Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީރާ

މީރާގެ ބޯޑަށް މެމްބަރެއް އައްޔަން ކުރުމަށް ނަންތައް އިއްވައި، ކޮމެޓީއަށް

އެ ނަންތައް ދިރާސާ ކުރުމަށްޓަކައި ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2019 | އަންގާރަ 04:27
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް, މަޖިލީހުގެ ތަޅުމުގައި އިއްވައި ކޮމެޓީއަށް ފޮނުވައިފިއެވެ.

އެ ނަންތައް ދިރާސާ ކުރުމަށްޓަކައި ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށެވެ. އަންގާރަ ދުވަަހުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވާ ނަންތަކަކީ

Advertisement - newsAdvertisement

ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް އެ ނަންފުޅުތައް ފޮނުވާފައިވަނި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައީސް އޮފީހުން ވަނީ މިދިއަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދޭ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވަނީ ޓެކްސް ނެގުމާ ބެހޭ ގާނޫނަށްގެނައި އިސްލާހާއި ގުޅިގެން ހުސްވެފައެވެ. މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަނާއި ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަން މަޖިލީހަށް ނަންތަކެއް ފޮނުއްވަފައިވާއިރު ކޮމިޝަނަރ އަކަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ދެ ނަމެކެވެ. އެއީ ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމެވެ. ފަތުހުﷲ އަކީ މީރާގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ. އޭނާ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 18 އަހަރު މިހާރު ވަނީ ވެފައެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ހަ ބޭފުޅުންގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި އަސްމާ ޝަފީއުއާ އިސްމާއިލް ސާޖިދާއި އަހުމަދު ޝަރީފެވެ. އަދި އަހުމަދު ވާފިރާއި އަހުމަދު އަގީލްގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން މީރާ ބޯޑުގައި ހިމެނޭނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނޭ ގޮތަށް މަޖިލީހުން އައްޔަން ކުރާ ޖުމްލަ ހަތް މެމްބަރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

23 މެއި 2017
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރަކަށް ފައިސަލް އައްޔަން ކުރައްވައިފި

17 މެއި 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

27 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު