Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް އޮފީހުގެ ބަޖެޓް

އޮޑިޓް އޮފީހަށް 64 މިލިއަން ރުފިޔާގެ ބަޖެޓެއް ކޮމެޓީން ފާސްކޮށްފި

28 އޮކްޓޯބަރު 2019 | ހޯމަ 05:42

މިހާރު ހިނގަމުންދާ 2019 ބަޖެޓަކީ 60 މިލިއަން ރުފިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 އޮކްޓޯބަރު 2019 | ހޯމަ 05:42
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު އާއި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އިބްރާހީމް އައިމަން، މަޖިލީހުގެ ކޮމެޓީއެއްގައި--

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު އާއި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އިބްރާހީމް އައިމަން، މަޖިލީހުގެ ކޮމެޓީއެއްގައި--

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި އަންނަ 2020 ވަނަ އަހަރަށް 64 މިލިއަން ރުފިޔާ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

އޮޑިޓް އޮފީހުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރިޕޯޓުގައި ވެސް އެދިފައިވަނީ 64 މިލިއަން ރުފިޔާ އެވެ. ކޮމެޓީން އެ ޢަދަދު ފާސްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު، އެ މިނިސްޓްރީން އިޢުތިރާޒު ނުކުރާތީ ކަމަށް މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

މިހާރު ހިނގަމުންދާ 2019 ވަނަ އަހަރުގެ އޮޑިޓް އޮފީހުގެ ބަޖެޓަކީ 60.04 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ 2020 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މާލިއްޔަތު ކޮމެޓީން ނިންމާފައިވަނީ 64.91 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޮޑިޓް އޮފީހުގެ 2020 ވަނަ އަހަރުގެ ޚަރަދުތައް ހިނގާނެ ކަމަށް ލަފާކުރާ ގޮތް:

އޮޑިޓަރ ޖެނެރަލްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 795،000

މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 43.98 މިލިއަން ރުފިޔާ

ޕެންޝަން ފައިސާއަށް - 1.25 މިލިއަން ރުފިޔާ

މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުން - 1.74 މިލިއަން ރުފިޔާ

ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދު - 4.89 މިލިއަން ރުފިޔާ

އޮޑިޓް އޮފީހުގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުން މުވައްޒަފުންގެ މުސާރައަށްދާ ޚަރަދު ބޮޑުވެފައިވަނީ މިއަހަރުގެ ފަހު ކުއާޓަރއިން ފެށިގެން މުވައްޒަފުންނަށް އިތުރު ގަޑި ދޭން ނިންމާފައިވާތީ އެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހޭއިރު، އޮޑިޓް އޮފީހުގެ ބަޖެޓަކީ ވަކިން، އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހަޅަންޖެހޭ ބަޖެޓެކެވެ. ނަމަވެސް އޮޑިޓް އޮފީހުގެ ބަޖެޓް މަޖިލީހުން ފާސްކޮށް، އަދި ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމުން ދައުލަތުގެ ބަޖެޓް ފާސްކޮށް ނިމޭއިރު، އޮޑިޓް އޮފީހުގެ ބަޖެޓް ވެސް ދައުލަތުގެ ބަޖެޓްގެ ތެރޭގައި ހިމެނިގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މި ހަފުތާ ނިމުމުގެ ކުރިން 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

އަދި ބަޖެޓު ހުށަހަޅާއިރު، އެބަޖެޓުގައި މާލީ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި ޚަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބުގެ އިތުރުން އެ ބަޖެޓުގައި ވަކި ސުރުޚީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާން ކުރަންވާނެކަމަށް އެ މާއްދާގެ (ށ)ގައި ވެއެވެ.

އަމީރު ވިދާޅުވީ ޤާނޫނުގައި ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް