Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނު ކުރުން މާދަމާ!

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢައްޔަންކުރަން 3 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2019 | އާދީއްތަ 09:59
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢައްޔަންކުރަން 3 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުންދީފައިވަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެމަޤާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 4 ބޭފުޅުންނާއި އިންޓަވިއު ކުރެވުނުއިރު މަޤާމަށް ޢައްޔަނުކުރުމަށް ކޮމެޓީން ރުހުންދީފައިވަނީ ޙުސައިން ފިޔާޒު މޫސާއާއި އަޙްމަދު ފަޔާޒުގެ އިތުރުން އަޙްމަދު އާހިދު ރަޝީދަށެވެ.

ހުސައިން ފިޔާޒަށް އިންޓަވިއުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ވޯޓު ލިބިފައިވާއިރު ފަޔާޒަށް ލިބިފައިވަނީ އިންޓަވިއުގައި ބައިވެރިވި 10 މެމްބަރުންގެ ތެރެއިން 9 މެމްބަރުންގެ ވޯޓެވެ. އާހިދަށް ލިބިފައިވަނީ އިންޓަވިއުގައި ބައިވެރިވި 11 މެމްބަރުންގެ ތެރެއިން 10 ،މެމްބަރުންގެ ވޯޓެވެ. ސައުޝަން އަށް ލިބުނީ އިންޓަވިއުގައި ބައިވެރިވި 9 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ހޯމަ ދުވަހު އިންޓަވިއުކުރިއިރު ކޮންމެ ބޭފުޅަކަށްވެސް އެ ބޭފުޅެއްގެ ފަރާތުންވެސް ރެފަރަލްއެއް، އަދި އަމިއްލަފުޅަށް އެބޭފުޅަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވާފައިވެއެވެ. މީގެ އިތުރަށް ޤާނޫނާއި ބެހޭގޮތުން ޓެސްޓު ކަރުދާހެއް ވެސް އެރުވިއެވެ. ކަރުދާހުގެ ޖުމްލަ މާރކްސްއަކީ 15 އެވެ. މާރކްސްއަށް ބަލާލާއިރު ސަައުޝަންއަށް 11 މާރކްސް، ފިޔާޒަށް 14 މާރކްސް، ފަޔާޒް އަށް 12 މާރކްސް އަދި އާހިދަށް ލިބިލެއްވީ 11 މާރކްސް އެވެ.

ޤާނޫނު އަސާސީގައި އޮންނަ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރަކު ޢައްޔަންކުރަންޖެހެއެވެ. އެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރުގެ މުއްދަތު ވަނީ މިއަަހަރުގެ ޖޫން މަހުގެ 22 އަށް ހަމަވެފައެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރެއް ނެތި، އެ މުއައްސަސާ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފައެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު