Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބް ރައީސް

ބޭރުމީހުންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްނުލައި، ދިވެހިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާ: ނައިބް ރައީސް

20 އޮކްޓޯބަރު 2019 | އާދީއްތަ 17:46

ގައުމެއް ކުރިއަރާ ދާނީ އެކި ދާއިރާތަކުން ގާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެން

އަލީ ސަމާޚް
އަލީ ސަމާޚް | 20 އޮކްޓޯބަރު 2019 | އާދީއްތަ 17:46
ނައިބް ރައީސް ފައިސަލް ނަސީމް

ނައިބް ރައީސް ފައިސަލް ނަސީމް

ބޭރުމީހުންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްނުލައި, ދިވެހީންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވައިލައްވައިފިއެވެ.

ނައިބް ރައީސް އެކަމަށް ގޮވާލެއްވީ، އާދިއްތަ ދުވަހު ހަވީރު ބޭއްވި ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ، ޤައުމެއް ކުރިއަރާ ދާނީ އެކި ދާއިރާތަކުން ގާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެންކަމަށެވެ. އެގޮތުން ކޮންމެ ގައުމަކުންވެސް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތްކުރަނީ އެ ސަބަބަށްޓަކައިކަން ނައިބު ރައީސް ފައިސަލް ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ގިނަގުނަ ކަންތައްތަކެއް ރާއްޖޭގައި ކުރަމުން އަންނައިރު ބޭރުމީހުންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްނުލައި ކަންކަން ރާވައި ހިންގަން މަސައްކަތްކުރަންޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ހުނަރުވެރި، ފަސޭހައިން ކަންކަން ދަސްކުރާ ބައެއްކަމުގައެވެ. އެހެންކަމުން ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުންވެސް ދިވެހީންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި މަސައްކަތުގެ މާހައުލުގައި ކަމަށްކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް ދިވެހި ޒުވާނުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަޒީފާގެ ވަގުތު ހެޔޮގޮތުގައި ބޭނުންކޮށް، މަސައްކަތަށް ކަމޭހިތައިގެން ހުނަރުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެން ތަޢާރަފުކުރި ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީތަޢުލީމު ހާޞިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިދޭ ސްކީމެކެވެ. މި ސްކީމުގެ ދަށުން ކުންފުނިތަކަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މަތީތަޢުލީމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ރާއްޖެއާ ރާއްޖެއިން ބޭރުން ފަހިކޮށްދޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2017

އދ. އިން މިޔަންމާއަށް ކަނޑައަޅާފައިވާ މަންދޫބުގެ ޝުކުރު ދިވެހިންނަށް

11 ސެޕްޓެމްބަރު 2017
އދ. އިން މިޔަންމާއަށް ކަނޑައަޅާފައިވާ މަންދޫބުގެ ޝުކުރު ދިވެހިންނަށް
27 އޯގަސްޓު 2017

މިހާރު މަޖިލީހުގައި ކުރިއަށް ދަނީ ޖަލްސާތަކެއްނޫން، ނިންމިކަމަށް ބުނާ ހުރިހާކަމެއް ބާތިލް ކުރާނަން: އިބޫ

27 އޯގަސްޓު 2017
މިހާރު މަޖިލީހުގައި ކުރިއަށް ދަނީ ޖަލްސާތަކެއްނޫން، ނިންމިކަމަށް ބުނާ ހުރިހާކަމެއް ބާތިލް ކުރާނަން: އިބޫ
22 އޯގަސްޓު 2017

ރަސްރަނި ބަގީޗާ އަށް ވަނުން ދިވެހިންނަށް ހިލޭ، ބިދޭސީން އަތުން ފީއެއް ނަގަނީ!

22 އޯގަސްޓު 2017
ރަސްރަނި ބަގީޗާ އަށް ވަނުން ދިވެހިންނަށް ހިލޭ، ބިދޭސީން އަތުން ފީއެއް ނަގަނީ!
10 އޯގަސްޓު 2017

ދިވެހިންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތް ހަދައިފި

10 އޯގަސްޓު 2017
ދިވެހިންނަށް ވިސާއާ ނުލައި ގަތަރަށް އެތެރެވެވޭ ގޮތް ހަދައިފި
07 އޯގަސްޓު 2017

ރައްޔިތުން މުއައްސަސާތަކަށް ދިން ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ނަގަން ވެއްޖެ:އިބުރާ

07 އޯގަސްޓު 2017
ރައްޔިތުން މުއައްސަސާތަކަށް ދިން ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ނަގަން ވެއްޖެ:އިބުރާ
15 ޖުލައި 2017

މިއުޅެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް:އަހުމަދު ޢަބްދުﷲ

15 ޖުލައި 2017
މިއުޅެނީ ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް:އަހުމަދު ޢަބްދުﷲ
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް