Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހަމޫދު

"ނޮއިސް": ހަމޫދުގެ ފުރަތަމަ ވީޑިއޯ ލަވަ، ހުކުރު ދުވަހު ބެލުންތެރިންނަށް!

24 އޮކްޓޯބަރު 2019 | ބުރާސްފަތި 18:24

ހަމޫދު އަކީ އަބަދުވެސް ފޭނުންނަށް ރީތި ލަވަތައް ގެނެސްދޭ ފަންނާނެއް

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 18:24
ލަވަކިޔުންތެރިޔާ ހަމޫދު

ލަވަކިޔުންތެރިޔާ ހަމޫދު

ފާތިމަތު ނަހުލާގެ އަސަރުގަދަ ފިލްމު "ބޮސް"ގައި ހިމެނޭ ލަވަ "މިހިތް އެދޭ ގޮތް ނުވަނީ" ފަދަ ލަވަތައް ކިޔާފައިވާ މަޝްހޫރު ލަވަ ކިޔުންތެރިޔާ ހަމޫދު އަހުމަދުގެ ފުރަތަމަ ވީޑިއޯ ލަވަ ހުކުރު ދުވަހު ރިލީޒް ކުރަން ނިންމައިފިއެވެ.

އެ ލަވައަކީ "އިއްޔަ ރިކޯޑްސް" އިން ޕްރޮޑިއުސްކޮށްފައިވާ "ނޮއިސް" އެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ދެއަކުން ވިދާލި ހަމޫދަކީ އައިޑަލްއަށްފަހު ވެސް ލަވައިގެ ދުނިޔޭގައި މަސައްކަތްކުރާ ފަންނާނެއްކަން ފާހަގަކޮށްލެވެއެވެ. ދިވެހި ފިލްމުތަކުން ވެސް އޭނާގެ ލަވަތައް އަޑު އިވެއެވެ.

ހަމޫދުގެ "ނޮއިސް" ގެ ޓްރެކްއަކީ މަޝްހޫރު ރެޕް އާޓިސްޓު ޓްރޯގެ ކޮންޕޮޒިޝަންއެކެވެ. އަދި ޓްރެކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ވޯކަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި މުސްތާގްގެ އެހީ ވަރަށް ބޮޑަށް ލިބުންކަމަށް ހަމޫދު ފާހަގަކުރިއެވެ.

ހަމޫދު ވަނީ ޓްރޯ އަދި މުސްތާގްގެ މަސައްކަތަށް ތައުރީފްކޮށް އެ ދެފަރާތަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުކޮށްފައެވެ.

ހަމޫދަކީ އަބަދުވެސް އޭނާގެ ފޭނުންނަށް ރީތި ލަވަތައް ގެނެސްދޭން މަސައްކަތްކުރާ ލަވަ ކިޔުންތެރިއެކެވެ. "ވަކިން ލޯބިން" ފިލްމަށް " ހިތުގަ ނަށާ ރާނީ" ލަވަ ކިޔައިދިން އިރު އޭނާ ވަނީ އިއްޔަ ރިކޯޑްސްގެ "ޝައްކު" ވެސް އެންމެ ފުރިހަމަ އަށް ކިޔައިދީފައެވެ. އަދި "އޭނީ ލޯބި" ގެ ކަވާ ލަވަ އިން ވެސް ހަމޫދުގެ އަޑު ވަނީ އިއްވާލާފައެވެ. އޭގެ އިތުރުން އިއްޔަ ރިކޯޑްސްގެ "ސޮރީ ހަނީ" އަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ލަވަކަން ފާހަގަކޮށްލެވެއެވެ.

ހުކުރު ދުވަހު ބެލުންތެރިންނާ ހަމަޔަށް އަންނަ ހަމޫދުގެ "ނޮއިސް" އަށް އިންތިޒާރުކޮށްލާށެވެ. ހަމޫދު ބުނަނީ ބެލުންތެރިންނަށް އެ ލަވަ ވެސް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

19 ފެބުރުއަރީ 2017
"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި
15 ފެބުރުއަރީ 2017

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!
12 ފެބުރުއަރީ 2017

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ
09 ފެބުރުއަރީ 2017

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

09 ފެބުރުއަރީ 2017
ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!
07 ފެބުރުއަރީ 2017

ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

07 ފެބުރުއަރީ 2017
ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
16 ޖެނުއަރީ 2017

ޒަޚަމްތަކުން ލަވަ އުފައްދާ އިންޑޮނޭޝިޔާގެ އަންހެނެއް

16 ޖެނުއަރީ 2017
ޒަޚަމްތަކުން ލަވަ އުފައްދާ އިންޑޮނޭޝިޔާގެ އަންހެނެއް
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް