Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމޯލްޑިވިއަން

މޯލްޑިވިއަނުން ކޮޗިނަށް ސީދާ ދަތުރުތައް ފަށައިފި

28 އޮކްޓޯބަރު 2019 | ހޯމަ 17:10

ހަނިމާދޫ-ކޮޗިންއަށް އަދި ކޮޗިން-ހަނިމާދޫ ދެކޮޅު ޓިކެޓްގެ އަގަކީ 2274ރ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 އޮކްޓޯބަރު 2019 | ހޯމަ 17:10
މޯލްޑިވިއަނުން ކޮޗިނަށް ފްލައިޓް ނައްޓާލަނީ

މޯލްޑިވިއަނުން ކޮޗިނަށް ފްލައިޓް ނައްޓާލަނީ

މޯލްޑިވިއަނުން އިންޑިއާގެ ކޮޗިނަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

މި ދަތުރުތައް ފެށުމަށްޓަކައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ހޯމަ ދުވަހުގެ ހަވީރު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިލޭންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް(އައިއޭއެސް) މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ކޮޗިންނަށް ސީދާ ފްލައިޓްތައް ފެއްޓުމުން މިއީ ފަތުރުވެރިކަމަށް ހުޅުވިގެންދާ ސީދާ ދޮރެއް ކަމަށެވެ. އަދި ކޮޗިންނަށް ފްލައިޓްތައް ފެށުމުން ވީހާ ވެސް ގިނަ ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވިއަނުން ވަނީ ހަނިމާދޫ އެއަރޕޯޓްގެ އެރައިވަލް ހޯލްގައި ހަވީރު 04:00 އަކުން އިރުއޮއްސި 06:00 އަކަށް ވަރަށް ޚާއްޞަ ޙަރަކާތެއް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން އެ ސަރަހައްދުގައި ބެހެއްޓިފައިވާ ކަބަޑުގެ ތަޅުދަނޑި ހޯދައިގެން 4 މީހަަކަށް ވަނީ ކޮޗިން ޓިކެޓް ލިބިފައެވެ.

މޯލްޑިވިއަނުން ކޮޗިންއާއި ހަނިމާދުއާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ތާވަލު ފްލައިޓުގެ އަގުތައް މި މަހުގެ 16 ވަނަ ދުވަހު ވަނީ ކަނޑައަޅައި ޢާންމުކޮށްފައެވެ. އެގޮތުން ހަނިމާދޫއިން ކޮޗިނަށް އަދި ކޮޗިން އިން ހަނިމާދުއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުޕީސްއެވެ. މިއީ، ގާތްގަނޑަކަށް 2274 ދިވެހި ރުފިޔާއެވެ. މާލެއިން ކޮޗިނަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްގައެވެ. އެއީ، ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ.

އެ އެއަރލައިނުން ކޮންމެ ހަފުތާއަކު 5 ދުވަހު ކޮޗިނަށް ތާވަލު ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މޯލްޑިވިއަނުން ކޮޗިނަށް ސީދާ ދަތުރުތައް ފެށުމުގެ މައިގަނޑު ބޭނުމަކީ ބޭސްފަރުވާއަށް ކޮޗިނަށް ދާ ދިވެހިންނަށާއި، އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ލުއި ފަސޭހަ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެގޮތުންކަމަށް މޯލްޑިވިއަނުން ބުނެއެވެ.

އައިއޭއެސްގެ ޢަމާޒަކީ އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ސީދާ ފްލައިޓްތައް ފެށުން ކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވިއަނުން ދަނީ އިންޑިއާގެ ތްރިވަނަންތަޕޫރަމާއި، ޗެންނާއި އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކަށް ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކަށް ވެސް އެ އެއަރލައިނުން ދަތުރުތައް ކުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް