Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެސެކްސް

އެސެކްސް އިން ފެނުނު ލޮރީއެއްގެ ތެރޭގައި މަރުވެފައި އޮތް 39 ޗައިނާ މީހުން ފެނިއްޖެ

ލޮރީ ދުއްވަން އިން އުމުރުން 25 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 23:12
އެސެކްސް އިން ފެނުނު ލޮރީ

އެސެކްސް އިން ފެނުނު ލޮރީ

އިނގިރޭސި ވިލާތުގެ އެސެކްސް އިން ފެނުނު ލޮރީއެއްގެ ތެރޭގައި މަރުވެފައި އޮތް 39 ޗައިނާ މީހުން ފެނިއްޖެއެވެ.

އެސެކްސް ފުލުހުން ލަފާކުރާގޮތުގައި ކޮންޓެއިނާ ލާފައިހުރި މި ލޮރީ ދަތުރުކުރީ އިނގިރޭސި ވިލާތަށް ދަތުރު ފެށީ ބަލްގޭރިއާއިން ކަމަށާއި، ހޮނިހިރު ދުވަހު ލޮރީ ވޭލްސްއަށް ވަދެފައިވާ ކަމަށެވެ.

ލޮރީގެ ތެރެ މައިނަސް 25 ޑިގްރީއަށް ފިނިކޮށްފައިވާއިރު، ލޮރީ ތެރެއިން ފެނުނު މީހުން މަރުވީ ފިނިވެގެން ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ނޮދަން އަޔަލޭންޑަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކުރީ ގަސްތުގައި މީހަކު މެރުމުގެ ތުހުމަތުގައި ކަމަށެވެ.

ލޮރީގެ ތެރެއިން ފެނުނީ 8 އަންހެނުންގެ އިތުރުން 31 ފިރިހެނުންނެވެ. އޭގެ ތެރޭގައި ޓީނޭޖް ކުއްޖެއްވެސް ހިމެނޭ ކަމަށާއި، އެ ހުރިހާ އެންމެންނަކީވެސް ޗައިނާ ރައްޔިތުން ކަމަށް ފުލުހުން ލަފާކުރެއެވެ.

މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ ބޮޑު ތަހުގީގެއް ފަށާފައިވާއިރު، ނޮދަން އަޔަލޭންޑްގެ ދެ ގެއެއްވެސް ވަނީ މިހާތަނަށް ބަލައި ފާސްކޮށްފައެވެ. އަދި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއާ ސުވާލު ކުރުމަށް އިތުރު 24 ގަޑިއިރުގެ މުއްދަތެއް ފުލުހުން ވަނީ ހޯދާފައެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ބަޣްދާދީ މަރުވެފައިވާކަމަށް އައިއިސްއިން އެއްބަސްވެއްޖެ

11 ޖުލައި 2017
ބަޣްދާދީ މަރުވެފައިވާކަމަށް އައިއިސްއިން އެއްބަސްވެއްޖެ
18 ޖޫން 2017

އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!

18 ޖޫން 2017
އެމެރިކާގެ މަނަވަރުން ގެއްލުނު ސިފައިންގެ 7 މީހުން ފެނުނުއިރު މަރުވެފައި!
17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
04 އެޕްރީލު 2017

އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ

04 އެޕްރީލު 2017
އޮސްޓްރޭލިއާގައި ފެންބޮޑުވުން: މަރުވެފައިފައިވާ ތިން މީހުން ކޯރެއްގެ ތެރެއިން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު