Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ސިއްރުކުރި ކޮމެޓީއެއްގައި ބިޝާމް ވިދާޅުވި ވަޒީރުންގެ ނަންތައް އާންމުވި މައްސަލަ ބަލަނީ

އެ މައްސަލަ ތަހްޤީޤުކުރަމުންދާ ކަމަށް އަމީން އާންމު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އޮކްޓޯބަރު 2019 | އާދީއްތަ 12:37
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން

ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވި ވަޒީރުންގެ ނަންތައް އާންމުވި މައްސަލަ ބަލަމުންގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ޕީޖީ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް ބޭއްވި ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ. ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި މިސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރުންވެސް ހިމެނޭކަމަށް ބިޝާމް ވިދާޅުވެ އެނަންތައް ހާމަކުރުމަށް ބިޝާމް އުޒުރުވެރިވެ ވަޑައިގަތުމުން ނެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު އެމްއެމްޕީއާރުސީގެ މައްސަލާގައި އެފައިސާގައި ޖެހިފައިވާ ފަރާތްތަކުގެ ނަންތަކެއް ހާމަކުރައްވާފައިވާކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވަނީ ވިދާޅުވެފައެވެ. އަދި އެ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭކަމަށް ބިޝާމް ހާމަކުރެއްވީ މަލީހާއި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ނަންފުޅުކަމަށް ވިދާޅުވެފަ އެވެ.

މިމައްސަލަ ފެންމަތިވުމާއެކު މަލީހު ވަނީ ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެކަމަށް ވިދާޅުވެ ބިޝާމްއަށް ސިޓީ އެއް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ މަލީހު އާއި ބެހޭގޮތުން އެފަދަ ވާހަކައެއް ދެއްކެވި ނަމަ، އޭގެ ތަފްސީލު ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ޕީޖީ އަށް ލިބިފައިވާ އެއްވެސް ލިޔުމެއްގައި އޭނާގެ ނަމެއް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު ތިން ދުވަސް ތެރޭ ރާއްޖޭގެ ހުރިހާ މީޑިއާއަކަށް ދެއްވަން މަލީހު އެދިވަޑައިގަންނަވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ސިއްރުކޮމެޓީގައި ހާމަކުރި ނަންތަކެއް އާންމުވުމާއި ގުޅިގެން އެމައްސަލަ މާލިއްޔަތު ކޮމެޓީންވެސް ބެލުމަށް ވަނީ ނިންމާފައެވެ. އަނެއްކޮޅުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ އަމީން އާންމު ވިދާޅުވީ އެކަން މަޖިލީހުގެ އިދާރާއިން ބަލަމުންދާކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކާއި ހަތް ފަނޑިޔާރަކަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ދާދިފަހުން ބުނެފައެވެ.

އިތުރަށް ކިޔާލަން

04 ޖުލައި 2017

ﷲ ގަންދީ މިދަންނަވަނީ ރައީސް ޔާމިން ވިދާޅުވި އަދީބު ބައްސަވަނީ ތިމަން މަނިކުފާނުގެ ފައިސާއޭ:މެންބަރު އަރީފް

04 ޖުލައި 2017
ﷲ ގަންދީ މިދަންނަވަނީ ރައީސް ޔާމިން ވިދާޅުވި އަދީބު ބައްސަވަނީ ތިމަން މަނިކުފާނުގެ ފައިސާއޭ:މެންބަރު އަރީފް
13 ޖޫން 2017

ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!

13 ޖޫން 2017
ރައީސް ވިދާޅުވި 2000 ކޯޓާ އަދި މިއަހަރަށް ހަމައެއް ނުޖެހޭ!
12 ޖޫން 2017

ޔާމީން ރަޝީދާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި ކަމަށް ޑރ. ހާލާ ވިދާޅުވި ބަސްތައް އައި ގޮތް އެނގިއްޖެ!

12 ޖޫން 2017
ޔާމީން ރަޝީދާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި ކަމަށް ޑރ. ހާލާ ވިދާޅުވި ބަސްތައް އައި ގޮތް އެނގިއްޖެ!
21 މެއި 2017

އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން

21 މެއި 2017
އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން
14 މެއި 2017

ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ

14 މެއި 2017
ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު