Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާއި ގުޅިގެން ހާއްސަ ޓާސްކް ފޯސްއެއް!

ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމާފައިވަނީ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2019 | އަންގާރަ 08:54
ޖުޑީޝަލް ސާރވިސް ކޮމިޝަން

ޖުޑީޝަލް ސާރވިސް ކޮމިޝަން

ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތަކާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ތަމްސީލު ކުރާނެ ފަރާތްތައް ހިމެނޭ ގޮތުން އިންޓަރ އޭޖެންސި ޓާސްކް ފޯރްއެއް އެކުލަވާލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް މަޖިލީހުން ފާސްކުރުމަށް ނިންމާފައިވަނީ 66 މެމްބަރުންގެ ވޯޓާއި އެކުއެވެ.

Advertisement - newsAdvertisement

"ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާގުޅޭ ރިޕޯޓު" އާގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމާފައިވަނީ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ކޮމެޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެމްބަރުންގެ އިއްތިފާގުންނެވެ.

ޓާސްކްފޯރސްގެ މެންޑޭޓުގެ ތެރޭގައި ކޯޓުތަކުގެ މައްސަލަތައް ލަސްވަމުންދާ ސަބަބުތަކާއި ދަތިތައް ދެނެގަނެ އެކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތައް ފާހަގަކުރުމާއި އެ ފިޔަވަޅުތައް އެޅުން އަވަސްކޮށް ތަންފީޒުކުރާނެ ގޮތްތައް އެކުލަވާލުން ހިމެނެއެވެ. މަޖިލީހުން ފާސްކޮށްފައިވަނީ މި ކަންތައްތައް މެންޑޭޓުގައި ހިމެނޭގޮތަށް ޓާސްކްފޯރސްއެއް އެކުލަވާލުމަށް ޖޭއެސްސީއަށް ލަފާއެރުވުމަށެވެ.

އެ ރިޕޯޓުގައި ވާގޮތުން ކްރިމިނަލް ކޯޓުގައި ނުނިމި މިހާރު ހިނގަމުން ދަނީ 1910 މައްސަލައެކެވެ. އެމައްސަލަތައް ނިންމަން މިހާރު އެކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންނަށް ބަހާލުމުން 212 މައްސަލަޖެހޭ ކަމަށާއި އެމައްސަލަކުގެ ތެރެއިން ކޮންމެ ފަނޑިޔާރަކު ދުވާލަކަށް ހަތަރު އަޑުއެހުން ބާއްވައިގެންވެސް މައްސަލަތައް ނިންމާލެވޭނީ ދެ އަހަރާއި ހަ މަސް ދުވަހުންނެވެ. ނަމަވެސް ނުވަ ފަނޑިޔާރުންގެ ތެރެއަށް ވަގުތީ ހަތަރު ފަނޑިޔާރަކު އިތުރުކޮށްފި ނަމަ އެއް އަހަރާއި އަށް މަސް ތެރޭގައި މައްސަލަތައް ނިންމިދާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ. އެގޮތުން ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާ މަޝްވަރާކޮށް އެއިން ކޮންމެ ކޯޓަކުން ދެ ފަނޑިޔާރަކު ވަގުތީ ގޮތުން ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ޖޭއެސްސީގެ ރިޕޯޓުގައި ލަފާދީފައި ވެއެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ވަނީ ކްރިމިނަލް ކޯޓުގެ މައްސަލަތައް ދިގުލައިގެންދާ ސަބަބުތައް ވެސް ފާހަގަ ކޮށްފައެވެ. އެގޮތުން ކޯޓުގެ އިސްގާޒީ މައްސަލަތައް މޮނިޓަރ ނުކުރުމާއި އިސްގާޒީ މައްސަލަތައް އަވަސް ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މައްސަލަތައް ގާޒީންނާއި ހަވާލުކުރުމުގައި ހަމަހަމަކަމެއް ނެތްކަމަށާއި މައްސަލަތައް ބަހަނީ ލިބޭ ތަރުތީބުން ކަމަށް ކޯޓުގެ ރެޖިސްޓްރާ އެކޮމިޓީއަށް ވިދާޅުވި ނަމަވެސް މައްސަލަތައް ބެހުމުގައި ހަރުދަނާ އުސޫލެއް ނެތި ބައެއް ގާޒީންނަށް ބުރަ ބޮޑުވާ ގޮތައް އެކަށީގެންވާ އަދަދަށްވުރެ ގިނަކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކޯޓަށް މިއަހަރު 250 މައްސަލަ ހުށައެޅިފައިވާއިރު އިސްގާޒީ އާއި ހަވާލު ކޮށްފައިވަނީ ހަ މައްސަލަ ކަމަށާއި ދެން ތިއްބެވި ފަނޑިޔާރުންނަށް އެވްރެޖް ކޮށް 31 މައްސަލަ ހަވާލު ކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ގާނޫނު ތަސައްވަރު ކުރާ ހަމަސް ދުވަސް ތެރޭގައި މައްސަލަތައް ނިންމުމަށްޓަކައި ގާޒީން ބަލަމުންދާ މައްސަލަތައް 15 ދުވަހާއި 17 ދުވަހާއި ދެމެދު ރޯލްކުރެވޭ ވަރަށް ފަނޑިޔާރުންގެ އަދަދު ކްރިމިނަލް ކޯޓަށް އިތުރު ކުރެވެންޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ޖޭއެސްސީގެ އެ ރިޕޯޓުގައި ވަނީ މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ވަކިވަކި ގާޒީން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައެވެ. އެގޮތުން ގާޒީ އަލީ އާދަމް ބައްލަވާ 141 މައްސަލަ، ގާޒީ ހަސަން ނަޖީބު ބައްލަވާ 157 މައްސަލަ، ގާޒީ އަލީ ރަޝީދު ބައްލަވާ 280 މައްސަލަ، ގާޒީ މުހައްމަދު ސަމީރު ބައްލަވާ 151 މައްސަލަ، ގާޒީ އަހުމަދު ޝަކީލު ބައްލަވާ 187 މައްސަލަ، ގާޒީ އިބްރާހިމް އަލީ ބައްލަވާ 280 މައްސަލަ، ގާޒީ ހުސައިން ފާއިޒް ރަޝީދު ބައްލަވާ 165 މައްސަލަ، ގާޒީ އަލީ އާދަމް ބައްލަވާ 376 މައްސަލަ އަދި ގާޒީ އިސްމާއިލް ރަޝީދު ބައްލަވާ 173 މައްސަލައެވެ.

ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައެއް ހިމެނޭއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާ މެދުގައި ބަދު އަހުލާގީ އަމަލު ހިންގުމާއި ޓެރަރިޒަމާއި މަކަރާއި ހީލަތްހެދުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި ހިޔާނާތްތެރިވުމާއކައިވެނި ހެޔޮނުވާ ކުޑަކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ މައްސަލަތެކެވެ.

"ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅޭ ރިޕޯޓް" ގެ ނަމުގައި ތައްޔާރުކުރި ރިޕޯޓަކީ، ޖޭއެސްސީއިން އެކުލަވާލި ކޮމިޓީއަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެގޮތުން އެ ކޮމިޓީން އެންމެ ފުރަތަމަ ބަލާފައިވަނީ ކްރިމިނަލް ކޯޓުގައި ހިނގާފައިވާ މައްސަލަތަކެވެ. ރިޕޯޓުގައި ވަނީ ރިޕޯޓް އެކޯޓުގައި މައްސަލަތައް ހިނގާފައިވާ މިންވަރާއި، ނުހިންގި ނުވަތަ ހުއްޓިފައި ހުރި މައްސަލަތަކުގެ މިންވަރުގެ އިތުރުން އެކޯޓުގައި މައްސަލަތައް ބެލުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހުރިނެތްގޮތް ބަލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު