Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކައިލީ ޖެނަރ

ކައިލީ ޖެނަރ މިފަހަރު މުގުރާލީ ޓިކްޓޮކްގެ ރިކޯޑެއް!

ކައިލީ "ރައިޒް އެންޑް ޝައިން" ލަވައެއް ގޮތަށް ކިޔާ ކްލިޕެއް ވަނީ ވައިރަލްވެފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2019 | އަންގާރަ 19:51
ކައިލީ ޖެނަރ އާއި ސްޓޯމީ، ކައިލީގެ އޮފީހުގައި

ކައިލީ ޖެނަރ އާއި ސްޓޯމީ، ކައިލީގެ އޮފީހުގައި

މޭކަޕާއި ސްކިން ކެއަރގައި އެންމެ ކުރީގައި އުޅޭ ކައިލީ ޖެނަރ މިފަހަރު މުގުރާލީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ޓިކްޓޮކްގެ ރިކޯޑެކެވެ.

އަމިއްލަ ޔޫޓިއުބް ޗެނަލެއް ހިންގާ ކައިލީ ވަނީ ދާދި ފަހުން އެ ޗެނަލްގައި އޭނާގެ އޮފީހުގެ ޓުއަރއެއް ދީފައެވެ. އަދި އެ ޓުއަރ ނިމޭއިރު، އޭނާގެ އެއް އަހަރުގެ ދަރިފުޅު ސްޓޯމީ ނިދާލުމަށްފަހު ހޭލާ މަންޒަރު ފެނެއެވެ.

ކައިލީގެ އޮފީހުގައި ސްޓޯމީއަށް ވަކިން ކޮޓަރިއެއް ތައްޔާރުކޮށްފައިވާއިރު، ޔޫޓިއުބް ޗެނަލްއަށް ޓުއަރ ވީޑިއޯ ކުރަމުން ދިޔައިރު ސްޓޯމީ އޮތީ ނިދާފައެވެ. އެހެންކަމުން އެ ވީޑިއޯގައި ސްޓޯމީ ފެންނަނީ އެންމެ ފަހުންނެވެ.

ސްޓޯމީ ހޭލުމުން ކައިލީ "ރައިޒް އެންޑް ޝައިން" ލަވައެއް ގޮތަށް ކިޔައެވެ. އަދި މި ކްލިޕްކޮޅު ވައިރަލްވެ، ހޮލީވުޑްގެ ތަރިންކަމަށްވާ މައިލީ ސައިރަސް އާއި އެރިއާނާ ގްރާންޑޭވެސް އެ ކަވަރކޮށް ޕޯސްޓްކޮށްފައިވެއެވެ.

މީގެ އިތުރުން، ކައިލީގެ ފޯނު ހިފައިގެން ސްޓޯމީ އެ ލަވަ ޖަހައިގެން ނަށާތަން އޭނާ އިންސްޓެގްރާމް ކޮށްފައިވެއެވެ. އެ ވީޑިއޯގައި ބައްފަ، ޓްރެވިސް ސްކޮޓް ލަވައެއް ޖަހައިދޭން ސްޓޯމީ ކައިލީ ގާތު އަހާތަން ވެސް ފެނެއެވެ.

ކައިލީގެ މި "ލަވަ" މިހާރު ވަނީ ޓިކްޓޮކަށް ގޮސް، "ރައިޒް އެންޑް ޝައިން" އެ ޕްލެޓްފޯމްގައި އެންމެ އަވަހަށް އެއް ބިލިއަން ވިއު ހޯދި ރިކޯޑް ހަދާފައެވެ. ކައިލީ ވީޑިއޯ ޕޯސްޓް ކުރި ދުވަހު އެއަށް ހަތަރު މިލިއަން ވިއު ލިބިފައިވާއިރު، ދެ ވަނަ ދުވަހު މި ވަނީ 70 މިލިއަނަށް އަރާފައެވެ.

ކައިލީވެސް ވަނީ މީގެ ފައިދާ ނަގަން ފަށާފައެވެ. އެގޮތުން، "ރައިޒް އެންޑް ޝައިން" ޓްރޭޑްމާކް ކުރުމުގެ މަސައްކަތް އޭނާ ފަށާފައިވާ އިރު، އެ ކުންފުނިން މޭކަޕްގެ އިތުރުން އެކި ކަހަލަ އަންނައުނު ވިއްކާނެއެވެ.

ފޯބްސް މަޖައްލާއިން ކޮންމެ އަހަރަކު ނެރޭ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައިވާ ގޮތުން އުމުރުން 22 އަހަރުގެ ކައިލީ އަކީ ދުނިޔޭގައި ހުރި އެންމެ ހަގު ބިލިއަނަރެވެ. މީގެ އިތުރުން، އޭނާއަކީ އަމިއްލަ މަސައްކަތުން ބިލިއަނަރެއްގެ ދަރަޖަ ހޯދި އުމުރުން އެންމެ ހަގު ފަރާތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟

ކައިލީ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށްތަ؟

22 ނޮވެމްބަރު 2017
ޗެޕްލިން އެވޯޑު މިފަހަރު ލިބުނީ ހެލެން މިރެން އަށް

ޗެޕްލިން އެވޯޑު މިފަހަރު ލިބުނީ ހެލެން މިރެން އަށް

17 އޮކްޓޯބަރު 2017
ރައީސް އޮބާމާ މިފަހަރު މިޝެލްއަށް "ސައިޕްރައިޒް" ދެއްވީ ވީޑިއޯއަކުން

ރައީސް އޮބާމާ މިފަހަރު މިޝެލްއަށް "ސައިޕްރައިޒް" ދެއްވީ ވީޑިއޯއަކުން

04 އޮކްޓޯބަރު 2017
ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟

ކާޑޭޝިއަން އާއިލާ ބޮޑުވަނީ: އަންނަ އަހަރު ކިމް، ކްލޯއީ އަދި ކައިލީއަށް ކުދިން ލިބެނީ؟

28 ސެޕްޓެމްބަރު 2017
ކައިލީ ޖެނަރ ބަލިވެއިނނީތަ؟

ކައިލީ ޖެނަރ ބަލިވެއިނނީތަ؟

23 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު