Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް

ބަދަލު ހޯދަން ނާޒިމް ހުށައެޅުއްވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފަށައިފި

ސިވިލް ކޯޓުން އެ މައްސަލަ ބަލައިނުގަތީ އިހްތިސާސް ކޯޓަށް ނެތް ކަމަށް ބުނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2019 | އަންގާރަ 07:56
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް--

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް--

ސުޕްރީމް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު، ނިމިދިޔަ 18 ވަރަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނާޒިމް، ބަދަލު ހޯދަން ހުށަހެޅި މައްސަލައިގެ އިސްތިޢުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށައިފި އެވެ.

ސިވިލް ކޯޓުގެ، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި އެކޯޓުން ނިންމާފައިވާ ނިންމުމާމެދު ހިތްހަމަ ނުޖެހި، ހައިކޯޓަށް ނާޒިމް ހުށަހެޅުއްވި އެމައްސަލައިގެ އިސްތިޢުނާފު އަޑުއެހުންތައް ފަށާފައިވަނީ ހޯމަ ދުވަހު އެވެ.

Advertisement - newsAdvertisement

ނާޒިމުގެ ގޮނޑި ގެއްލުނީ، މެމްބަރުކަމުގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް 2015 ވަނަ އަހަރު ސާބިތުވި މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން 25 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމާއި ގުޅިގެންނެވެ. ނަމަވެސް ނާޒިމުގެ ފަރާތުން އެ މައްސަލަ ރިވިއުކުރަން ސުޕްރީމް ކޯޓަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުށައެޅުއްވުމުން ކޯޓުން ވަނީ އޭނާގެ ޙުކުމް ބާޠިލު ކޮށްފައެވެ.

ނާޒިމްގެ ގޮނޑި ގެއްލިފައި ވަނީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު، އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން، ހިންގާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ.

ގޮނޑި ގެއްލުމުގެ ސަބަބުން އެވީ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަން ފައިސާ ދޭން ކަނޑައަޅައި ދިނުމަށް އެދި ނާޒިމް އެއްމެ ފުރަތަމަ ސިވިލް ކޯޓަށް ހުށައެޅުއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގައެވެ. ނަމަވެސް ހަމަ އެ މަހުގެ ދިހަވަނަ ދުވަހު ސިވިލް ކޯޓުގެ ރަޖިސްޓްރަރ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ.

ރަޖިސްޓްރަރ މިހެން ނިންމެވީ، މަތީ ކޯޓަކުން ނިންމާ މައްސަލަތަކުގައި ބަދަލު ދިނުމުގެ އިހްތިސާސް ސިވިލް ކޯޓަށް ނެތްކަމަށް ބުނެއެވެ. ރަޖިސްޓްރަރގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ސިވިލް ކޯޓުގެ އިސް ގާޒީއަށް ހުށައެޅުއްވުމުން، މާޗް 25ވަނަ ދުވަހު ގާޒީ ނިންމެވީ ރަޖިސްޓްރަރގެ ނިންމުން ރަނގަޅު ކަމަށެވެ.

ނާޒިމްގެ ގޮނޑި ގެއްލުމާއެކު، ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ރައީސް މައުމޫންގެ ދަރިކަލުން އަޙްމަދު ފާރިޝް މައުމޫން ވާދަ ކުރައްވާ ވަނީ އެ އިންތިޚާބު ކާމިޔާބު ކުރައްވާފަ އެވެ.

ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި 25 އަހަރުގެ ޖަލު ހުކުމް ހަމަ އެ ކޯޓުން ބާޠިލު ކުރުމާއެކު، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިއްގަރު ދާއިރާއަށް ރައީސް މައުމޫންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާފައި ވެއެެވެ. ނަމަވެސް އެ އިންތިޚާބުގައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ މެމްބަރު އިކްރާމް ޙަސަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު