Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަޔަރ އެޑިއުކޭޝަން

ހަޔަރ އެޑިޔުކޭޝަނާއި ކުންފުނިތައް ގުޅިގެން ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމެއް ތައާރަފުކޮށްފި

20 އޮކްޓޯބަރު 2019 | އާދީއްތަ 14:39

ސަރުކާރު ހިއްސާވާ ހަތް ކުންފުނި ހިމެނޭ

އަލީ ސަމާޚް
އަލީ ސަމާޚް | 20 އޮކްޓޯބަރު 2019 | އާދީއްތަ 14:39
ކޯޕަރޭޓް ސްކޯލާޝިޕް ސްކީމް ތައާރަފް ކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން

ކޯޕަރޭޓް ސްކޯލާޝިޕް ސްކީމް ތައާރަފް ކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތައް ހިމެނޭ ގޮތަށް ''ކޯޕަރެޓް ސްކޯލަރޝިޕް ސްކީމް'' އެއް ތަޢާރަފުކޮށްފިއެވެ.

އެ ސްކީމް ތަޢާރަފުކޮށްފައިވަނީ އާދިއްތަ ދުވަހު އިސްލާމީ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބްރައީސް ފައިސަލް ނަސީމްއެވެ.

އެ ސްކީމްގައި ސޮއިކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ، ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، ދިރާގު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީީ)، މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.

އެ ސްކީމްގައި ބައިވެރިވެފައިވާ އަމިއްލަ ކުންފުނިތަކަކީ، ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްއެވެ.

އެ ސްކީމަކީ ހަޔަރ އެޑިޔުކޭޝަނުން ބޭރުގެ ޔުނިވަރސިޓީތަކާއި ދެމެދުވެފައިވާ ޕާޝަލް ސްކޮލަރޝިޕްގެ ފުރުޞަތުތައް ކުންފުނިތަކާއި ގުޅިގެން އެ ކުންފުނިތަކުން ބާކީބައި ފަންޑުކުރާ ގޮތަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ތަޢާރާފުކޮށްފައިވާ ސްކޮލަރޝިޕް ތަކެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ އެއްބަސްވުންތަކުގެ ދަށުން ކޮންމެ އަހަރެއްގެ މައްޗަށް 100 ސްކޮލަރޝިޕް ދޫކުރެވިގެންދާނެ ކަމަށާއި، ބޭރުގެ ޔުނިވަރސިޓީ ތަކާއި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

އެ ރަސްމިއްޔާތު ވާހަކަ ދައްވަމުން ހަޔރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ ސްކޯލަރޝިޕް ތަކަކީ ބޭރުގެ ޔުނިވަރސިޓީތަކުން ކިޔަވަން ބޭނުންވެގެން މާލީ ދަތިކަމުގެ ސަބަބުން އެކަން ނުކުރެވޭ ފަރާތްތަކަށް ހުޅުވިގެން ދިޔަ ބޮޑު ދޮރެއް ކަމަށެވެ.

އަދި އެފަދަ ސްކޯލަރޝިޕެއް ތަޢާރަފު ކުރުމަކީ ނައިބް ރައީސް ފައިސަލް ނަސީމްގެ ޚިޔާލުފުޅެއް ކަމަށާއި، އެއީ އެމަނިކުފާނު ކުރައްވަން ވަރަށް އުންމީދުކުރައްވާ ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެއްބަސްވެފައިވާ ކުންފުނިތަކުގެ މުވައްޒަފުން ހޮވުމުގައި ހުރިހާ ކަމެއް ކުރާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް