Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ ނަހުލާ

ޖުމްހޫރީ ޕާޓީއަށް ބަޔަކު ގުޅުމުން ސަރުކާރަށް އުނދަގުލެއް ކުރިމަތިވާނެ ކަމަށް ނުދެކެން: މިނިސްޓަރ ނަހުލާ

22 އޮކްޓޯބަރު 2019 | އަންގާރަ 02:53

ސިޔާސީ ޕާޓީއަކަށް ކޮންމެ މީހަކު ވަންނަން ބޭނުންވިޔަސް އެ ފުރުސަތު ދޭންޖެހޭ

ލީވާން އަލީ
ލީވާން އަލީ | 22 އޮކްޓޯބަރު 2019 | އަންގާރަ 02:53
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ

ޖުމްހޫރީ ޕާޓީއަށް ބަޔަކު ގުޅުމުން ސަރުކާރަށް އުނދަގުލެއް ކުރިމަތިވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރަ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް ބަޔަކު ގުޅުމުން ސަރުކާރަށް ނުވަތަ ސަރުކާރު ނިސްބަތްވާ ޕާޓީއަށް އަދި އެހެން ބަޔަކަށްވެސް އޭގެ ސަބަބުން އުނދަގުލެއް ކުރިމަތިވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، ސިޔާސީ ޕާޓީއަކަށް ކޮންމެ މީހަކު ވަންނަން ބޭނުންވިޔަސް އެ ފުރުސަތު ދޭންޖެހޭ ކަމަށާއި، އެ ފުރުސަތު ނުދީފިނަމަ އެކަން ބަލައިނުގަންނާނެ ކަމަށެވެ.

އެގޮތުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ކުރިން ކޮންމެ ފިކުރެއްގައި ހުރި މީހެއް ވިޔަސް، ކުރިން ހިނގި ކަންކަން ގޯސްކަން ގަބޫލުކޮށް، ރައްޔިތުންނަށް ފައިދާ ހޯދަން މަސައްކަތް ކުރާނަމަ އެ މީހަކަށް އެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅެން ބޭނުންވާ ކޮންމެ މެމްބަރަކަށްވެސް އެ ޕާޓީން ފުރުސަތު އޮންނާނެ ކަމަށާއި، ސަރުކާރު ދަމަހައްޓަން ކުރާ މަސައްކަތުގައި އެފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީ ނޫން ޕާޓީއަކުން ނުފެންނަންވީ ސަބަބެއް ނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ޖުމްހޫރީ ޕާޓީ ދޫކޮށްލަންވީ ސަބަބެއްވެސް ނެތް ކަމަށެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕް ގާސިމް އިބްރާހިމް ދޫކޮށްލި ދުވަހަކުން އެ ޕާޓީގެ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، އެފަދަ ދުވަހެއް އައިސްފިނަމަ ޕާޓީގެ މެމްބަރުން ބޭނުންވާ ގޮތެއްވެސް އޮންނާނެ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ދާދީފަހުން ޕްރޮގްރެސިވް ކޯލިޝަނުން ޖޭޕީއަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދް, އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް