ނުދައްކާ ދޫކޮށްލެވޭ ވަރުގެ ކުޑަ މައްސަލައެއް ނޫނެވެ.

މިގައުމަށް ސިޔާސީ ހަމަ ޖެހުމެއް ނުލިބިގެން އުޅެނީވެސް ބަޣަވާތުގެ އަހުލުވެރިން އިންސާފުގެ ކުރިމައްޗަށް ގެނެވިފައިނުވާތީކަން ހިތާ ދެކޮޅަށް ވިޔަސް ގަބޫލު ކުރަންޖެހެއެވެ.

ރައްޔިތުންގެ ލޯ ކުރިމައްޗަށް ފެންނަން ހުރި ހަޤީޤަތަކީ މިފަހުގެ ތާރީހުގައި އެންމެ ބޮޑެތި ޖަރީމާތައް ހިންގާފައިވަނީ ވެސް ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލިފަހުގައިކަމެވެ. މީހުން މެރުންފަދަ ކަންކަން އާއްމުވެ، މީހުން ވަގަށް ނެގުންފަދަ ކަންކަންމުގެ އިތުރުން ދައުލަތުގެ މާލިއްޔާއިން ބޮޑެތި ވައްކަންތައް ހިންގަމުންދިޔައީ އޭގެ ފަހުން އެވެ. ސިޔާސީ ބޭނުމަށް ސިފައިންނާއި ފުލުހުންގެ ބޭނުންކުރުމުގެ ނަތީޖާއަކީ ފުލުހުންނާއި ސިފައިންގެ މައްޗަށް ރައްޔިތުންކުރި އިތުބާރު ވެއްޔާ މޮޑެވި، ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް އިތުރުވުން އެވެ.

އެމްޑީޕީ އިސްވެއޮވެ، ކޯލިޝަނެއްގެ ތެރެއިން ސަރުކާރެއް އުފެދިފައިވާއިރު، ބަޣާވާތްކުރި ވާހަކަ ދައްކާލެއް ގިނަކަމުން ބަޔަކު މީހުން މޭކަރާގޮތް ވެދާނެ އެވެ. އެބަޔަކު މޭކަރާ، އަދި ހޮޑުލެވޭގޮތް ވިޔަސް އެވާހަކަ ކޮންމެވެސް ބަޔަކު ދައްކާނެ އެވެ. ސަބަބުތައްވެސް ބައިވަރު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހު ޖަލްސާގައި މަހުޖަނު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ބަޣާވާތުގެ ވާހަކަ ދައްކާތީ އެކަމަށް ރައްދު ދެއްވާފަ އެވެ. ގާސިމް ވިދާޅުވަނީ، ބޭރުގެ ފަނޑިޔާރުންނާއި މިނިވަން ބޭފުޅުން ގެނެސްގެސް އެކަން މިހާރު ނިންމާފައިވާ ކަމަށެވެ. އެވާހަކަ ފަށަފަށައިގެން ދެއްކުމުގެ ބޭނުމެއް ނެތްކަމަށާއި އެއީ ބަޣާވާތެއް ނޫންކަން އެބުނާ ކޯންޏަކުން ނިންމާފައިވާ ކަމަށެވެ.

"ކިތަންމެ ވަރަކަށް ބަޣާވާތޭ ކިޔާ އަޅުގަނޑުމެން އެވާހަކަ ނަގަނަގާ ދެއްކިޔަސް އެޔެއް ދެން މި ގައުމަކު ނުހިނގާނެ. ބަޣާވާތަކަށް ނުވެސް ހެދޭނެ. އަޅުގަނޑު ހިތައް އަރަނީ މިބޭފުޅުން ބަޣާވާތް ދެނެވަޑައިގަންނަވާ ބާއޭ އަޅުގަނޑު ހިތައް އަރަނީ" ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ ބަޣާވާތަކީ ސިޔާސީ މީހުން ކުރާ އެއްޗެއް ނޫން ކަމަށެވެ.

ގާސިމް އެވެ. ތިޔަވިދާޅުވީ ހަމަ ރަނގަޅަށެވެ. ބަޣާވާތަކީ ސިޔާސީ މީހުން ކުރާއެއްޗެއް ނޫނެވެ. ފެބްރުއަރީ 6 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗްގައި އޭރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަކާއި އިދިކޮޅު ފަރާތްތަކެއްގެ މެދުގައި ހަމަ ނުޖެހުން އިތުރުވެ، ބޮޑު ތަޅާފޮޅުމަކަށް ނުދިއުމަށް ފުލުހުންނަށް އެކަން ހުއްޓުވެން އޮތެވެ. އެކަމަކު އެކަން ނުކޮށް، "ބަސްނާހާ" ފުލުހުންތަކެއް ނުކުމެ، މުޅި މަންޒަރު ބަދަލުކޮށްލާ، ފުލުހުން ޔުނީފޯމަގައި ނިކުމެ، އެމްޑީޕީގެ ހަރުގެއަށް ވަދެ އެތާތިބި މީހުންނަށް އަނިޔާކޮށް، އެތަނަށް ގެއްލުން ދިންކަން ގާސިމަށް އެނގި ނުލައްވަނީ ކަމަށްވެދާނެ އެވެ. އަދި އަމުރަށް ނުކިޔަމަންތެރިވި، ފުލުހުންތަކެއް ނިކުމެ، ޖުމްހޫރީ މައިދާނުގައި ތިބެ، ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ތެދުވެ، ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާ އަދި ސިފައިންގެ ތެރެއިންވެސް ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވިކަން ގާސިމަށް އެނގިނުލެއްވީ ކަމަށްވެދާނެ އެވެ. އަދި އަމުދުން ސިފައިންގެ މައިމަރުކަޒާއި ފުލުހުގެ މައިމަރުކަޒުގައި ހިނގާދިޔަ ކަންކަން ގާސިމަށް ނޭނގި ހުންނާނެ ކަމާމެދު އަޅުގަނޑަށް ޝައްކެވެ.

ފުތަރަމަ ސަބަބަކީ، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމާއެކު، ފުލުހުންގެ މައިމަރުކަޒުގެ ތެރޭގައި ގާސިމް ވެސް ހިމެނޭގޮތަށް އޭރު އެހަރަކާތުގައި އިސްކޮށް އުޅުއްވި ބައެެއް ބޭފުޅުން ތިއްބެވި ވީޑިއޯއެއް އާއްމުވެފައިވާތީއެވެ. އަނެއް ސަބަބަކީ މަންޒަރުތައް ލައިވްކޮށް ޓީވީތަކުން ދައްކަމުންދިޔައިރު، އަދި އެންމެންގެ ކުރީމަތީގައި ސިފައިންނާއި ފުލުހުންޖެހި ސަކަރާތެވެ. ސިފައިންގެ މައިމަރުކަޒުގެ ދޮރުމައްޗެކޭ މާލޭގެ އެއްނަމްބަރު ކޮނި ކޮށްޓެކޭ ތަފާތެއް ނެތެވެ. އެތަނަށް އެއްވެފައިތިބި މީހުން ބައެއް ތަކެތި ސިފައިންގެއާ ދިމާލަށް އުކަމުންދިޔައިރު، ފުލުހުންގެ މަރުކަޒުގެ ތެރެއިންވެސް ބައެއް ތަކެތި ސިފައިންގެއާ ދިމާލަށް އުކާފައި ވެއެވެ. ފުލުހުންނާއި ސިފައިންގެ ކުރިމަތިލުންތަކެއް ހިނގާ ދިޔަކަން އާއްމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ހާމަވާއިރު، އެއީ ސިއްރުކޮށް ހިނގާދިޔަ ކަމެއް ނޫންނެވެ.

ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިކަމަށް ބުނާއިރު، އެމަނިކުފާނު އިސްތިއުފާ ދެއްވުމުގެ ކުރިން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސިފައިންނާއި ފުލުހުން ދައުލަތުގެ މީޑިއާ ހިސޯރުކުރިކަން ވެސް ގާސިމަށް ހަމަ ނޭނގެނީތޯ އެވެ. ﷲ އަކްބަރު ގޮވަމުން، ސިފައިންގެ މަރުކަޒެއް ކަމަށްވާ ކަޅުތުއްކަލާ ކޮށިން ސިފައިންގެ ފައުޖެއް ނިކުމެ، ސިފައިންގެ މައިމަރުކަޒަށް އައިސް ބަޣާވާތްތުގައި ބައިވެރިވިއިރު، "އެމްއެންޑީއެފް ހަބޭސް" ވެގެން ސިފައިންގެ އޮފިސަރުންތަކެއް އުޅުނުތައް ވަނީ ފެނިފަ އެވެ. ފުލުހުން ބޭނުންކުރާ ބައެއް ސީލްޑްތަކާއި މުގުރު ބުރިތައް އާއްމު ރައްޔިތުންގެ އަތަށް އެރީ ކޮން ސަބަބަކާ ލައިގެންތޯ އެވެ.

ގާސިމް އެވެ. މިރިޕޯޓުގައި މިހިމަނާލީ ބަޣާވާތުގެ ކުޑަ މިންވަރެކެވެ. "އެއްވެސް ޝަރުތަކާ ނުލާ" ރައީސް ނަޝީދު ޖެހޭނީ އިސްތިއުފާ ދެއްވާށޭ ވިދާޅުވި ބޭފުޅުން ނިކުންނެވީ ސިފައިންގެ މައިމަރުކަޒުގެ ތެރެއިން ނެވެ.

ގާސިމް އެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ސިޔާސީ އިދިކޮޅު ފަރާތްތަކާއި ސިފައިންނާއި ފުލުުހުން މެދުވެރިކޮށް، ކަންކުރަމުންދިޔަ ގޮތާއި، އިވުނުއަޑުތަކާއި، ފެނުނު މަންޒަރުތަކީ ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތުން ފިލާނެ ކަމެއް ނޫނެވެ. އިއްޔެ ހިނގި ކަމެއްހެން މިއަދުވެސް އެކަންކަން ވަރަށް ރަނގަޅަށް ހަނދާނުގައި އެބަހުއްޓެވެ. އެކަން ދުވަހަކުވެސް ހަދާނަކުން ނުނެތޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު