Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

މަރު ކޮމިޝަނުން ހޯދަން އިއުލާންކުރި އިރުފާން ރުޝްދީ ހައްޔަރުކޮށްފި

26 އޮކްޓޯބަރު 2019 | ހޮނިހިރު 05:34

އިރުފާން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 26 އޮކްޓޯބަރު 2019 | ހޮނިހިރު 05:34
ފާތިރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިރުފާން ރުޝްދީ

ފާތިރުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިރުފާން ރުޝްދީ

މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މަރުތައް ތަހުޤީޤުރާ ކޮމިޝަނުން ހޯދަން އިއުލާނުކޮށްފައިވާ މ. ކުރިރުއްމަގު، އިރުފާން ރުޝްދީ ރޭ ދަންވަރު ގދ ތިނަދޫއިން އިން ހައްޔަރުކޮށްފިއެވެ.

އެ ކޮމިޝަނުން އޭނާ ހޯދަން އިޢުލާންކޮށްފައިވަނީ ތޫނު އެއްޗަކުން ޙަމަލާދީ މ. ސަރުމާގެ، ފާތިރު މުޙައްމަދު މަރާލި މައްސަލައިގައެވެ.

Advertisement - newsAdvertisement

ފުލުހުންގެ އިދާރާއިން ބުނީ ، އޭނާ ފެނުީ ރޭ ދަންވަރު 1:00 ހާއިރު ގދ ތިނަދޫ އާއި 15 މޭލު ބޭރުން އޮޔާ ދަނިކޮށް އެމްއެންޑީއެފުން އެހީތެރިވި "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗުގައި ހުއްޓާކަމަށެވެ. 4 މީހުންނާއި އެކު ޕެޓްރޯލް ހުސްވެ އޮޔާ ދާކަމަށް އެމްއެންޑީއެފް އާއި ފުލުހުންނަށް މައުލޫމާތު ލިބުމުން ، އެމްއެންޑީއެފް ސްކޮޑް ރަން އިން އެހީތެރިކަން ފޯރުކޮށްދީ ލޯންޗްގެ ވެރި ފަރާތުން ޕެޓްރޯލް ހަމަޖެއްސުމާއެކު، ހޮނިހިރު ދުވަހުގެ ފަތިހު 4:22 ގައި ލޯންޗް ތިނަދޫއަށް ގެންދިޔަކަމަށެވެ.

އެގޮތުން ފުލުހުންނަށް އެ ލޯންޗްގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، ލޯންޗްގައި ތިބި 4 މީހުން ތިނަދު ޕޮލިސްޓޭޝަނަށް ގެނެސް ބެލި ބެލުމުން، އޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާލި މައްސަލައިގައި މަރުގެ ކޮމިޝަނުން ހޯދަން އިޢުލާނުކުރި އަދި ފުލުހުން ތިން އަހަރު ވަންދެން ހޯދަމުންދާ އިރުފާން ރުޝްދީ ހުރިކަން އެނގިފައިވާކަމަށެވެ. އެގޮތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އެ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

ލޯންޗްގައި ތިބި 4 މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަރުގެ ކޮމިޝަނުން ހުކުރު ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ 3 އަހަރު ވެގެންދިޔައިރު މުއައްސަސާތަކަށް އިރުފާން ހޯދިފައި ނުވާކަމަށާއި މީގެކުރިން އިމިގްރޭޝަނުން، 2015 ވަނަ އަހަރު ފާތިރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން އެނބުރި އައިސްފައި ނުވާކަމަށް ބުނެފައިވާކަމަށެވެ.

ނަމަވެސް 2016 ވަނަ އަހަރުގެ ޖޫން މަހު މަރުގެ ހާދިސާއެއްގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ސީސީޓީވީ ކެމެރާ ފުޓޭޖުން ފެންނަކަމަށް މަރުގެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އުމުރުން 14 އަހަރުގެ ފާތިރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:20 ހާއިރު އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފާތިރު މަރާލާފައިވަނީ ގްރޫޕަކުން ސަރުމާގެ އަށް ވަދެ ތޫނު އެއްޗެހި ބޭނުންކޮށްގެން ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާއާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ފާތިރު ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފާތިރު މަރާލުމުގެ ކުރިން އެ ދުވަހުގެ ހަވީރު، މާލޭގައި އިތުރު ކުއްޖަކު ވެސް މަރާލާފައި ވެއެވެ. ފުލުހުން ބުނި ގޮތުގައި އެ ދުވަހުގެ ހަވީރު މަރާލި ކ. ކާށިދޫ ރަންފަރު، އުމުރުން 14 އަހަރުގެ އަހުމަދު އިރުޝާން ހިލްމީގެ މަރާ ފާތިރުގެ މަރާ ވަނީ ގުޅިފަ އެވެ. އެގޮތުން އިރުޝާން މަރާލުމުގެ ފާތިރު ބައިވެރިވެފައިވާ ކަމަށާއި ފާތިރު މަރާލާފައިވަނީ އެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އިރުޝާންގެ މަރާލި މައްސަލައާ ގުޅިގެން 2016 ވަނަ އަހަރުގެ އޯގަސްޓް މަހު ދައުލަތުން ވަނީ ތިން ކުއްޖެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކޮށްފަ އެވެ. ފާތިރުގެ މަރާ ގުޅިގެން އުމުރުން 21 އަހަރުގެ އިރުފާން ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ފުލުހުން މީގެކުރިން ބުނީ އިރުފާން ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އޭނާ ހޯދައިގަނެވޭ ގޮތް ވެފައިނުވާކަމަށެވެ.

އިރުފާން ފެނިފައިމިވަނީ މަރުގެ ކޮމިޝަނުން އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައިވާތާ 2 ދުވަސް ފަހުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް