Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިރުފާން ރުޝްދީ

އިރުފާން ރުޝްދީ އާއި އޭނާ އާއި އެކު ހައްޔަރު ކުރެވުނު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

އިރުފާން ރުޝްދީ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރު 1:00 ހާއިރު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2019 | އާދީއްތަ 10:57
މ. ކުރިރުއްމަގު، އިރުފާން ރުޝްދީ

މ. ކުރިރުއްމަގު، އިރުފާން ރުޝްދީ

މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މަރުތައް ތަހުޤީޤުރާ ކޮމިޝަނުން ހޯދަން އިއުލާނުކޮށްފައިވާ މ. ކުރިރުއްމަގު، އިރުފާން ރުޝްދީ އާއި އޭނާ އާއި އެކު ހައްޔަރު ކުރެވުނު މީހުންގެ ބަންދުގެ މުއްދަތަށް ގދ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އިރުފާން ރުޝްދީ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރު 1:00 ހާއިރު ގދ ތިނަދޫ އާއި 15 މޭލު ބޭރުން އޮޔާ ދަނިކޮށް އެމްއެންޑީއެފުން އެހީތެރިވި "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗުގައި ހުއްޓާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. 4 މީހުންނާއި އެކު ޕެޓްރޯލް ހުސްވެ އޮޔާ ދާކަމަށް އެމްއެންޑީއެފް އާއި ފުލުހުންނަށް މައުލޫމާތު ލިބުމުން، އެމްއެންޑީއެފް ސްކޮޑް ރަން އިން އެހީތެރިކަން ފޯރުކޮށްދީ ލޯންޗްގެ ވެރި ފަރާތުން ޕެޓްރޯލް ހަމަޖެއްސުމާއެކު، ހޮނިހިރު ދުވަހުގެ ފަތިހު 4:22 ގައި ލޯންޗް ތިނަދޫއަށް ގެންދިޔަކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

Advertisement - newsAdvertisement

އެގޮތުން ފުލުހުންނަށް އެ ލޯންޗްގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، ލޯންޗްގައި ތިބި 4 މީހުން ތިނަދޫ ޕޮލިސްޓޭޝަނަށް ގެނެސް ބެލި ބެލުމުން، އޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާލި މައްސަލައިގައި މަރުގެ ކޮމިޝަނުން ހޯދަން އިޢުލާނުކުރި އަދި ފުލުހުން ތިން އަހަރު ވަންދެން ހޯދަމުންދާ އިރުފާން ރުޝްދީ ހުރިކަން އެނގިފައިވާކަމަށެވެ.

މަރުގެ ކޮމިޝަނުން ހުކުރު ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 3 އަހަރު ވެގެންދިޔައިރު މުއައްސަސާތަކަށް އިރުފާން ހޯދިފައި ނުވާކަމަށާއި މީގެކުރިން އިމިގްރޭޝަނުން، 2015 ވަނަ އަހަރު ފާތިރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން އެނބުރި އައިސްފައި ނުވާކަމަށް ބުނެފައިވާކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޖޫން މަހު މަރުގެ ހާދިސާއެއްގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ސީސީޓީވީ ކެމެރާ ފުޓޭޖުން ފެންނަކަމަށް މަރުގެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އުމުރުން 14 އަހަރުގެ ފާތިރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:20 ހާއިރު އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފާތިރު މަރާލާފައިވަނީ ގްރޫޕަކުން ސަރުމާގެ އަށް ވަދެ ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާއާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ފާތިރު ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު