Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ބާންލީ ބަލިކޮށް ޗެލްސީން ލީގު ތާވަލުގެ ހަތަރު ވަނައިގައި ހަމަޖެހިލައިފި

27 އޮކްޓޯބަރު 2019 | އާދީއްތަ 07:05

މި މެޗު ޗެލްސީ އިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 27 އޮކްޓޯބަރު 2019 | އާދީއްތަ 07:05
ޗެލްސީ އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން

ޗެލްސީ އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ ބަލިކޮށް ޗެލްސީން ލީގު ތާވަލުގެ ހަތަރުވަނައިގައި ހަމަޖެހިލައިފިއެވެ.

ބާންލީ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 4-2 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ޗެލްސީން ބޯޅަ ކޮންޓްރޯލް ކޮށް މޮޅަށް ކުޅެފައިވާއިރު މެޗުގެ 21 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓަން ޕޮލަސިކްއެވެ. މި ލަނޑަށްފަހު ވެސް ޗެލްސީން ދިޔައީ ބާންލީގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕޮލަސިކް ވަނީ ޗެލްސީ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މިޑްފިލްޑަރ ވިލިއަންގެ އެހީތެރިކަމާއި އެކުގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޗެލްސީން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކުރި އިރު މެޗުގެ 56 ވަނަ މިނެޓުގައި ޕޮލަސިކް ވަނީ ޗެލްސީ އަށް އިތުރު ލަނޑެއް ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ޕޮލަސިކް ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ވިލިއަން ވަނީ އިތުރު ލަނޑެއް ޗެލްސީ އަށް ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އަބްރަހަމްގެ އެހީތެރިކަމާއި އެކުގައެވެ.

ޗެލްސީ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑާ އެކު ބާންލީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅު ކޮށް ޗެލްސީގެ ހާފަށް ބާރު ބޮޑު ކޮށްފައެވެ. އެގޮތުން ބާންލީ އިން ވަނީ ފުލުފުލުގައި ޗެލްސީގެ ގޯލަށް ހަމަލާތައް އުފައްދަމުންނެވެ. އެގޮތުން މެޗުގެ 86 ވަނަ މިނެޓުގައި ބާންލީ އިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޭ ރޮޑްރިގޭޒް އެވެ. އަދި ބާންލީ އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެކްނިލްއެވެ.

މި ނަތީޖާ އާއި އެކު ޗެލްސީ އިން ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތީ ލިބުނު 20 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލަށް 25 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި މެޗުން ބަލިވި ބާންލީ އޮތީ 12 ޕޮއިންޓާއެކު ލީގު ތާވަލުގެ 11 ވަނައިގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް