Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
19 ވަނަ ރައްޔިތުންގެ މަޖިލީސް

އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގައި ބައިވެރިވި ފަރާތްތަކުގެ ނަންތަކެއް ކޮމެޓީން ސިއްރެއް ނުކުރަން: ޔައުޤޫބް

ސިއްރުކުރީ އެ މައްސަލައިގައި ޝާމިލުވި މީހުންގެ އެކި އެކި މައްސަލަތަކުގެ މުހިއްމު މައުލޫމާތުތައް މިވަގުތު ސިއްރުކުރަން ޖެހޭތީ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2019 | ބުދަ 07:18
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ސިއްރުކުރީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ނަންތަކެއް ނޫން ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް މިހެން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހުށަހެޅުނު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކާއި ގޮތް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތަކަުގައި އެކިގޮތްގޮތުން ޝާމިލުވެފައިވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް އެ ފަރާތްތަކަށް ވަގުތުން ވަގުތައް ފިޔަވަޅުއެޅުމަށް ގޮވާލާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

ޔައުގޫބް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާއިއެކު ހޯމަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުލަތުގެ ވަޒީރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ އިތުރުން މާލިއްޔަތު ކޮމެޓީގައި ވެސް އެ މައްސަލައިގައި ޝާމިލުވާ ބައެއް މެމްބަރުން އެބަތިބި ކަމަށް ޕީޖީ ވިދާޅުވިކަމަށެވެ. އަދި އިންސާފު ހޯދަން ބޭނުންވާނަމަ އެ ފަރާތްތައް އެކަހެރި ކުރުން މުހިއްމުކަމަށް ގަބޫލު ކުރެއްވޭ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި އެކަހެރި ކުރެވޭނީ އެ ފަރާތްތަކުގެ ނަންތައް ހާމަވެގެން ކަމަށް އެނާ ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ މާލިއްޔަތު ކޮމެޓީއަށް މި މައްސަލައިގައި ޝާމިލުވި ފަރާތްތައް ހިމެނޭ ލިސްޓު ސިއްރު ކުރާކަށް ވޯޓެއް ނުދެއްވާނެ ކަމަށެވެ. އަދި ސިއްރު ނުވެސް ކުރެވޭނެ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވުނު މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ސިއްރު ކުރުމުން ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުންތަކެއް ހުރިކަން އެނގިލައްވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ. ޔައުގޫބް ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި ސިއްރުކުރީ އެމްއެމްޕީއާރުސީގެ ވައްކަމުގައި ބައިވެރިވި މީހުންގެ ނަންތަކެއް ނޫން ކަމަށެވެ. ސިއްރު ކުރީ އެ މައްސަލައިގައި ޝާމިލުވި މީހުންގެ އެކިއެކި މައްސަލަތަކުގެ މުހިއްމު މައުލޫމާތުތައް މިވަގުތު ސިއްރުކުރަން ޖެހޭތީ ކަމަށެވެ. އެ ބައްދަލުވުން ސިއްރުކޮށްފައިވަނީ ޕީޖީގެ އެދިލެއްވުމުގެ މަތިންނެވެ.

މެމްބަރު ވިދާޅުވީ ނަންތައް ސިއްރުކުރި ނަމަވެސް އަމިއްލަފުޅަށް ނަންތައް ހާމަ ކުރައްވާނެ ކަމަށެވެ. މި މައްސަލައާއި ގުޅިގެން އެކި ގޮތްގޮތަށް މަރުގެ އިންޒާރުތައް ވެސް ލިބެމުންދާ ކަމަށާއި ނަމަވެސް އެއްވެސް ގޮތަކަށް ފަހަތަށް ޖެހިވަޑައެއްނުގަންނަވާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ މި ވައްކަމުގައި ބައިވެރިވި އެއްވެސް ފަރާތެއްގެ ނަން ސިއްރު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް އެ ލިސްޓު ހާމަ ކޮށްދެއްވުމަށް ޕީޖީއަށް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު