Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ ދަތުރުފުޅު

ޖަޕާނާއި ރާއްޖެއާ ދެމެދު ބާއްވާ ރަސްމީ ޙަރަކާތްތައް ފަށާނީ މިމަހުގެ 21 ވަނަ ދުވަހު: ރައީސް އޮފީސް

މި ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2019 | އާދީއްތަ 14:03
ރައީސްގެ ދެކަނބަލުންނަށް ޖަޕާނުން މަރުހަބީ ކިޔުން

ރައީސްގެ ދެކަނބަލުންނަށް ޖަޕާނުން މަރުހަބީ ކިޔުން

ޖަޕާނާއި ރާއްޖެއާ ދެމެދުގައި ބާއްވާ ރަސްމީ ޙަރަކާތްތައް ފަށާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ޖަޕާނު ސަރުކާރުގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު ޖަޕާނަށް ވަޑައިގަތީ މިއަދެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރައްވާ މި ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލު ކުރައްވައި ދެޤައުމު ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ޖަޕާނު ސަރުކާރުގެ މަތީފަންތީގެ ގިނަ ޢަދަދެއްގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާ ޖަޕާނާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެޤައުމުގެ ރަސްމީ ފަރާތްތަކުގެ އިތުރުން އެޤައުމުގެ ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ މުހިއްމު ފަރާތްތަކާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ޖަޕާނުގެ ރަސްކަމުގެ ތަޚުތަށް ކްރައުން ޕްރިންސް ނަރުހީޓޯ އިސްކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

މީގެއިތުރުން ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގައި ގުޅުންބަދަހި ކުރުމަށް ބާއްވަވާ ޚާއްޞަ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވުމަށްވެސް ހަމަޖެހިފައިވެއެވެ.

ޖަޕާނަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއަށް އެކި ރޮނގުތަކުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. މިގޮތުން ދިވެހިންނަށް އެންމެ އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އެހީވަމުން ގެންދާ ޤައުމެވެ. އެގޮތުން ސިއްޙީ ދާއިރާގެ އިތުރުން ތަޢުލީމާއި ފަތުރުވެރިކަމާއި މާލީ ގޮތުން ވެދީފައިވާ ގިނަގުނަ އެހީތައް ފާހަގަކޮށްލެވެއެވެ.

ޖަޕާނުގެ ދީލަތި އެހީތަކާއެކު ރާއްޖޭގެ އެކި ދާއިރާތަކަށް ލިބުނު ތައްޤީގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްފައިވާ އެއްފަރާތަކީ ޖަޕަނީޒް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އެވެ. ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، 2011 ވަނަ އަހަރު އަރައިގަތުމުގައި ވެސް ޖައިކާއަކީ މުހިއްމު ދައުރެއް އަދާކޮށްދީފައިވާ އެއް ފަރާތެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ގެންގުޅެމުން އައި މަރުކަޒީ ތަރައްޤީގެ ތަސައްވުރު ބަދަލުކޮށް ލާމަރުކާޒީ ނިޒާމުގެ ތެރެއިން އިދާރީ ދާއިރާތައް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދެވެ. ޒަމާނުންސުރެ މާލެއާ ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކާ ދެމެދުގައި ސަރުކާރުން ގެންގުޅެފައިވާ ތަފާތުކުރުންތައް ނައްތާލުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތެވެ.

އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މާލެއާ އެއްފެންވަރެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ އިތުރުން، ލާމެހިފައިވާ ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމާއި މިފަދަ އިޤްތިޞާދީ ނާރެހަކަށް ވާޞިލްވުމުގައި ހަރުދަނާ ބޭންކިން ނިޒާމެއްގެ އިތުރުން ހެޔޮވެރިކަމުގެ އާދަކާދަ އަށަގެންނެވުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ.

ރާއްޖެ ތަރައްޤީގެ މުޅިން އާ މިސްރާބަކަށް ދަތުރުފަށާފައިވާ މިދަނޑިވަޅުގައި އެހީދޭ ފަރާތްތަކާއި ރާއްޖެއާއި އެކުވެރި ޤައުމުތަކުގެ ތެރެއިންވެސް ޖަޕާނަކީ ފާހަގަކޮށްލެވޭ އެހީގެ ބައިވެރިއެކެވެ.

ޖަޕާނަކީ ތަރައްޤީގެ މަގުގައި ދެގޮތެއްނުވެ ސާބިތުކަމާއެކު ކުރިއަރަމުން އަންނަ ޤައުމެކެވެ. ދުނިޔޭގެ ފެންވަރުގައި ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އަދިވެސް އޮތީ ޖަޕާނުގައެވެ.

ދިވެހިރާއްޖެ އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ އެންމެހައި ތަޢުލީމާއި ތަމްރީނުގެ އިތުރުން ޢަމަލީ ތަޖުރިބާ ހޯދުމަށްވެސް އެންމެ އެކަށޭނަ މަޝްރޫޢުތައް މެދުނުކެނޑި ކުރިޔަށްދާ މާޙައުލެއްގެ ތެރެއިން ދިވެހީންނަށް ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ ރާއްޖެ މިއަދު މިދެކޭ ތަރައްޤީގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ލިބޭނެ ބާރެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ކުރައްވާ މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް މިހާރު އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމާއި ޢުމްރާނީ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެހީ ޖަޕާނުން ހޯދުމުގެ އިތުރުން އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖަޕާނުގެ ބައެއް ތާރީޚީ އަދި ޘަޤާފީ ބިނާތައް ބައްލަވާލެއްވުމުގެ އިތުރުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ ރޮނގުން އެޤައުމުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މިގޮތުން ކިޔޯޓޯ ސިޓީއާއި ހިރޮޝީމާގެ އިތުރުން އޮސާކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު