Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

އެމްޑީޕީއިން ރާއްޖޭގެ ޖުޑިޝަރީއަށް އަތް ބާނާ ކަމުގެ ތުހުމަތުތަކާއެކު މަޖިލިސް ހޫނުވެއްޖެ

މެމްބަރު ޖާބިރު ވިދާޅުވީ ކަންތައްތައް ކުރަމުން ގެންދަން ޖެހޭނީ ގާނޫނުއަސާސީއާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2019 | ބުދަ 12:27
އިދިކޮޅު މެމްބަރުން

އިދިކޮޅު މެމްބަރުން

ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އިން ދިވެހި ރާއްޖޭގެ ޖުޑިޝަރީ އަށް ނުސީދާކޮށް "އަތް ބާނާ" ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.

އިދިކޮޅުން މި ގޮތަށް ތުހުމަތުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ދިޔާނާ ސައީދު ނުވަތަ ގދ. މަޑަވެލި، މޭނާ، އަލްއުސްތާޒު މަހާޒް އަލީ ޒާހިރު އައްޔަނުކުރުމުގެ މައްސަލަ ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއިން އެކުލަވާލި ރިޕޯޓާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މި ރިޕޯޓު ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މަޖިލީހަށް އިއްވުމާއި ގުޅިގެން އިދިކޮޅުންވަނީ ބަހުގެ ހޫނު ހަމަލާތަކެއް މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ އެމްޑީޕީގެ މެމްބަރުންނަށް އަމާޒު ކުރައްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސައީދުގެ ފިރިކަލުން އަދި އިދިކޮޅު ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރަނީ "އެމްޑީޕީ ހަރުގެ"އަކުން ނޫން ކަމަށް ގާނޫނު އަސާސީން ސާފުވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވާ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރެއް ހުންނައިރު ސިޔާސީ ގޮތުން އެމްޑީޕީއިން ޖުޑިޝަރީއަށް އަތްބާނަން މަސައްކަތް ކުރާ ކަމަށެވެ.

ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން މެމްބަރު ޖާބިރު ވިދާޅުވީ ކަންތައްތައް ކުރަމުން ގެންދަން ޖެހޭނީ ގާނޫނުއަސާސީއާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ އަދުލު އިންސާފަށް ވަކާލާތު ކުރެއްވި ބޭފުޅުން ކަމަށެވެ. ނަަމަވެސް މިއަދު ކަންތައްތައް ކުރައްވަނީ ކުރިންވެސް ކަންތައްތައް ހިނގާ ދިޔަ ގޮތަށް "ހަނި މަގުން" ކަމަށެވެ.

ކާށިދޫ ދާއިރާގެ މެމްބަރު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީއަށް ނިސްބަތްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ފާހަގަވެގެންދިޔައީ ޖުޑިޝަރީގެ ކަންތައްތައް މިނިވަން ކުރުމުގެ ނަމުގައި ކުރަމުންދަނީ ޖުޑިޝަރީގެ މިނިވަންކަން ނަގާލުމުގެ މަސައްކަތް ކަމަށެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި އުއްތަމަ ފަނޑީޔާރާއި އެނޫންވެސް ސުޕްރީމްކޯޓުގެ ބެންޗުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށްޓަކައި ވަރަށް މަކަރުވެރިކޮށް އެމްޑީޕީއިން އެޖެންޑާ 19ގެ ދަށުން ކުރަމުންދާ މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި މިއަދު ފެނިގެން ދަނީ ދެ ސަރުކާރެއް އުފެދިފައިވާ ތަން ކަމަށެވެ.

މެމްބަރު ވިދާޅުވީ ނުސީދާގޮތެއްގައި ރާއްޖޭގެ ޖުޑީޝަރީއަށް އަތް ބާނާ ބޭނުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އެކަމާއި ދެކޮޅު ހައްދަވާ ބައެއް މެމްބަރުން ތިއްބަވާކަން އެނގިލައްވާ ކަމަށެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައި ކުރެވުނު ހުކުމްތަކާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އެ މަހު ނެރެވުނު ބައެއް ހުކުމްތައް ރަނގަޅުވެފައި، ދެކޮޅަށް އައި ހުކުމްތައް ގޯސްވީ ކަމަށެވެ.

މެމްބަރު ވިދާޅުވީ އެއީ ކުރިއެރުމެއް ކަމަށް ފެންނަ ނަމަ، އަތް ޖަހަން ތެދުވާން ޖެހޭ ކަމަށެވެ. އަދި މިއަދު ރާއްޖެ މިވަނީ އަޅުވެތި ކޮށްފައި ކަމަށް މެމްބަރު ވިދާޅުވިއެވެ. އަަދި މަޖިލީހުގައި ތިއްބެވި ޖޭއެސްސީގެ ބައެއް މެމްބަރުންނަށް އިޝާރާތް ކުރައްވާ ސައީދު ވަރަށް ސަމާސާ ރާގަކުން ވިދާޅުވީ އެބޭފުޅުންގެ ނަޒާހާތްތެރި ކަމަށް ސާބަސް ވިދާޅުވާ ކަމަށެވެ.

މެމްބަރު ސައީދު މިހެން ވިދާޅުވެފައިވާއިރު ހަމަ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއަށް ނިސްބަތްވާ، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ މި ގައުމުގައި ގާނޫނު އަސާސީއެއް އޮތްތޯ ސުވާލު އުފައްދަވާފައެވެ. މެމްބަރު ވިދާޅުވީ މިހާރު ޖޭއެސްސީއަކީ އެމްޑީޕީގެ ގޮތްޕެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމެއް ކަމަށެވެ.

އިދިކޮޅުން މި ގޮތަށް އެ ރިޕޯޓާއި ގުޅިގެން ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކޮށްފައިވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް ގދ. މަޑަވެލި މޭނާ، މަހާޒް އަލީ ޒާހިރު އައްޔަނު ކުރުމަށް އެމްޑީޕީއިން ތްރީލައިންވިޕެއް ނެރެފައިވަނިކޮށެވެ. ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މަހާޒް ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ފާސްކޮށްފައެވެ.

މަހާޒްގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުންނެވެ. އަދި ޖޭއެސްސީންވެސް ވަނީ މަހާޒްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށް ނިންމަވާފަ އެވެ. މަހާޒް މިހާތަނަށް ހުންނެވި ޑްރަގް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު